ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން، މެޑިކަލް ރިޕޯޓަކާ ނުލާ ވޯކް ވިސާއަށް ހުށަހެޅޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.
15 މާޗް 2020
ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން، މެޑިކަލް ރިޕޯޓަކާ ނުލާ ވޯކް ވިސާއަށް ހުށަހެޅޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.
އެތަނުގެ މީޑިއާ އޮފިޝަލު މިފްތާހު މުހައްމަދު "މިހާރު" އަށް ވިދާޅުވީ، މިއީ ކޮޮވިޑް-19 ފެތުރިޔަ ނުދިނުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.
"ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީން، މެޑިކަލް ރިޕޯޓު ހަދަން ދަތުރުކުރަން ޖެހެނީ މާލެއަށް ނުވަތަ އެހެން ރަށްރަށަށް. އެހެން ކަންތައް ކުރާ ނަމަ، މިހާރަށް ވުރެ ބޮޑަށް ބަލި ފެތުރުން އެކަށީގެންވޭ،" މިފްތާހު ވިދާޅުވި އެވެ.
ވޯކް ވިސާއެއްގައި މަސައްކަތްކުރަން އަލަށް އަންނަ މީހުން، ރާއްޖެއަށް އެތެރެވާތާ 15 ދުވަސް ތެރޭގައި މެޑިކަލް ރިޕޯޓާ އެކު ވިސާއަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް މެޑިކަލް ރިޕޯޓަކާ ނުލާ މި ދުވަސްވަރު ވޯކް ވިސާ ދޫކުރަން ނިންމާފައިވާ ކަމަށާއި އަދި މި ވިސާ ދޫކުރާނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. މީގެ ކުރިން ވިސާ ދޫކުރަމުން އައީ އެއް އަހަރުގެ މުއްދަތަކަށެވެ.
ވޯކް ވިސާގެ އިތުރުން އެހެނިހެން ވިސާ ވެސް މެޑިކަލް ރިޕޯޓަކާ ނުލާ ދޫކުރަން އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ.
ވިސާ ދޫކުރުމުގެ އުސޫލާ ގުޅޭގޮތުން އިމިގްރޭޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަލަށް ވޯކް ވިސާއަށް އެދޭ މީހުން މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ވޯކް ވިސާއެއްގެ ދަށުން މަސައްކަތް ކުރަމުންދާ ބިދޭސީން، ވިސާގެ މުއްދަތު ދިގުކުރަން އެދޭ ނަމަ މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
އިމިގްރޭޝަނުން މިއަދު ނިންމީ، އަލަށް އަންނަ ބިދޭސީންނާއި ވިސާގެ މުއްދަތު ދިގުކުރަން ބޭނުންވާ ބިދޭސީންނަށް ވެސް މެޑިކަލް ރިޕޯޓަކާ ނުލާ ވިސާއަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ.
ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ވަނީ ރާއްޖެއިން ފެނިފަ އެވެ. މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔަށް 13 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައި ވާ އިރު، އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެކަމަކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
ގަވާއިދަށް ނުފެތޭ ބިދޭސީން ހުޅުމާލެ އަށް
ހުއްދަ ނެތް ވަޒީފާ އަދާކުރި 60 ބިދޭސީއަކު ފޮނުވާލަނީ
ވޯކް ވިސާގައި އައި ބިދޭސީން 75 ޕަސެންޓް މަދު
ވޯކް ވިސާ ފީ ދެން ދައްކަން ޖެހޭނީ އޮންލައިންކޮށް
ވިސާގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި
ކޮންމެ ވަގުތެއްގައި ވެސް މިހާރު ވިސާ އަށް ހުށަހެޅޭނެ
14 ތަނެއް ބެލިއިރު، 25 ބިދޭސީއަކު ގަވައިދާ ޚިލާފު
މިހާރު އޮންލައިންކޮށް ވޯކް ވީސާ އަށް ހުށަހެޅޭނެ
ބިދޭސީންނާ ގުޅޭ ކަންކަން އިކޮނޮމިކް މިނިސްޓްރީ އަށް