Roadha Mihaaru

އައިޖީއެމްއެޗްގެ ޓީބީ ކްލިނިކް ތެރެއިން ގައިދީއަކު ފިލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރާ މީހަކު ހެލްތް ސްކްރީނިން އަށް ގެންދިޔަ ވަގުތު އައިޖީއެމްއެޗްގެ ޓީބީ ކްލިނިކް ތެރެއިން މިއަދު ހެނދުނު ފިލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.

ޓީބީ ކްލިނިކް ތެރެއިން ގައިދީއަކު ފިލައިފި
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

23 ޖެނުއަރީ 2020

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރާ މީހަކު ހެލްތް ސްކްރީނިން އަށް ގެންދިޔަ ވަގުތު އައިޖީއެމްއެޗްގެ ޓީބީ ކްލިނިކް ތެރެއިން މިއަދު ހެނދުނު ފިލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.

އެމްސީއެސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފިލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އައިސަރު ނަސީމް، 24، ކަމަށެވެ. އެއީ ގދ. ރަތަފަންދޫ މީހެކެވެ.

އެމްސީއެސް އިން ބުނީ ފިލި ގައިދީ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. ފިލި އިރު އެ ގައިދީ ހުރީ ކުލަ ހެދުމުގައި ކަމަށް އެމްސީއެސްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގައިދީ ފިލީ، ފަރުވާގެ ބޭނުމަށް ބިޑި ނައްޓާލައި، ސާމްޕަލް ނަގާ ކޮޓަރި އަށް ވެއްދި ވަގުތު ކުޑަދޮރަކުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގައިދީން ޑޮކްޓަރަށް ދައްކަން ދާއިރު ސެކިއުރިޓީ ބަހަލައްޓަން ކަރެކްޝަންސްގެ އޮފިސަރުން ތިބެ އެވެ.