ބަޣުދާދު (އޮކްޓޯބަރު 12) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުވެ އަނިޔާ ލިބެމުން ދަނިކޮށް ސަލާމަތްވި ޔަޒިދީ އަންހެނަކަށް އިންސާނީ ހައްގުގެ އެވޯޑެއް ލިބިއްޖެ އެވެ.
12 އޮކްޓޯބަރ 2016
ބަޣުދާދު (އޮކްޓޯބަރު 12) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުވެ އަނިޔާ ލިބެމުން ދަނިކޮށް ސަލާމަތްވި ޔަޒިދީ އަންހެނަކަށް އިންސާނީ ހައްގުގެ އެވޯޑެއް ލިބިއްޖެ އެވެ.
އިރާގުގެ އެކްޓިވިސްޓެއް ކަމަށްވާ ނާދިއާ މުރާދަށް ލިބިފައި ވަނީ ކައުންސިލް އޮފް ޔޫރަޕުން ދޭ ވާކްލާވް ހަވެލް ހިއުމަން ރައިޓްސް ޕްރައިޒް އެވެ. މި އެވޯޑާ އެކު އޭނާ އަށް ވަނީ 60،000 ޔޫރޯ (67،000 ޑޮލަރު) ގެ ފައިސާގެ އިނާމު ވެސް ދީފަ އެވެ.
އުމުރުން 21 އަހަރުގައި، 2014 ވަނަ އަހަރު އައިއެސް އިން ވަނީ ނާދިއާ ވަގަށް ނަގައިފަ އެވެ. އައިއެސްގެ އަނިޔާގައި ތިން މަސް ދުވަސް ހޭދަކުރުމަށް އޭނާ ވަނީ ފިލައިގެން ޖަރުމަނަށް ގޮހެވެ. އޭގެ ފަހުން ވަނީ އިރާގުގެ ޔަޒީދީ ދަރިކޮޅުގެ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ސަމާލު ކަމަށް ގެނައުމަށާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަން ފަށައިފަ އެވެ. ނާދިއާ ވަނީ މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ވެސް ވާދަކޮށްފަ އެވެ. އދ. އިން ވަނީ ޑިގްނިޓީ އޮފް ސަވައިވާސް އޮފް ހިއުމަން ޓްރެފިކިންގެ އެމްބަސެޑަރަކަށް ނާދިއާ މިދިޔަ މަހު ހަމަޖައްސައިފަ އެވެ.
އިނާމާ ހަވާލުވުމަށް ފަހު ނާދިއާ ވަނީ އައިއެސް އިން ހިންގާ ޖަރީމާތައް ބެލުމަށް ބައިނަލްއަގުވާމީ ކޯޓެއް އުފެއްދުމަށް ގޮވާލައިފަ އެވެ. އަދި ޔަޒީދީންނާ ދެކޮޅަށް އައިއެސް އިން ހިންގަނީ ބޮޑު ގަތުލްއާއްމެއް ކަމަށް އޭނާ ބުންޏެވެ.
ހާކްލަވް ހަވެލް އިނާމު ދެނީ އިންސާނީ ހައްގުތަކުގެ ދިފާއުގައި ސިވިލް ސޮސައިޓީ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
ދެ އަހަރު ތެރޭ އައިއެސްގެ 50،000 ހަނގުރާމަވެރިން މަރާލައިފި
އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ
އައިއެސްއަށް އިރާގުގެ އިންޒާރު: އަމާންދީ، ނޫނީ މަރުވޭ
މޫސަލްއާ ކައިރިވާ ވަރަކަށް އައިއެސްގެ އަނިޔާތައް ބޮޑު
މޫސަލް ކައިރިން އާއްމުންގެ އެތައް ބަޔަކު މަރައިފި
އައިއެސް އިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި
އައިއެސްގެ ލީޑަރުން މޫސަލް އިން ފިލަން ފަށައިފި
އައިއެސް އިން އައްޑަނައަކަށް އާއްމުން ބޭނުން ކުރަނީ
މޫސަލް ހިފުން ދަނީ ޝެޑިއުލަށް ވުރެ ބާރަށް: ޕެންޓަގަން
އައިއެސްގެ އަތުން މޮސޫލް ހިފުމުގެ ހަނގުރާމަ ފަށައިފި