Roadha Mihaaru
އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރު ދެނީ

އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރު ދޭން ނިންމައިފި

27 ޖޫން 2020

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

އޭޑީބީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދޭން ނިންމީ 25 މިލިއަން ޑޮލަރުގެ ލޯނަކާއި 25 މިލިއަން ޑޮލަރުގެ ހިލޭ އެހީ ކަމަށެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން ކަނޑައެޅި 20 ބިލިއަން ޑޮލަރުގެ ޕްރޮގްރާމްގެ ތެރެއިން ދޭ އެހީއެއް ކަމަށް ވެސް އޭޑީބީން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން އެ އެހީގެ ސަބަބުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމް ގާއިމްކޮށް، ޓެސްޓް ކުރެވޭ މިންވަރު ދުވާލަކު 800 އަށް އިތުރު ކުރުމާ އެކު ފަރުވާ ދެވޭނެ އިތުރު ވަސީލަތްތައް ގާއިމްކުރެވޭނެ އެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީވާން ސަރުކާރުން ހިންގާ ޕްރޮގްރާމަށް ވެސް އޭގެ ސަބަބުން އިތުރު އެހީތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން އޭޑީބީން ވަނީ ކޮވިޑް-19 އާ ގުޅިގެން 500،000 ޑޮލަރުގެ ހިިލޭ އެހީއެއް ރާއްޖެއަށް ދީފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓި، ރިސޯޓްތައް ބަންދު ކުރުމުން އިިގްތިސާދަށް އޭގެ ނުބައި އަސަރުކޮށް، ދައުލަތުުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެހެންވެ، ބޭރުގެ މާލީ އިދާރާތަކުގެ ހިލޭ އެހީ އާއި ލޯނު ހޯދަން ރާއްޖެއިން އަންނަނީ މަސައްކަތްކުރަމުންނެވެ.