Roadha Mihaaru
"ރޫނީއާ ގުޅުވައިގެން ކުރާ ސުވާލުތައް މުހިއްމެއް ނޫން"

ރޫނީއާ ގުޅުވައިގެން ކުރާ ސުވާލުތައް މުހިއްމެއް ނޫން: ސައުތުގޭޓް

10 އޮކްޓޯބަރ 2016

ލަންޑަން (އޮކްޓޫބަރު 10) - އިންގްލެންޑުގެ ކެޕްޓަން ވޭން ރޫނީއާ ގުޅުވައިގެން ކުރުމަތިކުރުވާ ސުވާލުތަކަށް ސަމާލުކަމެއް ނުދޭ ކަމަށް އެ ޓީމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 10) - އިންގްލެންޑުގެ ކެޕްޓަން ވޭން ރޫނީއާ ގުޅުވައިގެން ކުރުމަތިކުރުވާ ސުވާލުތަކަށް ސަމާލުކަމެއް ނުދޭ ކަމަށް އެ ޓީމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑު ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހޮނިހިރު ދުވަހުގެރޭ މޯލްޓާ އަތުން އެ ޓީމު މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ރޫނީ ކުޅުނީ ޓީމުގެ މެދުތެރެއަށެވެ. ރޫނީގެ ފަރާތުން ފެނުނު ކުޅުމަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވިއިރު، މެޗަށް ސައުތުގޭޓް ވަނީ ރޫނީގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

މާދަމާރޭ ވޯލްޑް ކަޕް ކޮލިފައިންގައި ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ރޫނީ ފުރަތަމަ އެގާރައިގައި ހިމަނާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސައުތުގޭޓް ބުނީ ބުނީ މި ހަތަރު މެޗުގައި ވެސް ޓީމަށް ފައިދާހުރި ނިންމުމެއް ނިންމަން ފަސް ނުޖެހޭނެ ކަމަށެވެ.

"ވަކިވަކި ކުޅުންތެރިންނާ ގުޅުވައިގެން ކުރާ ސުވާލުތަކަށް އަހަރެން ޖަވާބެއް ނުދޭނަން. ކޯޗިންގައި އެކި ކަހަލަ ހަރުފަތްތައް ގިރާކޮށްފިން. އަހަރެންނަކީ ޓީމުގެ ފައިދާ އަށް ކޮންމެ ނިންމުމެއް ނިންމަން ވެސް ކެރޭ މީހެއް. ފާއިތުވި ތަނުގައި ވެސް އެގޮތަށް ކަންވެފައިހުރީ،" ކުރިން މިޑްލްސްބަރާ އަށް ވެސް ކޯޗުކޮށްދިން ސައުތުގޭޓް ބުންޏެވެ.

ރޫނީ އަކީ އިންގްލެންޑު ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. އަދި މިހާރު އޮތް އިންގްލެންޑް ސްކޮޑަށް ބަލާއިރު އެންމެ ތަޖުރިބާކާރު އަދި ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިއަކީ ވެސް ރޫނީ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ކުޅުން ދަށްވެ، ރޫނީ އަށް ވަނީ އޭނާގެ ކްލަބް މެންޗެސްޓާ ޔުނައިޓެގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ގެއްލިފަ އެވެ.