އެކި ވިސާގައި ރާއްޖެ އެތެރެވުމަށް ފަހު، ދިވެހި އާޓިސްޓުންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކުރި 60 ބިދޭސީ އަކު ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނުން ނިންމައިފި އެވެ.
05 މާޗް 2021
އެކި ވިސާގައި ރާއްޖެ އެތެރެވުމަށް ފަހު، ދިވެހި އާޓިސްޓުންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކުރި 60 ބިދޭސީ އަކު ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނުން ނިންމައިފި އެވެ.
ޓޫރިޒަމް ދާއިރާގައި ދިވެހި މިއުޒީޝަނުންނާއި ފޮޓޯގްރާފަރުންނާއި އަދި މި ނޫނަސް ފަންނީ މަސައްކަތްތަކަށް ދިވެހިންގެ ބަދަލުގައި ބިދޭސީން ގެންގުޅޭ ކަމުގެ ޝަކުވާ އަނެއްކާވެސް ބޮޑުވެފައި ވަނިކޮށް އިމިގްރޭޝަނުން އިއްޔެ ނެރުނު އިއުލާނުގައި ބުނީ އެންމެ ގިނަ ޝަކުވާ ލިބިފައި ވަނީ ރިސޯޓުތަކުގައި ފޮޓޯގްރާފަރުންގެ ގޮތުގަ އާއި މިއުޒިކީ ފަންނާނުންގެ ގޮތުގައި ބިދޭސީން މަސައްކަތްކުރާތީ ކަމަށެވެ. ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު 60 މީހަކު ރާއްޖޭން ފޮނުވާލަން ނިންމާފައިވާ ކަމަށް އިއުލާނުގައިވެ އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ މައްސަލަތައް ބަލާނެ ކަމަށާއި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެއީ މި ގޮތަށް އަމަލުކުރުމުން ދިވެހިންނަށް ފުރުސަތުތައް ގެއްލި، މާލީ ގެއްލުންވާތީ ކަމަށް ވެސް ބުނެފައި ވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލުނު އިރު، އަމިއްލައަށް މަސައްކަތްކުރާ ފޮޓޯގްރަފަރުންނާއި މިއުޒިކީ ފަންނާނުންނަށް ވެސް އާމްދަނީގެ ދޮރު އެއްކޮށް ބަންދުވި އެވެ.
ރިސޯޓްތަކުން ދިވެހި ފަންނާނުންނަށް ފުރުސަތު ހަނިކުރާ ކަމުގެ ޝަކުވާ މި ފަހުން އަނެއްކާވެސް ވަނީ ބޮޑުވެފަ އެވެ. މިފަދަ މަސައްކަތުގައި ބިދޭސީން ގެންގުޅުމަކީ މަނާ ކަމަކަށް ވިޔަސް އެކި ނަންނަމުގައި ވިސާ ހޯދައިގެން ބިދޭސީން ގެނެސް، ފޮޓޯގްރާފަރުންނާއި މިއުޒީޝަނުންގެ ގޮތުގައި ބިދޭސީން ގެންގުޅުމަކީ އަބަދުވެސް ހިނގަމުން އަންނަ ޝަކުވާ ބޮޑު މައްސަލައެކެވެ.
މެޑިކަލް ރިޕޯޓަކާ ނުލާ ވިސާ ދޫކުރަން ނިންމައިފި
އިމިގްރޭޝަން ޑިޖިޓަލައިޒްވެ، އީ-ވިސާ ޖަހަން ފަށައިފި
އީ-ވިސާއާ އެކު އިމިގްރޭޝަން އެއްކޮށް ޑިޖިޓަލައިޒްކޮށްފި
ހުއްދަ ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީ!
25 ދުވަސް ތެރޭ 340 ބިދޭސީން ޑީޕޯޓުކޮށްފިން:ރައީސް
ގަވާއިދުން ބޭރުން ވިޔަފާރިކުރާ 24 މީހަކު ޑީޕޯޓުކުރަނީ
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ
ދިލްބަހާރު މަގުން 31 ބިދޭސީއަކު ހިފަހައްޓައިފި
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހިފަހައްޓައިފި
އިމިގްރޭޝަނަށް ހާޒިރުވާން އަންގައި އަންހެނަކު ހޯދަނީ