Roadha Mihaaru
ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ސޫޕް

ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ސޫޕް

25 މާޗް 2020

ކޮރޯނާވައިރަހާ ހަނގުރާމަކުރަމުންދާ މި ދުވަސްކޮޅު ކެއުމަށް ވެސް ރަނގަޅު ބަދަލެއް ގެނައުން ވަރަށް ބުއްދިވެރި އެވެ. އެގޮތުން ސިއްހީ ތަޖުރިބާކާރުންނާއި ޑައިޓީޝަނުން ދޭ އިރުޝާދުތަކާ އެއްގޮތަށް ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކާނާ އަށް މި ދުވަސްވަރު ދޭ ސަމާލުކަން ބޮޑެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހަނގުރާމަކުރަމުންދާ މި ދުވަސްކޮޅު ކެއުމަށް ވެސް ރަނގަޅު ބަދަލެއް ގެނައުން ވަރަށް ބުއްދިވެރި އެވެ. އެގޮތުން ސިއްހީ ތަޖުރިބާކާރުންނާއި ޑައިޓީޝަނުން ދޭ އިރުޝާދުތަކާ އެއްގޮތަށް ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކާނާ އަށް މި ދުވަސްވަރު ދޭ ސަމާލުކަން ބޮޑެވެ.

ބޭރުތެރެއިން ކެއުމާއި ތަންތަނުން ތައްޔާރުކޮށްފައު ހުންނާ ކާނާތަކާ ވެސް މި ދުވަސްކޮޅު ދުރުވެލަން މަސައްކަތްކުރެވިދާނެ އެވެ. ގިނަ ބަޔަކު ގޭގައި މިހާރު ގިނަ ވަގުތު ހޭދަކުރާތީ އަމިއްލަ އަށް ކައްކާލައިގެން، ވީހާ ވެސް ތާޒާކޮށް ކެއުމަކީ ވަރަށް ވެސް ރަނގަޅު ކަމަކަށް ވާނެ އެވެ.

އެގޮތުން ދިފާއި ނިޒާމު ވަރުގަދަކޮށްދޭނެ ފަސް ސޫޕެއް މި ދުވަސްކޮޅު ތަޖުރިބާކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ ތައްޔާރުކުރާ މާ އުނދަގުލެއް ވެސް ނުވާނެ އެވެ. ޓިއުޓޯރިއަލްތައް ބަލާލައިގެން ހަމަ ކޮންމެ މީހަކަށް ވެސް މިކަން ކޮށްލެވިދާނެ އެވެ.

1. ޗިކެން ސޫޕް

2. ބަރަބޯ ސޫޕް

3. ޓޮމާޓޯ ސޫޕް

4. ވެޖީ ސޫޕް

5. އަނިއަން އެންޑް ގާލިކް ސޫޕް