އޭ ލެވެލްގެ ސެޓްފިކެޓުތައް ލިބިފައިވާ ކަމަށާއި އަންނަ ހަފުތާގައި ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.
31 މެއި 2020
އޭ ލެވެލްގެ ސެޓްފިކެޓުތައް ލިބިފައިވާ ކަމަށާއި އަންނަ ހަފުތާގައި ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޭ ލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް ލިބިފައިވާ ކަމަށެވެ. އޯ ލެވެލް ސެޓްފިކެޓުތައް ވެސް ހުރީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އަންނަ ހަފުތާގައި ސެޓްފިކެޓުތައް ފޮނުވަން ފެށި ކަމުގައި ވިއަސް، ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރަށް އައިސްފައިވާ ގޮންޖެހުންތަކާ ހެދި އެ އެއްޗެހިތައް ލިބުން ލަސްވެދާނެ ކަމަށެވެ.
އެ ދެ އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް ނުލިބި ލަސްވެގެން ދިއުމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ ހެދި ބޯޑަރުތައް ބަންދުކޮށްފައި ހުރުމުން ރާއްޖެ އަށް ވެސް އެ ސެޓްފިކެޓުތައް ނުލިބޭ ކަމަށް މި މަހުގެ 21 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އޭރު މިނިސްޓްރީން ބުނީ ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސި ވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުންކޮށްފައިވުމުން ވެސް ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެ ނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވޭނެ ކަމަށެވެ. އެ ނަތީޖާ ކަށަވަރުކުރަން އިތުރު ލިޔުމެއް ބޭނުންވާ ނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އަށް [email protected] އަށް މެއިލަކުން އެދެވޭނެ އެވެ.
އޭލެވެލްގެ ގުރޭޑް ތްރެޝްހޯލްޑް އާންމުކުރަން ފަށައިފި
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން
ކަރަންޓީނުކޮށްފައިވާ ދަރިވަރުން އިމްތިހާނު ހަދާނީ ވަކިން
އޯލެވެލް އާއި އޭލެވެލް ޖޫން/ ޖުލައި މަހު
އޯލެވެލް ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވަން ފަށައިފި
"ބޯޑަރުތައް ބަންދުކޮށްފައިވާތީ ސެޓްފިކެޓު އަދި ނުލިބޭ"
"ބައިނަލްއަގުވާމީ އިމްތިޚާނަށް އަސަރެއް ނުކުރާނެ"
އިނގިރޭސިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
ފުރަތަމަ ފަހަރަށް ކެޔޮދޫ ކުދިން އޭލެވެލް ގަދަ 10ގައި
އޭ ލެވެލްގައި ޖަލާލުއްދީން ސްކޫލަށް ރަން އަހަރެއް