04 މާޗް 2020
ސްޓެލްކޯ އިން ހަރަދުތައް ކުރަމުން އަންނަނީ ދުރާލައި ރާވައިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ އިން ހަރަދުތައް ކުރަމުން އަންނަނީ ދުރާލައި ރާވައިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ ޚަރަދުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި މުޣުނީ ވިދާޅުވީ، އެ ކުންފުނީގެ ހުރިހާ ހަރަދުތަކަކީ ވެސް ކުރިން ފެށިގެން ޕްލޭންކޮށް، ބަޖެޓު ހަމަޖެހިފައިވާ ހަރަދުތައް ކަމަށެވެ. މި ހަރަދުތަކަކީ އާއްމުންނަށާއި ކުންފުނިގެ ހިންގުމަށް އަދި ކުންފުނިން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކަށް އެހީވުމަށް މުހިންމު ހަރަދުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ނަސީމް ވިދާޅުވީ، ބައިނަލްއަގުވާމީ ދަތުރުތަކަށާއި ސީއެސްއާރު މަޝްރޫއުތަކަށް އެ ކުންފުނިން ވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައި ކަމަށެވެ. މިއީ އެސްއޯއީ ކޮމިޓީ އަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ވެސް ހިމެނޭ މައްސަލަ އެކެވެ.
"މި ކަންކަމަށް އަޅުގަނޑުމެން މި ކުރާ ހަރަދުތަކަކީ ވަރަށް މުހިންމު ހަރަދުތަކެއް. އެހެންވީމާ މި ހަރަދުތައް ކުޑަކުރުމަށް އަޅުގަނޑުމެންގެ އެއްވެސް ޕްލޭނެއް ނެތް. އަޅުގަނޑުމެން މި ކުރާ ދަތުރުތަކަކީ އޭގެ ޒާތުގައި ކުންފުންޏަށް ސޭވިން އެތައް ތަނެއް އިތުރުވާ ދަތުރުތަކެއް،" މުޣުނީ ވިދާޅުވި އެވެ.
ސްޓެލްކޯގެ ރިޕޯޓުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް އެ ކުންފުނިން ވަނީ ދަތުރުތަކަށް 2.3 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. މީގެ ތެރެއިން ގިނަ ދަތުރުތައް ކުރަނީ ބޯޑު މެމްބަރުން ކަމަށާއި ދާއިރާއާ ގުޅުން ހުރި މީހުންނަށް ފުރުސަތު ނުދޭ ކަމަށް އެސްއޯއީ ކޮމިޓީ އަށް ހުށަހަޅާފައިވާ ޝަކުވާތަކުގައި ވަނީ ބުނެފަ އެވެ.
މުޣުނީގެ ވާހަކަތަކަށް ރައްދުދެއްވައި ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ކޮމިޓީން ދެކޭ ކަމަށެވެ. އެގޮތުން، މިހާރު ކުރަމުން އަންނަ ބައެއް ބޭކާރު ހަރަދުތައް ކުޑަކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެބައުޅޭ ދުބާއީގެ ގްރީން ޓެކްނޮލޮޖީ އެކްސްޕޯ އަށް ވެސް ސްޓެލްކޯގެ ޓީމެއް ވަޑައިގެން. އެއީ ސްޓެލްކޯގެ ފެން އުފެއްދުން ކުރިއަރުވަން. މިހާރު އަޅުގަނޑަށް ހީވަނީ އެއީ ނޫންކަން ނޭނގޭ ތިބޭފުޅުންގެ މައި ސްކޯޕަކީ. އެހެންވީމާ ކޮންމެވެސް ވަރަކަށް އަލުން ރިވިއު ކުރައްވަން އެބަޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
އެސްއޯއީ ކޮމިޓީ އަށް ސްޓެލްކޯ ހާޒިރު ކޮށްފައި ވަނީ އެ ކުންފުންޏަށް އެކި ފަރާތްތަކުން ފޮނުވާފައި ހުރި ޝަކުވާތަކާ ގުޅިގެންނެވެ. އެގޮތުން މުވައްޒަފުންނަށް ދޭ އެލަވެންސްތައް ކަނޑާލުމާއި މުވައްޒަފުންނަށް ބިރުދެެއްކުމާއި ފްލެޓްތައް ވަކި ބަޔަކަށް ދިނުން ފަދަ ޝަކުވާތައް އެކޮމިޓީ އަށް ވަނީ ލިބިފަ އެވެ. މުޣުނީ ވަނީ މި ހުރިހާ ޝަކުވާތަކަކަށް އިންކާރު ކުރައްވައިފަ އެވެ.
"އިންޖީނު ގެއިން" މަޖިލީހަށް ސިޓީއެއް ނުފޮނުވޭނެ
އެމްޑީގެ މުސާރަ ކަނޑައަޅަނީ ފިނޭންސުން: ސްޓެލްކޯ
ސްޓެލްކޯ ސިޓީ މަޖިލީހުން ލީކުވިގޮތް ހޯދައިދޭން އެދިއްޖެ
ސްޓެލްކޯގެ ބޯޑުގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
މަޖިލީހުން ކަރަންޓު ކެނޑުމުން ޖަލްސާ ނިންމާލައިފި
ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި
ޕީއެސްއެމްގެ ކަރަންޓު ބިލަށް 80 މިލިއަން ނުދައްކާ!
މުޣުނީ ބަދަލުކުރީ އެންވަޔަރްމެންޓުގެ ސްޓޭޓްމިނިސްޓަރަކަށް
މުޣުނީ ވަކިކޮށް ސްޓެލްކޯއަށް ޝަރީފް