18 އެޕްރީލް 2020
މާލޭން ކޮރޯނާވައިރަސް ފެނުމާ އެކު، ސިފައިންގެ ޑޮކްޓަރަކު އާއިލާ އާއި ރަހުމަތްތެރިންނަށް ފޮނުވި ދިގު މެސެޖުގައި އޮތީ، ދެން އަވަހަކަށް ބައްދަލު ނުވާނެ ކަމުގެ ހިތާމަވެރި ވާހަކަ އެވެ. ޑޮކްޓަރަކަށް ވާން ހޭދަކުރި ބުރަ ދުވަސްތައް، ކޭކު ފަޅައި އެންމެ ގާތް މީހުންނާ އެކު ފާހަގަކުރުމުގެ ނަސީބެއް މި އަހަރަކު ނުލިބުނެވެ. ޑޮކްޓަރުންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އޭނާ ހުންނަން ޖެހިފައި ކުރިން ކުރިމަތިލާފައި ނުވާ ބޮޑު ޒިންމާއަކަށް ތައްޔާރުވެގެންނެވެ.
މާލޭން ކޮރޯނާވައިރަސް ފެނުމާ އެކު، ސިފައިންގެ ޑޮކްޓަރަކު އާއިލާ އާއި ރަހުމަތްތެރިންނަށް ފޮނުވި ދިގު މެސެޖުގައި އޮތީ، ދެން އަވަހަކަށް ބައްދަލު ނުވާނެ ކަމުގެ ހިތާމަވެރި ވާހަކަ އެވެ. ޑޮކްޓަރަކަށް ވާން ހޭދަކުރި ބުރަ ދުވަސްތައް، ކޭކު ފަޅައި އެންމެ ގާތް މީހުންނާ އެކު ފާހަގަކުރުމުގެ ނަސީބެއް މި އަހަރަކު ނުލިބުނެވެ. ޑޮކްޓަރުންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އޭނާ ހުންނަން ޖެހިފައި ކުރިން ކުރިމަތިލާފައި ނުވާ ބޮޑު ޒިންމާއަކަށް ތައްޔާރުވެގެންނެވެ.
ދަރިފުޅާ ދެން ބައްދަލުވާނެ ދުވަހެއް، އާއިލާގެ ގާތަށް ދެވޭނެ ދުވަހެއް ނޭނގެ އެވެ. އާއްމުންގެ ތެރޭގައި ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް-19ގެ ފަރުވާގައި އެންމެ ހައި ރިސްކު މީހުންގެ ތެރޭގައި ހިމެނޭތީ ހޮސްޕިޓަލުން ގެއަށް ދިއުމުގެ ފުރުސަތެއް މިހާރަކު ނެތީ އެވެ. ވަކި މުއްދަތެއް ނެތް ގޮތަށް އުޅެން ޖެހިފައި ވަނީ އެކަހެރިކޮށް ހުންނަ ސިފައިންގެ އިމާރާތެއްގަ އެވެ.
އޭނާ އާއި އެތަނުގައި ތިބި އެހެން ޑޮކްޓަރުންނާއި ސިއްހީ ހިދމަތްތެރިންގެ ވެސް ޝަކުވާއެއް ނެތެވެ؛ ގައުމާއި ރައްޔިތުންނަށް އެ މީހުން އެންމެ ބޭނުން ވާ ވަގުތަކީ މިއީ ކަން އެ މެސެޖުގައި އާއިލާ އަށް ވިސްނައިދީފައި އޮތެވެ. އަމިއްލަ އަށް ކުރިމަތިވެދާނެ އެއްވެސް ބިރަކަށް ޖެހިލުން ނުވެ އެވެ.
ކޮވިޑް-19 ގައި ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ހާލުބޮޑުވި އިޓަލީގެ ޓޫރިސްޓަށް ފަރުވާދިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ޑޮކްޓަރުން.
އެ ޑޮކްޓަރު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ޑޮކްޓަރުންގެ ވެސް މިއަދު ކުރަނީ އެ އިހްސާސެވެ.
"އާއްމުކޮށް، މި ދުވަސް ފާހަގަކުރަނީ ވަރަށް މަޖާކޮށް. ނަމަވެސް މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަޅުގަނޑުމެން ހުރިހާ ސިއްހީ އެހީތެރިން މި ތިބީ އެކުގައި އަތުކުރި އޮޅާލައިގެން،" އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް މުހައްމަދު އަލީ ޓުވިޓާގައި ލިއުއްވާފައިވެ އެވެ.
ކޯވިޑް19 ގެ ބަލީގަ ހަނދާން ބަހައްޓަން ޖޭހޭނެ، މިބަލި ޖެހޭ 80% މީހުންނަށް ފެންނާނީ ވ. އާދައިގެ ރޯގައެއްގެ އަލާމަތް، ވަކި ފަރުވާއެއް ނުދިނަސް ރަނގަޅުވާނެ. ނަމަވެސް 20% މީހުން ސީރިއަސް ވާނެ. އޭގެތެރެއިން 9% މިހުންގެ ހާލު ނާޒުކު ވެދާނެ.
— Dr. Mohamed Ali (@Moxamedalu) April 18, 2020
ޑރ. މުހައްމަދު އަލީގެ ޓުވީޓް.،
ދުނިޔޭގައި އެތައް ބަޔަކު މަރުވަމުންދާ ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ހުރި ވަސީލަތްތަކާ އެކު ޑޮކްޓަރުން ތައްޔާރެވެ. އާއްމުންގެ ތެރެއަށް ބަލި ފެތުރި، ޕީކަށް ދާންވާ އިރަށް ޑޮކްޓަރުން ތިބީ އެކަމަށް ހުސްވެގެންނެވެ. ނުރައްކާ އޮތް މިންވަރުގެ ގްރާފްތަކުގެ ރޮނގުތަކުން މަންޒަރު އެ މީހުންނަށް ސާފެވެ.
"މިވަގުތުގެ ހާލަތަށް ބަލާއިރު ވަރަށް ބަނަކޮށް ނަމްބަރުތައް މި ދައްކަނީ. ހުރިހާ ޑޮކްޓަރުން ވެސް ޚާއްސަކޮށް ސިއްހީ ހިދުމަތްތެރިންނަށް ބުރަ ދުވަސްތަކެއް. މީގައި އެންމެ ކުރީގައި ތިބޭނެ އަދި އެންމެ ބޮޑު ނުރައްކަލަކަށް ވެސް މި ހުށަހެޅެނީ އެ ބޭފުޅުން. އެންމެ ބިރުވެރި ދުވަސްތަކަށް ކުރިމަތިލައިގެން މިހާރު ތިބެން ޖެހެނީ،" ކޮވިޑް-19 އޮޕަރޭޝަންގައި އިސްކޮށް އުޅުއްވާ އައިޖީއެމްއެޗުގެ ޑރ. މޫސާ މުރާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޑޮކްޓާސް ކޮމިއުނިޓީގެ ހުރިހާ އެންމެންނަށް ވެސް މިކަން އެނގޭ، ވަރަށް ބޮޑަށް ތައްޔާރުވެސް ވެގެން މި ތިބީ ވެސް."
އެކަމަކު މިއީ ޑޮކްޓަރުން މި ދާއިރާ އިން ކިޔެވިއިރު އަދި ތަޖުރިބާ ހޯއްދެވި އިރު ވެސް ކުރިމަތިވެދާނެ ކަމަށް ބެލެވިފައި އޮތް ބަލިމަޑުކަމެއް ނޫނެވެ. މިއީ، ދުނިޔޭގައި ވެސް ގިނަ ޑޮކްޓަރުން އާ ތަޖުރިބާތަކެއް ކުރަން ޖެހުނު ބައްޔެކެވެ.
ދުނިޔޭގެ ޑޮކްޓަރުންގެ ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ނުހަނު ލޯތްބާއި އިޙްތިރާމާއެކު އަރިސްކުރަން.
— Ismail Habeeb (@IsmailHabeeb) April 18, 2020
އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައްވަވައިގެން ތިޔަ ވެވަޑައިގަންނަވާ ޤުރްބާނީގެ އަގު އަދާކުރާނެ ލަފުޒެއް އަޅުގަނޑުގެ ދުލަކަށްނައެވެ. ?? ❤? pic.twitter.com/zLvjZbpgaz
ޑރ. މުރާދު ވިދާޅުވީ ތަމްރީނުގައި ވެސް ބޮޑަށް ކުރިއަށް ގެންގޮސްފައި ހުރީ ގުދުރަތީ ކާރިސާތަކުގައި ދިމާވާ ކަމެއްގައި ފަރުވާ ކުރިއަށް ގެންދާނެ ގޮތް ކަމަށެވެ. ޑޮކްޓަރުން އެ ކިޔެވި ގައުމުތަކުގައި އަދި ފަހުން ރާއްޖޭގައި މިފަދަ ކާރިސާތަކުގައި ފަރުވާދިނުމުގެ ތަޖުރިބާ ހޯއްދަވާފައިވެ އެވެ. އެ ކަހަލަ ކާރިސާތަކުގައި މީހުން ސަލާމަތްކުރުމުގެ ފުރުސަތު ބޮޑަސް ކޮވިޑް-19 އަކީ ގޮތް ނޭނގޭ ބައްޔަކަށް ވެފައި ދެވޭނެ ފަރުވާތަކެއް ވެސް ނެތް ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް ވަރަށް އާ ކަމެއް. މިހެން ވެދާނެ ކަމަަކަށް އަޅުގަނޑުމެން ވެސް ރެޑީވެގެން ތިބި ކަމެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ އަދަދުތަކުން ފެންނަ މިންވަރަށް ހޮސްޕިޓަލްތަކުގައި ފަރުވާ ނުދެވިދާނެ ކަމުގެ ބިރެވެ. އެއްވެސް މީހަކަށް ފަރުވާ ނުދެވި، ނުވަތަ އަޅާނުލެވި ވޭނުގައި އޮންނަތަން ފެނުމަކީ ނަފްސާނީ ގޮތުން ޑޮކްޓަރުންނަށް ވެސް ފަސޭހަކަމަކަށް ނުވާނެ އެވެ. އެ ބިރު ޑޮކްޓަރުންގެ ކުރިމަތީގައި މިހާރު ވެސް އެބައޮތް ކަމަށް މުރާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ރާއްޖޭގައި ފަރުވާ ކުރެވެން ހުރި މިންވަރާއި ވަސީލަތްތައް ހުރި ގޮތް. އެހެންވިޔަސް ފަރުވާ ކުރަން ތިބި މީހުން، މިހާރު ހުރި ކެޕޭސިޓީގައި ކުރެވުނު އެންމެ ބޮޑުވަރެއް ކުރާނެ،" މުރާދު ވިދާޅުވި އެވެ.
ދަރުމަވަންތަ އަދި ފަރުކޮޅުފުށީގައި، ކޮވިޑް-19 އަށް ރާއްޖެ އިން ފަރުވާދޭ ޓީމު ބަލި މީހުންނާ ކުރިމަތިލަނީ، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީ) އަޅައިގެން ވަރަށް ބޮޑަށް ސަލާމަތްތެރިކަން ހޯދޭނެ ގޮތަށް ވިސްނުން ބަހައްޓައިގެންނެވެ. އޭރުން އެ މީހުންނަކީ ލޯ ރިސްކު ބަޔަކަށް ވިޔަސް ޕީޕީގައި ޒަރޫރީ އެއްވެސް ބޭނުމެއް ނުފުދި، ހޫނު ކަމުގައި މަދުވެގެން ހަ ގަޑި އިރު ނުވަތަ އެއަށް ވުރެން ވެސް ގިނަ ވަގުތު ހޭދަކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
މި ފަރުވާގައި އުޅޭ ބައެއް ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ވެސް ކެއާ ވޯކަރުންގެ ފަރާތުން އެހެން އެއްވެސް މީހަކު ނުރައްކަލަކަށް ހުށަހެޅިދާނެ ކަމުގެ ކުޑަވެސް ފުރުސަތެއް ނުދޭން، ބައެއް މީހުން ގެއަކަށް ނުދެ އެވެ. މިހާތަނަށް ހުރިހާ ޑޮކްޓަރުންނަށް އެ އިންތިޒާމް ހަމަޖައްސައިނުދެވުނަސް އެ ބިރު އޮންނަ ޑޮކްޓަރުންނަށް ކޮންމެވެސް އިންތިޒާމްތަކެއް އައިޖީއެމްއެޗުން ހަމަޖައްސައިދެމުން އަންނަ ކަމަށް މުރާދު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޓެގްގެ ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން.
މިކަމުގައި ވެސް އުނދަގޫވާނީ، ފަރުވާ އަށް ގިނަ ޑޮކްޓަރުން ނުކުންނަން ޖެހޭ ހިސާބުންނެވެ.
ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެމުންދާ މިންވަރަށް ބަލާއިރު، ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ އެވެ. އިރުޝާދުތަކަށް ދެން ވެސް ފަރުވާކުޑަކޮށްފި ނަމަ އިޓަލީ ފަދަ ގައުމުތަކުގައި ކުރިމަތިލާން ޖެހުނު ތަޖުރިބާ ރާއްޖޭގައި ވެސް ކުރަން ޖެހިދާނެ އެވެ.
އެ ގައުމުގައި ޑޮކްޓަރުން ތިބީ މަރުގެ ތުންފަތް މަތީގަ އެވެ. އެ ގައުމުގައި ވެސް އެތައް ބަޔަކު ވައިރަހަށް ޕޮޒިޓިވްވެ އެނދުތަކުގައި ޖެހިޖެހިގެން އަތުރައި ހޮސްޕިޓަލް ފުރާލާފައިވާ އިރު، ފަރުވާދޭކަށް އެކަށީގެންވާ ޑޮކްޓަރުން ނެތެވެ. އެތަނުގައި ގިނަ ބަޔަކު މަރުވާއިރު، އޭގެތެރޭގައި ފަރުވާގައި އުޅުނު ޑޮކްޓަރުން ވެސް ހިމެނެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އިޓަލީގައި މަރުވާ ކޮންމެ 10 މީހުންގެ ތެރެއިން އެކެއްގެ ތެރޭގައި ހެލްތު ކެއާ ވޯކަރަކު ހިމެނެ އެވެ.
ރާއްޖޭގައި ވެސް މިގޮތަށް ދިމާވެދާނެ ކަމުގެ ބިރު އިންތިހާ އަށް އެބައޮތެވެ. މާލެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ފަރާތުން އިތުރު މީހުންނަށް ޖެހި ޖުމްލަ އަދަދު ލައްކައަކަށް އަރާފާނެ ކަމަށް ބެލެވޭއިރު، މީގެތެރެއިން ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިދާނެ އެވެ. އެކަމަކު ރާއްޖޭގެ ސިއްހީ ދާއިރާގައި އެ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ވެސް މި ދާއިރާގެ ޚިދުމަތްތެރިންނެއް ނެތެވެ.
އައިޖީއެމްއެޗުގެ އޮންކޮލޮޖިސްޓް ޑރ. މުހައްމަދު ޝިފާން ވިދާޅުވީ، ކޮވިޑް-19 ފަރުވާ ޓީމުގައި ހިމެނޭ ޚިދުމަތްތެރިންނާ އެކު ދެން ވެސް ތިއްބެވި ޑޮކްޓަރުން ތިބީ ވެވުނު އެންމެ ރަނގަޅަކަށް އެހީވާން ތައްޔާރަށް ކަމަށެވެ. ސިއްހީ ޚިދުމަތްތެރިން ރާއްޖޭގައި މަދުކަމުން، ކޮވިޑްގެ ފަރުވާ އަށް ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ވެސް ވެންޓިލޭޓަ ބޭނުންކުރާނެ ގޮތް ފަދަ ކަންކަމަށް ފަރިތަވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ، އަސްލު ޑޮކްޓަރުންގެ ވަގުތަކީ. އަޅުގަނޑުމެންގެ ހުރިހާ ބޭފުޅުން ވެސް ތިބީ ވަަރަށް ބޮޑަށް ތައްޔާރުވެ، އެކުގައި،" ޑރ. ޝިފާން ވިދާޅުވި އެވެ.
އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރީ ސަފުގައި ތިބެ ޑޮކްޓަރުން ވަމުން އަންނަ ގުރުބާނީ އަށް ގިނަ ބަޔަކު އަންނަނީ ޝުކުރު އަދާކުރަމުންނެވެ. ސޯޝަލް މީޑިއާ މިއަދު ފުރާލާފައި އޮތީ ޑޮކްޓަރުންގެ ޚިދުމަތް، ފާހަގަކުރުމުގެ ޝުއޫރުތަކުންނެވެ.
އާއްމުންގެ ފުރާނަ ސަލާމަތްކުރަން ފަރުވާގައި ޑޮކްޓަރުން ރެ އާއި ދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި، ޑިފެންސް މިނޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ތަހުނިޔާ ދަންނަވައިފަ އެވެ.
On #NationalDoctorsDay, I’d like to express my gratitude to all Doctors who work day & night to contain the #coronavirus We know many a medical worker have lost their lives tryin to save others. However they selflessly continue day & night to save other lives #Salute ??❤️ pic.twitter.com/Tdwn4Aq3HN
— Mariya Didi ? (@MariyaDidi) April 18, 2020
މާރިޔާގެ ޓުވީޓް
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ލިއުއްވި ގޮތުގައި، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުން ކޮށްދެއްވާ ޚިދުމަތުގެ އަގު ވަޒަންކުރާނެ ޖުމްލަތަކެއް ނެތެވެ.
ދުނިޔޭގެ ޑޮކްޓަރުންގެ ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ނުހަނު ލޯތްބާއި އިޙްތިރާމާއެކު އަރިސްކުރަން.
— Ismail Habeeb (@IsmailHabeeb) April 18, 2020
އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައްވަވައިގެން ތިޔަ ވެވަޑައިގަންނަވާ ޤުރްބާނީގެ އަގު އަދާކުރާނެ ލަފުޒެއް އަޅުގަނޑުގެ ދުލަކަށްނައެވެ. ?? ❤? pic.twitter.com/zLvjZbpgaz
Happy doctors day to all the wonderful doctors. We are forever grateful for your sacrifices during this time @Farxey @niyaf @Faisalnaifaru @nazluthfee @Moxamedalu @Dr_wisham @maanu_shareef @dr_iyaz @HidheaEfram @Hisham_Imad @dr_a33am and all the other doctors I can't find :( pic.twitter.com/nd4orLLmq4
— Galc0bs (@galcobs) April 18, 2020
On #NationalDoctorsDay, I’d like to express my gratitude to all Doctors who work day & night to contain the #coronavirus We know many a medical worker have lost their lives tryin to save others. However they selflessly continue day & night to save other lives #Salute ??❤️ pic.twitter.com/Tdwn4Aq3HN
— Mariya Didi ? (@MariyaDidi) April 18, 2020
Happy doctors day. Thank you for everything ? pic.twitter.com/C47ssEeZ9T
— arooshanajeeb (@arooshanajeeb) April 18, 2020
Sending our warmest gratitude, love and respect to all the wonderful doctors of Maldives on the occasion of Maldives Doctor’s Day.?⚕️?⚕️???? @igmhmv @ADKHospital @treetophospital @MoHmv pic.twitter.com/1MM9B8Z1gv
— Muhyiddin School މުޙްޔިއްދީން ސްކޫލް (@Muh_mv) April 18, 2020
އެންމެ ކުރީ ސަފުގައި ތިބި ޑޮކްޓަރުންނަށް މިއަދު އެންމެންގެ ހިތުގައި އޮތީ އިހްތިރާމާއި ޝުކުރެވެ.
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ ކޮންފަރެންސް ބާއްވައިފި
ބޭރު ޑޮކްޓަރުންގެ އިތުރު ގަޑީގެ އިނާޔަތުގައި ލިމިޓެއް ނެތް
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ލޭގެ ޑޮކްޓަރަކާއެކު ކިއުބާގެ ޑޮކްޓަރުން ރާއްޖެއަށް
ކިއުބާގެ 26 ސްޕެޝަލިސްޓުން އަންނަމަހު ރާއްޖެ އަންނާނެ
ޑޮކްޓަރުންގެ ޕޫލްގައި 85 ޑޮކްޓަރުން، ހައްލު ލިބޭނެ
އައިޖީއެމްއެޗް ޕޭޝަންޓް ޕޯޓަލް ހިދުމަތް މެދުކަނޑާލައިފި