Roadha Mihaaru
މޮސޫލް: އިރާގުގައި އައިއެސްގެ އެންމެ މުހިންމު ސިޓީ

މޮސޫލް: އިރާގުގައި އައިއެސްގެ އެންމެ މުހިންމު ސިޓީ

17 އޮކްޓޯބަރ 2016

މޮސޫލް (އޮކްޓޯބަރު 17) - މީގެ ދެ އަހަރު ކުރިން އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަތުލައިގަތް އިރާގުގެ މޮސޫލް އަކީ އަރަބިންނާއި ކުރުދީން އަދި ކްރިސްޓިއަނުން ވެސް ނިސްބަތްވާ ސިޓީއެކެވެ. އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށުން ހިފުމުގެ މުހިންމު އޮޕަރޭޝަން މިއަދު ވަނީ ފަށައިފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިރާގުގެ ސުންނީން ގިނަ އަދަދަކަށް އުޅޭ މޮސޫލް އައިއެސްގެ ބާރުގެ ދަށަށް ގެންދިޔަ އިރު އެ ސިޓީގެ އާބާދީ އަކީ ދެ މިލިއަން ކަމަށްވެ އެވެ. މިއީ އައިއެސް އަށް މުހިންމު ސިޓީ އެވެ. ޖޫން، 2014 ގައި އައިއެސްގެ ޚިލާފަތު އިއުލާން ކުރި މޮސޫލްގެ އާބާދީ މިހާރު ވަނި މިލިއަނަކަށް ދަށްވެފަ އެވެ. އދ. އިން ވަނީ މޮސޫލް ހިފުމުގެ ހަނގުރާމައިގައި އެއް މިލިއަން މީހުންނަށް އަސަރު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި 1.5 މިިލިއަން އާއްމުން ހާލުގައި ޖެހޭނެ ކަމަށް ވަނީ އިންޒާރުކޮށްފަ އެވެ.

މޮސޫލްގެ ދެކުނުން 45 ކިލޯ މީޓަރު ދުރުގައި އޮންނަ އަލް ޝޫރާހުގައި އިރާގު ސިފައިންގެ ޓޭންކްތައް ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

މޮސޫލްގެ ދެކުނުން 45 ކިލޯ މީޓަރު ދުރުގައި އޮންނަ އަލް ޝޫރާހުގައި އިރާގު ސިފައިންގެ ޓޭންކްތައް ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

މޮސޫލް އަކީ ސީރިއާގެ ސަރަހައްދީ ރޮނގު ޚާއްސަކޮށް ސީރިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހަލަބާ ގުޅުވާލަދޭ މަގުތައް ކޮންޓްރޯލް ކުރާ މުހިންމު ސިޓީ އެވެ. މޮސޫލް އާ ގުޅިފައިވާ މަގުތައް ވަނީ ތުރުކީ އާއި ބަޣުދާދާ ވެސް ގުޅިފަ އެވެ. މޮސޫލްގެ މައިގަނޑު ވިޔަފާރި އަކީ ފޮއްޗާއި ކާބޯތަކެއްޗެވެ. މޮސޫލް އަކީ ކޮޓަން އުފެއްދުމަށް ވެސް މަޝްހޫރު ސިޓީއެކެވެ.

ނިނެވާހު ޕްރޮވިންސްގެ ވެރިރަށް މޮސޫލް އޮންނަނީ ބަޣުދާދުގެ އުތުރުން 220 މޭލު ދުރުގަ އެވެ.

މޮސޫލް ހިފުމަށް އިރާގު ސިފައިންގެ ޓޭންކްތައް އެ ސިޓީ އަށް ދަތުރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

މޮސޫލް ހިފުމަށް އިރާގު ސިފައިންގެ ޓޭންކްތައް އެ ސިޓީ އަށް ދަތުރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

އައިއެސް އިން މޮސޫލް އަށް ވަން އިރު އެ ސިޓީގައި 35،000 ކްރިސްޓިއަނުން އުޅުނު ކަމަށްވެ އެވެ. އެ މީހުންނަށް އައިއެސް އިން ވަނީ އިސްލާމްވުމަށް ނޫނީ ޓެކްސް ދައްކައިގެން ތިބުމަށް އަންގައިފަ އެވެ. ނޫނީ މޮސޫލް ދޫކޮށް ދިއުމަށް ވަނީ މަޖްބޫރުކޮށްފަ އެވެ. ނަތީޖާއަކީ މޮސޫލްގެ ހުރިހާ ކްރިސްޓިއަނުން އެ ސިޓީ ދޫކޮށް ދިއުމެވެ.

މޮސޫލް އަރަބިން ފަތަހަކުރީ 641 ވަނަ އަހަރު އެވެ. ބާރަ ވަނަ ގަރުނުގައި މޮސޫލްގެ މަދަނިއްޔަތާއި ތަހުޒީބު ކުރިއަރާ ދިއުމަށް ފަހު 1262 ވަނަ އަހަރު މޮންގޯލް ގަބީލާގެ އަތް ދަށަށް އެ ސިޓީ ދިޔަ އެވެ. އޭގެ ފަހުން ޕާސިއަންގެ އަތް ދަށަށް ދިޔަ އެވެ. މޮސޫލް އިރާގުގެ ދަށަށް ދިޔައީ 1920ގެ އަހަރުތަކުގައި އުސްމާނިއްޔަ ދައުލަތް ނުވަތަ ޓާކިޝް އެމްޕަޔާ ރޫޅުމާ ގުޅިގެންނެވެ.

އައިއެސްގެ އަތް ދަށުން މޮސޫލް ހިފުމަށް އިރާގު ސިފައިންގެ ޓޭންކްތައް އެ ސިޓީ އަށް ދަތުރުކުރަނީ. --ފޮޓޯ:އޭއެފްޕީ

އައިއެސްގެ އަތް ދަށުން މޮސޫލް ހިފުމަށް އިރާގު ސިފައިންގެ ޓޭންކްތައް އެ ސިޓީ އަށް ދަތުރުކުރަނީ. --ފޮޓޯ:އޭއެފްޕީ

އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭނުގެ ވެރިކަމުގައި މޮސޫލްގެ އާބާދީ ވަނީ ދެ މިލިއަނަށް އަރައިފަ އެވެ. މޮސޫލްގައި ސައްދާމަށް ވަފާތެރި ގިނަ ބަޔަކު ދިރިއުޅެ އެވެ. މި ސިޓީގެ ހުޅަނގުގައި އައިއެސްގެ ތާއީދު ބޮޑެވެ. އިރާގު ސިފައިން ފައްސާލުމަށް ފަހު އައިއެސް އިން ވަނީ މޮސޫލްގެ ސަގާފީ ތަންތަން ހަލާކުކޮށްފަ އެވެ. މޮސޫލްގެ ލައިބްރަރީގައި ހުރި އިހު ޒަމާނުގެ ފޮތްތަކާއި އާސާރީ ލިޔުންތައް ވަނީ އަންދާލައިފަ އެވެ. އަދި އެ ސިޓީގައި ހުރި ބުދުތައް ވަނީ ތަޅާ ސުންނާފަތިކޮށްލައިފަ އެވެ.