18 މެއި 2020
ދިވެހި ފިލްމީ ދާއިރާ އިން ފެނުނު އެންމެ ކާމިޔާބު އެއް ބަތަލާ އަކީ ޖަމްޝީދާ އަހުމަދެވެ. ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު ފިލްމީ ދާއިރާ އަށް ނުކުތް މި ބަތަލާ އަކީ އޭނާގެ ރަން ދުވަސްވަރު މަގުބޫލު ޓްރެންޑެއް ވެސް ސެޓްކުރި ބަތަލާއެކެވެ.
ދިވެހި ފިލްމީ ދާއިރާ އިން ފެނުނު އެންމެ ކާމިޔާބު އެއް ބަތަލާ އަކީ ޖަމްޝީދާ އަހުމަދެވެ. ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު ފިލްމީ ދާއިރާ އަށް ނުކުތް މި ބަތަލާ އަކީ އޭނާގެ ރަން ދުވަސްވަރު މަގުބޫލު ޓްރެންޑެއް ވެސް ސެޓްކުރި ބަތަލާއެކެވެ.
އޭނާ ފާހަގަކުރެވެނީ ފިލްމީ ދާއިރާ އަށް ނުކުމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާއެއްގެ ގޮތުގަ އެވެ. ޖަމްޝީދާ ވެގެން ދިޔައީ އޭނާ ނުކުތް ދުވަސްވަރު ފިލްމީ ދާއިރާގައި ރަނިކަން ކުރަމުން ދިޔަ އައިޝަތު ޝިރާނީ އާއި މަރިޔަމް ނިޝާ އާއި ނިއުމާ މުހައްމަދާ އެއް ހަމައަކަށް ދަތުރުކުރި ބަތަލާއެއްގެ ގޮތުގަ އެވެ. އަދި އޭރުގެ އެންމެ މަޝްހޫރު ހުރިހާ އެކްޓަރުންނާއި ޑައިރެކްޓަރުންނާ އެކު ހެން މަސައްކަތްކޮށްފައިވެ އެވެ.
ފިލްމީ ދާއިރާ ދޫކޮށްލައި ފަހުން، އާއިލާއާ އެކު މެލޭޝިއާ ދިރިއުޅުން ބަދަލުކޮށް އަދިވެސް އެ ގައުމުގައި ދިރިއުޅޭ ޖަމްޝީދާ އަކީ ފުވައްމުލަކުން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއިންގެ ތެރެއިން އެންމެ މަގުބޫލުވި މޫނެވެ.
ޖަމްޝީދާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ފިލްމަކީ 1998 ގެ "އަމާނާތް" އެވެ. މި ފިލްމަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) ޕްރޮޑިއުސްކޮށް، މަހުދީ އަހުމަދު ޑައިރެކްޓްކުރި ފިލްމެކެވެ.
އިންޑިއާގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރް 1983 ގައި ގެނެސްދިން އަސަރުގަދަ ލޯބީގެ ފިލްމު "މާސޫމް" އަސްލަކަށް ބަލައިގެން ހެދި ފިލްމުގައި ޖަމްޝީދާ ކުޅުނު ރަށްފުށުގެ ނިކަމެތި އަންހެން ކުއްޖެއްގެ ރޯލެވެ. އަދި ރަށަށް ޒިޔާރަތްކުރާ މާލޭގެ ގަދަވެރި ޒުވާނެއްގެ މަޅީގައި ޖެހި އޭނާގެ ދިރިއުޅުން ބަރުބާދުވެގެންދާ ގޮތް "އަމާނާތް" ގައި ދައްކުވައި ދީފައިވެ އެވެ.
އެ ފިލްމުގެ ތަރިންގެ ތެރޭގައި "ދެރިޔާ" ވިދާލި އެކްޓަރު އަލީ ޚާލިދާއި ފާތުމަތު ރަމީޒާ ހިމެނެ އެވެ.
"އަމާނާތް" ކުޅެގެން ޖަމްޝީދާ އަށް ވަނީ 2007 ގައި ބޭއްވި ތިން ވަނަ ގައުނީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ މަގާމު ވެސް ލިބިފަ އެވެ.
ފާތުމަތު ނަހުލާގެ ވާހަކައަކަށް އަލީ މުސްތޮފާ (ސެމީ) 1999 ގައި ގެނެސްދިން "އުމުރަށް" އަކީ ވެސް ޖަމްޝީދާގެ ރީތި ފިލްމެކެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދިޔައީ ރީކޯ މޫސާ މަނިކާއި ހުސައިން ސޮބާހާ އެކީގަ އެވެ.
"ފަހުނޭވާ" އަކީ ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދުމަށް ފަހު، ނަހުލާ ޑައިރެކްޓަރެއްގެ ގޮތުގައި ނުކުތް ފިލްމެވެ. މި ފިލްމުގެ ތަރިންނަކީ ޖަމްޝީދާ އާއި ސޮބާ އާއި ނިޝާ އެވެ.
ދެހާސް ވަނަ އަހަރު ގެނެސްދިން ދިން "ފަހުނޭވާ" އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. އަދި ފިލްމުގެ ލަވަތައް އޭރު ވަރަށް މަޝްހޫރުވި އެވެ
"ދެހާސް ވަނަ އުފަން ދުވަސް" އަކީ 2000 ވަނަ އަހަރު އީސާ ޝަރީފް ޑައިރެކްޓްކޮށް ގެނެސްދިން ހޮރޯ ޑްރާމާއެކެވެ. މީގެ ކާސްޓްގައި ހިމެނެނީ ޖަމްޝީދާ އާއި ރީކޯ މޫސަ އާއި މަރިޔަމް ޝަކީލާގެ އިތުރުން އަލީ ސީޒަނެވެ.
"ދެހާސް ވަނަ އުފަން ދުވަސް" އަކީ ބެލުންތެރިން އުންމީދުނުކުރާ ކަހަލަ ކޮންސެޕްޓަކަށް ގެނެސްދިން ފިލްމެކެވެ.
ބިންމާ އިބްރާހީމް ވަހީދު "ވެހޭ ވާރޭގެ ތެރެއިން" ގެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަމަ އެ ނަމުގައި 2005 ގައި ގެނެސްދިން ފިލްމަކީ ޖަމްޝީދާގެ ކެރިއަރުގެ ފަހު ފިލްމެވެ.
ބޭވަފާތެރި ފިރިއެއްގެ ވަކިތަކުގެ ތެރޭގައި އުޅެން ޖެހިފައިވާ އަންބެއްގެ ރޯލް ޖަމްޝީދާ ކުޅުނު ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ހަދީޖާ އިބްރާހީމް (ކުޑަހައްޖަ)، މުހައްމަދު ޝާވިން އަދި އާމިރާ އިސްމާއީލް ހިމެނެ އެވެ.
"ވެހޭ ވާރޭތެރެއިން" އަކީ އަބްދުލް ފައްތާހް ޑައިރެކްޓްކުރި ފިލްމެކެވެ.
ޖަމްޝީދާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "އަންބެއްގެ ލޯބި ފިރިއެއްގެ ވާޖިބު،" "ލޯބީގެ އަނިޔާ"، "ނާއުންމީދު"، "މާޒީ" އަދި "ސިއްރު" ހިމެނެ އެވެ.
މި ފަހަރު "ދަރަކަ" ގެ ޕޯސްޓަރުތަކެއް
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް
ދިވެހި ވީޑިއޯ ލަވައެއް ތުރުކީން
"މަޒުލޫމް" ނިންމާލާނީ އައްޒަގެ "ހިންތާ" އިން
ގޮޅާ އައްޔަގެ ސިލްސިލާ އަކީ "ބީވުން"
"މިންޖު" ވާނީ މި މަހުގެ 12 ގައި
"ނޫންތަ؟" ގެ ދެވަނަ ވާހަކަ ޝިޔާ އަށް ހާއްސަ
ވީޑިއޯ ލަވަތަކަށް ފަހު އަޒްހާންގެ ވެބް ސީރީޒެއް
ތަފާތު އެއްޗަކަށް "ނޫންތަ؟" ރަނގަޅުވާނެ
އިއްލެގެ "މިންޖު" ގެ ޓްރެއިލާއެއް