Roadha Mihaaru
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަކަށް ބޭފުޅަކު އައްޔަންކޮށްފި

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަކަށް ބޭފުޅަކު އައްޔަންކޮށްފި

13 ޖެނުއަރީ 2020

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް އިއްޔެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް އިއްޔެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އެންމެ މަތީ ކޯޓުގެ ރެޖިސްޓްރާއަކަށް، އެ ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ރައުފާ ހައިދަރު އައްޔަންކުރައްވާފައިވާ ކަމަށެވެ. އޭނާ ވަނީ އޭޕްރީލް 8، 2013 އިން ފެށިގެން މެއި 7، 2014 އާ ހަމައަށް ވަގުތީގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ރައުފާ ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ނޮވެމްބަރު 19، 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރަކަށެވެ. ނަމަވެސް ނޮވެމްބަރު 6، 2019 ގައި ލީގަލް މަގާމުތަކުގެ އޮނިގަނޑަށް ގެނައި އިސްލާހާ ގުޅިގެން އޭނާގެ މަގާމު ވަނީ ލީގަލް އޮފިސަރަކަށް ބަދަލުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާއަކަށް އައްޔަންކުރެއްވި ރައުފާއާއެކު (ކ-2)، ޑީ.-- ފޮޓޯ: ޑީޖޭއޭ

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާއަކަށް އައްޔަންކުރެއްވި ރައުފާއާއެކު (ކ-2)، ޑީ.-- ފޮޓޯ: ޑީޖޭއޭ

ސުޕްރީމް ކޯޓަށް ރެޖިސްޓްރާއެއް ހޯދަން ޑީޖޭއޭއިން އިއުލާނުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލި މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަކީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔުންތައް ބަލައިގަނެ، އެ ތަކެތި ހުރީ ގަވާއިދާ އެއްގޮތަށް ތޯ ކަށަވަރު ކުރުމާއި މައްސަލަތަކުގެ ރަޖިސްޓްރީ ބަލަހައްޓާ ފަރާތެވެ. އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 36،000ރ. ލިބޭނެ އެވެ.