Roadha Mihaaru

މާފުށިން ފައިދިގުމަކުނުގެ ވިހަގަދަ ވައްތަރެއް ފެނިގެން ސަމާލުވާން އަންގައިފި

ފައިދިގު މަކުނުގެ ވިހަ ގަދަ ވައްތަރެއް ކަމަށްވާ "ބްރައުން ވިޑޯ" ކ. މާފުށީގެ ބައެއް ގޭގެއިން ފެނުމުން އެއަށް ސަމާލުވާން ރަށު ކައުންސިލާއި ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

މާފުށިން ވިހަގަދަ ވައްތަރެއްގެ ފައިދިގުމަކުނެއް ފެނިއްޖެ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

21 ޖެނުއަރީ 2020

ފައިދިގު މަކުނުގެ ވިހަ ގަދަ ވައްތަރެއް ކަމަށްވާ "ބްރައުން ވިޑޯ" ކ. މާފުށީގެ ބައެއް ގޭގެއިން ފެނުމުން އެއަށް ސަމާލުވާން ރަށު ކައުންސިލާއި ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

މާފުށީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާފުށީގެ އެކި ސަރަހައްދުތަކުންނާއި ގެދޮރުން ފެންނަމުންދާ މަކުނަކީ "ބްރައުން ވިޑޯ ސްޕައިޑާ" ކަން ހެލްތު މިިނިސްޓްރީގެ ވެކްޓަ ކޮންޓްރޯލް ޔުނިޓުން ކަށަަވަރުކޮށްދީފައިވާ ކަމަށެވެ. އެ ވައްތަރުގެ މަކުނު ނައްތައިލުމަށް ބޭނުން ކުރެވޭނީ ކޮން ކެމިކަލެއްތޯ ބަލަމުން އަންނަ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ކުރިން ނޫޅޭ ވައްތަރެއްގެ ފައިދިގުމަކުނެއް މާފުށިން ފެނުމުން އެކަން ބަލަމުން އަންނަ ކަމަށެވެ.

މާފުށީ ކައުންސިލްގެ އިއުލާނުގައި ބުނީ ބްރައުން ވިޑޯ މަކުނު ނުވަތަ އޭގެ ބިސް ފެނިއްޖެ ނަމަ އަންދައިލުމަށް ވެކްޓާ ކޮންޓްރޯލް ޔުނިޓުން އަންގާފައިވާ ކަމަށެވެ.

ބްރައުން ވިޑޯ އަކީ ރާއްޖެއިން ކުރިން ފެނުނު ބްލެކް ވިޑޯހާ ވިހަ ގަދަ ބާވަތެއް ނޫނެވެ.