Roadha Mihaaru
ތަފާތު އެއްޗަކަށް "ނޫންތަ؟" ރަނގަޅުވާނެ

ތަފާތު އެއްޗަކަށް "ނޫންތަ؟" ރަނގަޅުވާނެ

02 ނޮވެމްބަރ 2021

ރަވީ ފާރޫގް ޑައިރެކްޓްކޮށް، ބައިސްކޯފުން ގެނެސްދިން ކާމިޔާބު ސީރީޒް "އެހެނަސް" ގެ ވާހަކަ އާއި ސްކްރީންޕްލޭ ލިޔުނު އަހުމަދު އިގްބާލް (އައިކިއު) އާ މެދު މިހާރު ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. މުޖުތަމައުގެ ތެރޭގައި އާންމުކޮށް ނުދެކެވޭ ޓޮޕިކަކަށް ގެނެސްދިން އެ ސީރީޒްގެ ފަހުން ވަރަށް ގިނަ ބަޔަކު ހަމަ ޔަގީނުން ވެސް އޭނާގެ އިތުރު ބޮޑު މަސައްކަތެއް ފެންނާނެ އިރަކަށް އިންތިޒާރުކުރެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުފާވެރި ޚަބަރަކީ އާ ވެބް ސީރީޒަކާ އެކު އައިކިއު އަނެއްކާ ވެސް ބައިސްކޯފަށް އަންނަން ތައްޔާރު ވާހަކަ އެވެ. މި ފަހަރު ހަމައެކަނި އެއްޗެއް ލިޔުނީކީ ނޫނެވެ. މިއީ ލިޔެ، ޑައިރެކްޓް ވެސް ކޮށް ގެނެސްދޭ ވެބް ސީރީޒް "ނޫންތަ؟" އެވެ. ވަރަށް އަވަހަށް ސްޓްރީމް ކުރަން ފަށަން ހަމަޖެހިފައިވާ މި ސީރީޒްގެ ޓްރެއިލާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ގެނެސްދީފައި އޮތީ ވަރަށް މޮޑަންކޮށެވެ. މަންޒަރުތަކާ އެއްޗެހި ވަރަށް ވެސް ހިތްގައިމެވެ.

ޔަގީނުން ވެސް "ނޫންތަ؟" އަކީ އައިކިއުގެ ފޭނުންނަށް ގެނެސްދެވޭ ވަރަށް ހާއްސަ އަދި އަނެއްކާ ވެސް ތަފާތު އެއްޗަކަށް ވާނެ އެވެ. ފުރަތަމަ އެޕިސޯޑުން ކިޔައިދޭނީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. މީގެ މައިގަނޑު ތަރިންނަކީ މިހާރު އެންމެ ވިދާ އެއް ބަތަލާ ކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު އާސިމްގެ އިތުރުން އަރަމުން އަންނަ އެކްޓަރު އަދުހަމް އެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި "ނޫންތަ؟" ގައި ނުޒޫ ކުޅެފައިވާ ސަނާގެ ކެރެކްޓާ އަކީ ފިލްމު ހަދާ މީހެއްގެ ރޯލެވެ. މި މަސައްކަތުގެ ތެރެއިން މީގައި ފެނިގެން ދާނީ އޭނާ ހަޔާތަށް އާސިމް (ސާނިމް) އާއި އަދުހަމް (އިޖާޒް) އައުމުން ކުރިމަތިވާ ލޯބީގެ ޑްރާމާގަނޑެކެވެ.

"ނޫންތަ؟" ގެނެސްދޭން ނިންމާފައި ވަނީ ހަ އެޕިސޯޑްގެ އެއްޗެއްގެ ގޮތުގަ އެވެ. އެކަމަކު އަދި ސްޓްރީމް ކުރަން ފަށާނެ އިރެއް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މިއީ ދިވެހި ވެބް ސީރީޒްތަކަށް ލޯބިކުރާ މީހުން އުފާކޮށްދޭ ވަރުގެ އެއްޗަކަށްވާނެ ކަމުގެ އުންމީދު ވަރަށް ވެސް ބޮޑެވެ.