Roadha Mihaaru
ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި

05 ޖުލައި 2020

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ދެ މަހަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ދެ މަހަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ މެޖިސްޓްރޭޓް މުލްހާއާ މެދު އެ ކޮޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެ މައްސަލަ ތަހުގީގު ކުރަމުންދާ މުއްދަތުގައި އޭނާ މަސައްކަތަށް ނިކުންނަ ނަމަ ތަހުގީގަށް އެޅިދާނެ ހުރަސްތަކަށް ރިއާޔަތްކޮށް، އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ.

ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުގައި މެޖިސްޓްރޭޓް މުލްހާއާ ބެހޭ ގިނަ މައްސަލަތަކެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެގޮތުން ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާ އެކު، ފަނޑިޔާރަކު ބާއްވަން ނުޖެހޭ ގުޅުންތައް ބޭއްވުމާއި ޖިންސީ ގޯނާގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު އެހެން މެޖިސްޓްރޭޓަކު އިތުރު ކޮށްފައި ވަނިކޮށް އެ އަމުރު މުރާޖާކުރި މައްސަލަ އަކާއި ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވުމުގެ އިތުރުން ފުލުހުން ހިންގި ތަހުގީގަކަށް ހުރަސް އަޅައި، ހެކި ނައްތާލަން މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ހިމެނޭ ކަމަށް ޖޭއެސްސީން ކުރިން ބުނެފައިވެ އެވެ.

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓަކު ސަސްޕެންޑް ކުރިއިރު، ގިނަ އަދަދެއްގެ ފަނޑިޔާރުން މައްސަލަ ޖޭއެސްސީން މިހާރު ވެސް ދަނީ ބަލަމުންނެވެ. އަދި ބައެއް މައްސަލަތަކުގައި ފަނޑިޔާރުން ވަކިކުރަން ވެސް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ.