Roadha Mihaaru
އަނިޔާކުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް

ހަތަރު ފުލުހުން އަނިޔާކުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް

16 ޖޫން 2020

ހަތަރު ފުލުހަކާ މެދު ފިޔަވަޅު އެޅީ ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް އަނިޔާކުރި މައްސަލައެއްގައި ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ހަތަރު ފުލުހަކާ މެދު ފިޔަވަޅު އެޅީ ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް އަނިޔާކުރި މައްސަލައެއްގައި ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ އޯގަސްޓު ފަސް ވަނަ ދުވަހު ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އެކެއްގެ ރޭންކު ދަށްކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވި އެވެ.

ފުލުހުން މީޑިއާ އޮފިޝަލް ފަހުން ވިދާޅުވީ، އެ ހަތަރު ފުލުހުންނާ މެދު ފިޔަވަޅު އެޅީ، ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް އަނިޔާ ކުރި މައްސަލައެއްގައި ކަމަަށެވެ. އެއީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭތީ ފުލުހުން ހޯދަމުން އައި މީހެކެވެ.

މާލޭގެ މަސްވެރިންގެ ޕާކު ސަރަހައްދުގައި ހުރި ސައިކަލެއް އެ މީހާ ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަނިޔާކޮށް، އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލުތައް މި ހަތަރު ފުލުހުން ހިންގާފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ފުލުހުންގެ މައްސަލަ ބެލީ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުންނެވެ. އެ ތަހުގީގަށް ފަހު، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމުން އެ ބޯޑުން ނިންމި ގޮތުގެ މަތިން އެ ހަތަރު މީހުންނާ މެދު ފިޔަވަޅު އެޅީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން މީޑިއާ އޮފިޝަލް ފަހުން ވިދާޅުވީ، އެ ހަތަރު ފުލުހުންނާ މެދު ފިޔަވަޅު އެޅީ، ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް އަނިޔާ ކުރި މައްސަލައެއްގައި ކަމަަށެވެ. އެއީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭތީ ފުލުހުން ހޯދަމުން އައި މީހެކެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ހަތަރު މީހުންނަށް ވެސް އޮންނާނެ އެވެ. އެގޮތުން އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް އެ ކަމަށް ލިބިދެވޭނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ދައުރަކީ އިދާރީ ތަހުގީގެއްގެ ތެރެއިން، ޖިނާއީ ކަމެއް ހިމެނޭކަން ފާހަގަވެއްޖެ ނަމަ އެ މައްސަލައަކާ ގުޅޭ ޑިޕާޓްމަންޓަކަށް ފޮނުވައިގެން ޖިނާއީ ތަހުގީގު ހިންގުމެވެ.

ފުލުހުންގެ ތެރޭގައި މީގެ ކުރިން ވެސް އަނިޔާ ކުރުމުގެ މިފަދަ މައްސަލަތައް ފެންމަތިވެފައި ވާއިރު، އެކަންކަމަށް މާބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ކަންކަން ހުއްޓުވައި ފުލުހުންގެ އިދާރާއަކީ އިތުބާރު ހިފޭ ހަރުދަނާ ތަނަކަށް ހަދައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރާ ބަޔަކަށް ފުލުހުން ހެދުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.