16 ޖުލައި 2020
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ގާއިމުކުރާ ހަތް ފެސިލިޓީގެ ތެރެއިން ށ. ފުނަދޫ އާއި ބ. އޭދަފުށީ ފެސިލިޓީ މިރޭ ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ގާއިމުކުރާ ހަތް ފެސިލިޓީގެ ތެރެއިން ށ. ފުނަދޫ އާއި ބ. އޭދަފުށީ ފެސިލިޓީ މިރޭ ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އޮންލައިންކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ މިހާތަނަށް ކޮވިޑް-19 ގެ ބަލި މީހުންނަށް ރާއްޖޭގައި ފަރުވާ ދެމުން އައީ ހަމައެކަނި މާލޭގައި ކަމަށާއި ނަމަވެސް މިރޭ ހުޅުވި ދެ ފެސިލިޓީއާއެކު އަތޮޅުތެރޭގައި ވެސް ފަރުވާ ލިބެން ފަށާނެ ކަމަށެވެ. ފުނަދޫ އާއި އޭދަފުށީ ފެސިލިޓީގައި ވެސް 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ހުންނާނެ ކަމަށް ނަޔާޒް ވިދާޅުވި އެވެ.
"މިއަދު ހުޅުވިގެން މިދާ ފެސިލިޓީތަކަކީ އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް މާލެ ނައިސް ކޮވިޑް-19އަށް ފަރުވާ ދިނުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެ،" ނަޔާޒް ވިދާޅުވި އެވެ.
ފެށޭ ހަފްތާގެ ތެރޭގައި ލ. ގަމާއި ގއ. ވިލިނގިލީގެ އިތުރުން އައްޑޫ ހިތަދޫގައި ވެސް ފެސިލިޓީތައް ހުޅުވޭނެ ކަމަށް ނަޔާޒް ވިދާޅުވި އެވެ.
ށ. ފުނަދޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ: އަތޮޅުތެރޭ ކޮންމެ ފެސިލީޓީއެއްގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ހުރޭ-- ފޮޓޯ: ހެލްތް މިނިސްޓްރީ
ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި އެ މީހުންނާ ދިމާވި މީހުން އެކަހެރި ކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ނުކުރާހާ ރަނގަޅަށް ރާއްޖޭން އަމަލު ކޮށްފައިވާ ކަމަށެވެ.
"އެންމެ ތަހުޒީބު ގައުމުތަކުގައި ވެސް ޕޮޒިޓިވްވާ މީހުން ވެސް ތިބެނީ އެ މީހުންގެ ގޭގައި އައިސޮލޭޓް ކޮށްފައި. އަދި ޕްރައިމަރީ ކޮންޓްރެކްޓްވާ މީހުން ވެސް ވަކި ތަނެއްގައި ކަރަންޓީން ކޮށްފައެއް ނުވޭ. އާއްމު ގޮތެއްގައި ދުނިޔޭގެ އެހެން ތަންތަނުގައި ބަލި ވެގެން ހޮސްޕިޓަލަށް ގެންދަން ވީމައި އެކަނި އެހެން ތަނަކަށް ގެންދަނީ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިން އަންދާޒާކުރިވަރާ އަޅާބަލާއިރު ބަލި ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ސަރުކާރުން ކުރިއާލާ އެޅިފިޔަވަޅުތަކާއެކު އާއްމުންގެ ތެރޭގައި ބަލި ފެތުރުމުގެ ކުރިން އަތޮޅުތެރޭގައި ވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފެއްޓެވި ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އުޅުނު މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އަންހެނުން ކަމަށެވެ. އަދި ވޮލަންޓިއާ ޑޮކްޓަރުންގެ ތެރޭގައި ވެސް ގިނައީ އަންހެނުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން ކޮވިޑް-19 އިން އަރައިގަތުމަށް އަންހެނުންގެ ދައުރު ބޮޑު ކަމަށް ވެސް އަސްލަމް ވިދާލުވި އެވެ.
އަސްލަމް ވިދާޅުވީ ކުރިން ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ ތެރެއިން ދިވެހީންގެ ޕަސެންޓަކީ 34 ކަމަށެވެ. ނަމަވެސް ލޮކްޑައުންއަށް ދިން ލުއިތަކާއެކު އެ އަދަދު 70 ޕަސެންޓާއި 98 ޕަސެންޓާ ދޭތެރެއަށް އިތުރު ވެފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އާންމު ދިރިއުޅުމުގައި ވިސްނާލަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ށ. ފުނަދޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ pic.twitter.com/DKdEHSkL4X
— Ministry of Health (@MoHmv) July 16, 2020
ފުނަދޫ ކޮވިޑް ފެސިލިޓީ
"މިކަމަށް ފަރުވާ ކުޑަކުރެވިއްޖެ ކަމަށް ވަންޏާ މިބަލި އަޅުގަނޑުމެންނަށް ދުލެއް ނުދޭނެ. މީގެ ހިތާމަ އަޅުގަނޑުމެން ކުރަން ޖެހޭނެ. މިކަމުގައި ޑޮކްޓަރުންގެ އިރުޝާދާއި ލަފާ އަޑު އެހުމަކީ ވަރަށް މުހިންމު ކަމެއް. ބައްޔަށް ވެކްސިނެއް ލިބި، ބަލީގެ ފަރުވާއެއް ހޯދެންދެން އަޅުގަނޑުމެން އެބަ ޖެހޭ ރަނގަޅަށް ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އުޅެމުން ގެންދަން،" އަސްލަމް ވިދާޅުވި އެވެ.
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ސީނިއާ ޑރ. އަލީ އަބްދުﷲ ލަތީފް ވިދާޅުވީ މިރޭ ހުޅުވުނު ދެ ފެސިލިޓީއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ ގިނަ މީހުންގެ ފަރާތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިނުވާ ކަމަށާއި އެހެންކަމުން ގިނަ ކޭސްތައް އަތޮޅު ފެންވަރުގައި މެނޭޖް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެސިލިޓީތަކެއް ހެދުމާއެކު ގިނަ ބަޔަކު ޓެސްޓް ކުރަން އެދޭނެ ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވެގެން ޓެސްޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަލީ ލަތީފް އެދިލެއްވި އެވެ. އެގޮތުން ކޮވިޑް-19ގެ ޓެސްޓް ކިޓްތައް މަދު ނުވާނެ ވަރަށް ބަލައިގެން ޓެސްޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިލެއްވި އެވެ.
"ޓެސްޓް ކުރާއިރު ވަރަށް ކެއާފުލްކޮށް ކޮންމެހެން ޓެސްޓް ކުރަން ޖެހޭ މީހުން ނޫނީ ޓެސްޓް ނުކުރަން [އެދެން].،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ސްޕެޝަލިސްޓް ޑރ. މޫސާ ހުސައިން ވިދާޅުވީ ކޮވިޑް-19 ގައި ސީރިއަސް ހާލަތަށް ދާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަތޮޅުތެރޭގައި ހުޅުވާ ފެސިލިޓީތަކާއެކު އެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"އެއީ ހައި އޮކްސިޖަން ޑިމާންޑަކާއި ދަތުރުފަތުރު ކުރަން އުނދަގޫވުމުގެ ސަބަބުން ކޮންމެ މީހަކީ މާލެ ގެނެވޭނެ މީހެއް ވެސް ނޫން. ގެންނަން ވެސް އުނދަގޫ ވާނެ. މާލޭގައި ވެސް އެއްތަނުން އަނެއް ތަނަށް ޓްރާންސްފާ ކުރުމަކީ އަޅުގަނޑުމެންނަށް ބަލީގެ ހާލަތުގެ ސަބަބުން ކުރަން ވަރަށް އުނދަގޫ ކަމަކަށް ވެފައި މިއޮންނަނީ،" ޑރ. މޫސަ ވިދާޅުވި އެވެ.
އަތޮޅުތެރޭގައި ހުޅުވާ ފެސިލިޓީތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާ މާލޭގައި ތިބި ޑޮކްޓަރުންނާ ގަވައިދުން ވާހަކަ ދައްކައި މަޝްވަރާ ކުރާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްގެން ފުރަތަމަ ފެސިލިޓީއެއް ގާއިމް ކުރީ ހުޅުމާލޭގަ އެވެ. ގާތްގަނޑަކަށް 300 އެއްހާ މީހުންގެ ޖާގައިގެ އެ ފެސިލީޓީގައި މިހާރު ބާކީ ހުރީ މަދު އެނދެއް ކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ.
އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ: އަމީން
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި
ލުއިތައް އަނބުރާ ގެންދަން ޖެހިދާނެ ކަމުގެ އިޝާރާތެއް
މާސްކު މަޖުބޫރު ނުކުރަންވީ ސަބަބެއް ނެތް: އަމީން
ޔުނިވާސަލް އިން ޕީސީއާރް ދެ މެޝިން ހަދިޔާކޮށްފި
ގިނަ ބަޔަކު ޕޮޒިޓިވްވުމާ އެކު މިނިސްޓަރުގެ އިންޒާރު!