Roadha Mihaaru
"މިންޖު" ވާނީ މި މަހުގެ 12 ގައި

ބައިސްކޯފް "މިންޖު" ވާނީ މި މަހުގެ 12 ގައި

09 ނޮވެމްބަރ 2021

ރަވީ ފާރޫގާއި އަލަށް ތައާރަފުކުރާ ބަތަލާ ތާތި އާދަމް ލީޑް ރޯލު ކުޅެފައިވާ ކުރު ފިލްމު "މިންޖު" ބައިސްކޯފުން މި މަހުގެ 12 ގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަވީ ފާރޫގާއި އަލަށް ތައާރަފުކުރާ ބަތަލާ ތާތި އާދަމް ލީޑް ރޯލު ކުޅެފައިވާ ކުރު ފިލްމު "މިންޖު" ބައިސްކޯފުން މި މަހުގެ 12 ގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޓްރެއިލާއެއް ވެސް ދައްލާފައިވާ މި ފިލްމަކީ މި ފަހުން "މަޒުލޫމް" ގައި ނަމުގައި އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދެމުން އަންނަ ކުރު ފިލްމު ސީރީޒްގެ ތިން ވަނަ ބައެވެ. "މިންޖު" ވެސް ލިޔެ، ޑައިރެކްޓް ކޮށްފައި ވަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. އޭނާ އަކީ 2019 ގެ ކާމިޔާބު ފިލްމު "ބަވަތި" ގެނެސްދިނުމަށް ފަހު މިހާރު "ނީނާ" ގެ ނަމުގައި ދެވަނަ ފީޗާ ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނުމުގެ އިންތިޒާރުގައި ހުރި ޑައިރެކްޓަރެވެ.

"މިންޖު" އަކީ ގެވެށި އަނިޔާއާ އެކު އިޖުތިމާއީ މައްސަލަތަކެއް ފެނިގެން ދާނެ އެއްޗެކެވެ.

"މަޒުލޫމް" ގެ ތިން ވަނަ ޗެޕްޓަރުގެ ގޮތުގައި ގެނެސްދޭ އިރު ކުރީގެ ދެ ބަޔަކީ "މަޒުލޫމް" އާއި "ޒައްރޫކް" އެވެ.