Roadha Mihaaru
ކުރީގެ ދެ ސިލްސިލާއެއް މިރޭ ސޮނީ ޓީވީ އަށް

ކުރީގެ ދެ ސިލްސިލާއެއް މިރޭ ސޮނީ ޓީވީ އަށް

01 ޖޫން 2020

ލޮކްޑައުނާ އެކު އިންޑިއާގެ މުނިފޫހި އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި އާ އުފެއްދުންތައް ނުގެނެސްދެވޭތީ ސޮނީން ޓީވީން އެ ޗެނެލުން ކުރިން ގެނެސްދިން މަގުބޫލު ދެ ސިލްސިލާއެއް އަލުން މިރެއިން ފެށިން ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޮކްޑައުނާ އެކު އިންޑިއާގެ މުނިފޫހި އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި އާ އުފެއްދުންތައް ނުގެނެސްދެވޭތީ ސޮނީން ޓީވީން އެ ޗެނެލުން ކުރިން ގެނެސްދިން މަގުބޫލު ދެ ސިލްސިލާއެއް އަލުން މިރެއިން ފެށިން ގެނެސްދޭން ނިންމައިފި އެވެ.

އަލުން ގެނެސްދޭން ހަމަޖެހިފައި ވަނީ "ބަޅޭ އައްޗޭ ލަގްތޭ ހޭ" އާއި "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" އެވެ.

މި ދެ ސިލްސިލާގެ ތެރެއިން އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" އަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރާމް ކަޕޫރާއި ސާކްޝީ ތަންވަރް ލީޑް ރޯލް ކުޅުނު ސިލްސިލާއެވެ.

އެ ސިލްސިލާ ސޮނީން ގެނެސްދިނީ މެއި 30، 2011 އިން ޖުލައި 10، 2014 އަށެވެ.

އެ މުއްދަތުގެ ތެރޭގައި "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ 644 އެޕިސޯޑް ގެނެސްދިނެވެ.

މި ސިލްސިލާ މި ރެއިން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 ގައި ގެނެސްދޭނެ އެވެ.

އަލުން ގެނެސްދޭން ނިންމި "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" ދެ ސީޒަނަކަށް ގެނެސްދީފައި އޮތް ސިލްސިލާއެކެވެ. މީގެ ތަރިންނަކީ ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ" ގެ އާ ސީޒަނުގައި ޕްރޭނާގެ ރޯލް ކުޅެމުން ދިޔަ އެރިކާ ފެނަންޑޭޒާއި ސްޓާ ޕްލަސްގެ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ބަތަލު ޝަހީރު ޝެއިހެވެ.

މި ސިލްސިލާގެ ފުރަތަމަ ސީޒަން ސޮނީން ގެނެސްދިނީ ފެބްރުއަރީ 29، 2016 އިން ނޮވެމްބަރު 27، 2017 އަށެވެ. އަދި ދެވަނަ ސީޒަން ގެނެސްދިނީ ސެޕްޓެމްބަރު 25، 2017 އިން ނޮވެމްބަރު 2، 2017 އަށެވެ.

ދެ ސީޒަނުގައި "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" ގެ 414 އެޕިސޯޑް ގެނެސްދިނެވެ.

މި ސިލްސިލާ މި ރެއިން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެ އަށް ރާއްޖެ ގަޑިން 9:00 ގައި ސޮނީން ގެނެސްދޭނެ އެވެ.