Roadha Mihaaru
ނާސްތާއަށް ދޭ ކިރު ޕެކެޓްތައް ދަރިވަރުންނަށް ބަހަނީ

ނާސްތާ އަށް ގެނައި ކިރު ޕެކެޓްތައް ދަރިވަރުންނަށް ބަހަނީ

23 ޖޫން 2020

ދަރިވަރުންގެ ހެނދުނުގެ ނާސްތާއަށް ގެނައި ކިރު ޕެކެޓުތައް ދަރިވަރުންނަށް ބަހަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންގެ ހެނދުނުގެ ނާސްތާއަށް ގެނައި ކިރު ޕެކެޓުތައް ދަރިވަރުންނަށް ބަހަން ފަށައިފި އެވެ.

ސަރުކާރުގެ އެންމެ މުހިއްމު ވައުދުގައި ހިމެނޭ، ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށީ މިިދިޔަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކުގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖުލައި 1 ގައި ސްކޫލުތައް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

ސްކޫލުތައް އަލުން ހުޅުވާލި ކަމުގައި ވިއަސް ނާސްތާއެއް ނުދޭނެ އެވެ. އެހެންވެ ގެއިން ދަރިވަރުން ސައި ބޮއެގެން ދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލޭގެ ބައެއް ސްކޫލުތަކުން މިހާރު ވަނީ، ކިރު ޕެކެޓުތަކާ ހަވާލުވާން ބެލެނިވެރިންނަށް އަންގައިފަ އެވެ. އޭގެ ތެރޭގައި ޖަމާލުއްދީން ސްކޫލު ހިމެނެ އެވެ. ރަށްރަށުގެ ބައެއް ސްކޫލުތަކުގައި ވެސް ދަރިވަރުންނަށް ކިރު ޕެކެޓު ބަހާފައިވެ އެވެ.

އެ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ލިއުމެއްގައި، ކުރިއަށް އޮތް ދެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ދަރިވަރުންނަށް ކިރު ޕެކެޓު ދޫކުރަން ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ކޮންމެ ދަރިވަރަކަށް 30 ޕެކެޓް ދޫކުރާނެ ކަމަށާއި އެ އެއްޗެހި ބަލައި ދާއިރު ކޮތަޅު ނުވަތަ ދަބަސް ހިފައިގެން ދިއުމަށް އެދިފައިވެ އެވެ.

އެހެން ސްކޫލުތަކަށް ވެސް އެސްޓީއޯއިން ވަނީ ކިރު ޕެކެޓުތައް ހަވާލުކުރާނެ ކަމަށް އަންގައިފަ އެވެ. ދަރިވަރުންގެ ނާސްތާއަށް ބޭނުންވާ "ޑެވޮންޑެލް" ކިރު ފޯރުކޮށްދެމުން އަންނަނީ އެސްޓީއޯއިންނެވެ.