Roadha Mihaaru
ލަންކާގައި ތިބި މީހުން ގެންނަން މަސައްކަތް އެބަ ކުރޭ

ލަންކާގައި ތިބި ދިވެހިން ގެންނަން އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކަަނީ

25 މާޗް 2020

އަވަށްޓެރި ސްރީލަންކާގައި ތިބި މީހުުންގެ ތެރެއިން އެނބުރި ރާއްޖެ އަށް އަންނަަން ބޭނުންވާ މީހުން ގެންނަން އެ ގައުމުގެ ސަރުކާރާ ވާހަަކަަ ދައްކަމުން އަންނަަ ކަމަށް ދިވެހި ސަރުކާރުން ރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަވަށްޓެރި ސްރީލަންކާގައި ތިބި މީހުުންގެ ތެރެއިން އެނބުރި ރާއްޖެ އަށް އަންނަަން ބޭނުންވާ މީހުން ގެންނަން އެ ގައުމުގެ ސަރުކާރާ ވާހަަކަަ ދައްކަމުން އަންނަަ ކަމަށް ދިވެހި ސަރުކާރުން ރޭ ބުނެފި އެވެ.

ކޮވިޑް-19 ފެތުރޭތީ ލަންކާ ސަރުކާރުން އެޅި އެއް ފިޔަވަޅަކީ އެ ގައުމަށް ކުރާ ހުރިހާ ވައިގެ ދަތުރުތަކެއް ހުއްޓުވައިލުުމެވެ. އެ ގައުމުގައި ކުރިއްސުރެ ދިރިއުޅެމުން އައި ދިވެހިންނާއި އެހެން ބޭނުންތަކުގައި އެ ގައުމަށް ދިޔަ އެތައް ބަޔަކު މިހާރު ތިބީ ނާދެވި ތާށިވެފަ އެވެ. އަދި އެ މީހުން ގެންނަން އަމިއްލަ ބަޔަކު ފްލައިޓެއް ޗާޓަރުކޮށް، އަގުބޮޑުކޮށް ޓިކެޓް ވިއްކަމުންދާ ކަމަށް އިއްޔެ އަޑު ފެތުރުނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްްރެޓަރީ މަބްރޫކް އަބްްދުލް އަޒީޒް ވިދާޅުވީ ސަރުކާރުން އެފަދަ މަސައްކަތެއް ކުރާކަން ސަރުކާރަށް އަންގާފައި ނުވާ ކަަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށް ވެސް ގަބޫ ނުކުރައްވާ ކަމަށެވެ. އެކަމަކު ލަންކާގައި ތިބި މީހުންގެ ތެރެއިން އަންނަން ބޭނުންވާ މީހުން ގެންނަަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދެންނެެވިން ހަމަ ލަންކަ ސަރުކާރާއި ދިވެހި ސަރުކާރާ ވާހަކަ ދެއްކެމުންދޭ އެއާ ސްޕޭސް ހުޅުވޭނެ ގޮތެއްް ނުވަތަ އެ އަންނަން ބޭނުންވާ ބަޔަކަށް އާދެވޭނެ ގޮތެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ގައުމުތަކުގައި މީހުންނަނަށް އެނބުރި ގައުމަަށް ނުދެވި މީހުން ތާށިވުމަކީ ރާއްޖެ އަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫން ކަަމަށާއި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު އޮތީ އެ ހާލަތު ކަމަށެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ ލަންކާސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަކޮށްފަ އެވެ. އެގޮތުން އަލަށް އެޅި ފިޔަވަޅުތަކަކަކީ:

1- ވަކި ހުރިހާ ކެޓެގަރީ އެއްގެ ވިސާ ދޫކުރުން ހުއްޓައިލުން

2- އެއްވެސް ކެޓެގަރީއެއްގެ ވިސާ (އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން މެދުވެރިކޮށް ލިބިފައިވާ ވިސާ، ސްރީލަންކާގެ ރެޒިޑެންޓް ވިސާ، އެންޓްރީ ވިސާ، ލޭންޑިންގް އެންޑޯސްމެންޓް އަދި މަލްޓިޕްލް އެންޓްރީ ވިސާ) ލިބިފައި ހުއްޓަސް، މިހާތަނަށް މިއިން އެއްވެސް ވިސާއެއް ބޭނުންކޮށްގެން ސްރިލަންކާ އަށް ދަތުރު ކޮށްފައިނުވާނަމަ، މި ވިސާތައް ވެސް 31 މާޗު 2020 ގެ ރޭގަނޑު ސްރީލަންކާ ގަޑިން 23:59 އާ ހަމައަށް ސަސްޕެންޑް ކުރުން.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 422,959 އެވެ. އެ ބަލީގައި 18,907 މީހަކު މަރުވި އިރު 109,144 މީހަކު ވަނީ ރަނގަޅުވެފަ އެވެ.