Roadha Mihaaru
ލޯކަލް މާރުކޭޓު ހުޅުވަން ތައްޔާރުވަނީ

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ހުޅުވަން ތައްޔާރުވަނީ

19 ޖޫން 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް، މީހުން އެއްވެ އުޅުން މަދުކުރުމަށް އެޅި ފިޔަވަޅުތަކުގައި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ބަންދުކުރުމަށް ފަހު، އަންނަ މަހު އެ ތަންތަން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އިން ރައްކާތެރިވުމަށް، މީހުން އެއްވެ އުޅުން މަދުކުރުމަށް އެޅި ފިޔަވަޅުތަކުގައި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ބަންދުކުރުމަށް ފަހު، އަންނަ މަހު އެ ތަންތަން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލުން ބުނީ ދަތުރުވެރިންގެ މާރުކޭޓު "ނިއު ނޯމަލް" އަށް ތައްޔާރު ކުރެވިފައި ހުރި ނަމަވެސް ލޯކަލް މާރުކޭޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން އެތަން ސާފުކުރުމާއި އެޗްޕީއޭގެ ގަވާއިދަށް ފެތޭ ގޮތަށް ސޯޝަލް ޑިސްޓެންސް ބަހައްޓަން ނިޝާންތައް ކުރެހުން ހިމެނޭ ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލުން ކުރި ޓްވީޓެއް--

ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު ވެސް ހުންނަނީ ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށް ނިޝާންތައް ކުރަހައިފަ އެވެ. އަދި ދެ ގޮޅި ދޭތެރޭގައި ވެސް އެކަށީގެންވާ ދުރުމިން ހުރެ އެވެ. އެހެންވެ އެ މާރުކޭޓަށް މާ ބޮޑު ބަދަލުތަކެއް ގެންނާކަށް ނުޖެހޭނެ އެވެ.

މި ދެ މާރުކޭޓު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި އެޗްޕީއޭގެ ގަވައިދުވައިވާ ގޮތަށް، މަގުމަތިން އެތަނަށް ވަންނަ މީހުންނާއި ވިޔަފާރިވެރިން އަމަލު ކުރަން ޖެހޭ އުސޫލެއް ކަނޑަ އަޅަން ޖެހެ އެވެ. މި އުސޫލު ކަނޑައެޅުމުގެ ކަންކަން ކުރިއަށްދާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކޮވިޑް-19 އުޅޭތީ، މަގުމައްޗަށް ނުކުމެ އުޅޭއިރު އަދި ހާއްސަކޮށް ބަންދު ތަންތަނަށް ވަންނަ އިރު މާސްކު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ. އަދި އެކަކު އަނެކަކު ގައިގޯޅިނުވެ، ސޯޝަލް ޑިސްޓެންސިން ބަހައްޓަން އެދެ އެވެ.