Roadha Mihaaru
"ފާސްޓް 9" ގެ ޓްރެއިލާ ދައްކާލައިފި

"ފާސްޓް އެންޑް ފިއުރިއަސް 9" ގެ ޓްރެއިލާ ދައްކާލައިފި

02 ފެބުރުއަރީ 2020

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފާސްޓް އެންޑް ފިއުރިއަސް" ސާގާގެ ނުވަ ވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފާސްޓް އެންޑް ފިއުރިއަސް" ސާގާގެ ނުވަ ވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ސީރީޒްގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް "ފާސްޓް 9" ވެސް ވާނީ ނޭވާ ހިފަހައްޓައިލަން ޖެހޭ ކިތަންމެ މަންޒަރެއް ހިމެނޭނެ ފިލްމަކަށެވެ. އެކަން ތަޖުރިބާކޮށްލަން ޓްރެއިލާ ބަލައިލާށެވެ.

އަންނަ މެއި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ފާސްޓް 9" ގެ ކާސްޓުންގެ ތެރޭގައި މި ސީރީޒްގެ އެންމެ އާންމު ބައެއް މޫނުތަކާ އެކު، އަލަށް މި ފަހަރު ކާސްޓާ ގުޅުނު ތަރިން ވެސް ހިމެނެ އެވެ.

އެގޮތުން ވިން ޑީޒެލާއި ޝާލީޒް ތެރޮނާއި މިޝެލް ރޮޑްގިޒާއި ޓައިރީޒް ގިބްޒަނާއި ކްރިސް ބްރިޖަސް އާއި ހެލެން މިރެން އާއި ނަތާލީ އެމަނުއެލް އާއި ޖޯން ސީނާ އާއި ކާޑީ ބީ އާއި މައިކަލް ރޫކާއި ލޫކަސް ބްލެކާއި އޮޒޫނާ ފަދަ ތަރިން ހިމެނެ އެވެ.

"ފާސްޓް 9" ޑައިރެކްޓްކޮށްފައި ވަނީ ކުރިން މި ސީރީޒްގެ ތިން ފިލްމެއް ޑައިރެކްޓްކުރި ޖަސްޓިން ލިން އެވެ.

ނުވަ ވަނަ ބައި ބެލުންތެރިންނަށް ގެނެސްދޭން އޭނާ ތައްޔާރުވަމުން އަންނަ އިރު އަންނަ އަހަރު "ފާސްޓް" ގެ އިތުރު ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

މި ސީރީޒްގެ ފިލްމަކަށް އެންމެ ފަހުން ގެނެސްދިނީ 2017 ގެ "ފޭޓް އޮފް ދަ ފިއުރިއަސް" އެވެ. އަދި މިދިޔަ އަހަރު "ފާސްޓް" ގެ ސްޕިން-އޮފެއް "ހޮބްސް އެންޑް ޝޯ" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.