Roadha Mihaaru
"އެފް9" އިން ބެން ސްޓިލާ ފެންނާނެ

"އެފް9" އިން ބެން ސްޓިލާ ފެންނާނެ

03 މާޗް 2020

މެއި މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމު "އެފް9: ދަ ފާސްޓާ ސާގާ" ގެ ޓްރެއިލާ ވެސް ދައްކާލުމަށް ފަހު، ފިލްމުގެ ކާސްޓާ ބެހޭ ޓްވިސްޓެއްގެ ވާހަކަ މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މެއި މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމު "އެފް9: ދަ ފާސްޓާ ސާގާ" ގެ ޓްރެއިލާ ވެސް ދައްކާލުމަށް ފަހު، ފިލްމުގެ ކާސްޓާ ބެހޭ ޓްވިސްޓެއްގެ ވާހަކަ މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވެން ފަށައިފި އެވެ.

ޕޭޖް ސިކްސް އިން ރިޕޯޓްކޮށްފައިވާ ގޮތިގައި މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކަށް މަޝްހޫރު އެކްޓަރު ބެން ސްޓިލާ މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެ ނޫހުން ބުނިގޮތުގައި އޭނާ އަށް ފިލްމުން ކުޅެން ލިބުނު ރޯލަކީ ވަރަށް ކުރު އެކަމަކު ވަރަށް ވަރުގަދަ ކެރެކްޓާއެކެވެ.

އުމުރުން 54 އަހަރުގެ ސްޓިލާ މި ފަހަކަށް އައިސް ފިލްމުތަކުން ފެންނަލެއް ވަރަށް ބޮޑަށް މަދުވެފައި ވިޔަސް ކެރިއަރުގެ ރަން ޒަމާނުގައި އޭނާ ވަނީ ވަރަށް ކާމިޔާބު އަދި އެހާމެ މަގުބޫލު ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "ޒޫލޭންޑާ" އާއި "ދެއާ އިޒް ސަމްތިން އެބައުޓް މޭރީ" އަދި "ދި އިންޑިޕެންޑެންޓް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ފިލްމުތަކެއް ޑައިރެކްޓް ވެސް ކޮށްފައިވާ ސްޓިލާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2017 ގެ "ބްރެޑްސް ސްޓޭޓަސް" އިންނެވެ.

މެއި މަހުގެ 22 ގައި "އެފް9" ސިނަމާތަކަށް އަންނަ އިރު، މި ފަހަރުގެ ފިލްމު ކާސްޓާ އަލަށް ގުޅުނު ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ޖޯން ސީނާ އެވެ. އެއާ އެކު ސްޓިލާ ވެސް ފިލްމުގެ ރޯލަކުން ފެނުންވެގެން ދާނީ ބެލުންތެރިން ވަރަށް ޝައުގުވެރިވާނެ ކަމަކަށެވެ.

ޖަސްޓިން ލިން ޑައިރެކްޓްކޮށްފައިވާ "އެފް9" ގެ ކާސްޓުން ވިން ޑީޒަލާ އެކު ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ޝާލިޒް ތެރަން، ހެލެން މިރެން، ޓައިރީޒް ގިބްސަން، މިޝެލް ރޮޑްރިގޭޒް، ކްރިސް ބްރިޖެސް، ލޫކަސް ބްލެކް އަދި ނަތަލީ އެމަނުއެލް ހިމެނެ އެވެ.