Roadha Mihaaru
އިންތިހާބުގައި އީސީގެ މައި މަރުކަޒަކީ ބާ ޖަމާލުއްދީން

ކައުންސިލް އިންތިހާބުގައި އީސީގެ މައި މަރުކަޒަކީ ބާ ޖަމާލުއްދީން

19 އޮކްޓޯބަރ 2016

ކުރިއަށް އޮތް ލޯކަލް ކައުންސިިލް އިންތިހާބުގެ ހުރިހާ ކަމެއް، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާނީ ޖަމާލުއްދީން ސްކޫލު ކުރިން ހިންގި އިމާރާތުގައި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރިއަށް އޮތް ލޯކަލް ކައުންސިިލް އިންތިހާބުގެ ހުރިހާ ކަމެއް، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާނީ ޖަމާލުއްދީން ސްކޫލު ކުރިން ހިންގި އިމާރާތުގައި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އިންތިހާބުގެ ކަންކަން އެ ކޮމިޝަނުން ކުރިއަށް ގެންދާނެ ތަނެއް ހަމަޖެއްސުމަށް، ހައުސިން މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި ކަނޑައެޅީ، ގައުމީ ޔުނިވަސިޓީގެ ބައެއް ފެކަލްޓީތައް ވެސް ކުރިން ހިންގި އެ އިމާރާތް ކަމަށެވެ.

ކުރީ އިންތިހާބުތަކުގައި އިލެކްޝަންސްގެ މައި އިދާރާގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަރުބާރުގެ އެވެ.

އަކުރަމް ވިދާޅުވީ މި ފަހަރު ދަރުބާރުގެ ހޯދަން އެ ކޮމިޝަނުން ނޭދޭ ކަމަށާއި ބާ ޖަމާލުއްދީން ހިޔާރު ކުރީ އެ ތަން ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

"ހައުސިން މިނިސްޓްރީން އަޅުގަނޑުމެން ބޭނުން ތަނެއް ހިޔާރު ކުރުމުގެ ފުރުސަތު ދިން. އެހެންވެ، ބާ ޖަމާލުއްދީން ބޮޑުވީމަ އަޅުގަނޑުމެންނަށް ކަންކަން ކުރިއަށް ގެންދަން ފަސޭހަވާނެތީ އެތަން ހިޔާރުކުރީ،" އަކުރަމް ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ 14ގައި ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދަން ރަށްރަށުގައި ފޯކަލް ޕޮއިންޓްތައް މީގެ ކުރިން ކަނޑައަޅަނީ އީސީން ނަމަވެސް އެ ބާރު މި ފަހަރު ވަނީ ކައުންސިލްތަކަށް ދީފަ އެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ފާސްކުރުމާ ގުޅިގެން ދެން އޮންނަ އިންތިހާބެއްގައި ރަށު އަދި އަތޮޅު ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭނީ 655 ކައުންސިލަރުންނެވެ. މިހާރު ތިބެނީ 1077 ކައުންސިލަރުންނެވެ،