Roadha Mihaaru
އޮމްބަޑްސްޕާސަންއަށް ނިއުމާތު އައްޔަން ކުރަން ފާސްކޮށްފި

އޮމްބަޑްސްޕާސަން އަށް ނިއުމާތު އައްޔަން ކުރަން ފާސްކޮށްފި

20 ޖުލައި 2020

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގު، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގު، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ ނިއުމާތު އައްޔަނުކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވުމުން އޭނާގެ ނަން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

އޭނާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނއުމާތު، ހަވާލުވެ ވަޑައިގަންނަވަނީ އުނދަގޫ މަސައްކަތަކާ ކަމަށާއި ނަމަވެސް މަޖިލިސް މެމްބަރުންގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށެވެ.

"ޔަގީންކަން އަރުވަން ބޭނުން ނިއުމާތު ތިޔަ ކުރައްވާ މަސައްކަތުގައި އަޅުގަނޑުމެންނަށް ވެދެވެން އޮތް އެހީތެރިކަމެއް އަޅުގަނޑުމެން އަރުވަމުން ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓިން ނިންމައިފައި ވަނީ ގާނޫނުގައި ބުނާ ޝަރުތުތައް ނިއުމާތުގެ ހަމަވާ ކަމަށެވެ. އޭނާއާ ގުޅޭގޮތުން ޝަކުވާ ކުރަން ހުށަހެޅުމުން އެއްވެސް މީހަކު ކޮމެޓީ އަށް ޝަކުވާ ހުށަހަޅައިފައެއް ނުވެ އެވެ. އެހެންކަމުން އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީ އަށް ފާހަގަ ކުރެވުނު ކަންކަން

• ނިއުމާތު އަކީ ވަކި ފަރާތަކަށް ނުޖެހި، މިނިވަންކޮށް މަސައްކަތް ކުރައްވާނެ ބޭފުޅެއްކަން

• އޭނާއާ ހަވާލު ކުރި މަސައްކަތްތައް މިހާތަނަށް ވަރަށް ފުރިހަމައަށް އަދާކުރައްވާފައިވޭ

• ރާއްޖޭގައި ޕްރީ ސްކޫލްތައް ގާއިމު ކުރުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި

• ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ފަރާތްތަކުގެ މަސައްކަތްތައް ވަރަށް ގާތުން ބެއްލެވި

ނިއުމާތު ވަނީ މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާ ކަން ކުރައްވައިފަ އެވެ. އަދި ކުޑަކުދިންނަށް ކިޔަވައި ދެއްވުމަށް ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރެއްވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށްފައި ވަނީ މިދިޔަ އަހަރެވެ. އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަނުކުރާ މީހަކަށް 35،000 ރުފިޔާގެ މުސާރައެއް ދޭން ރައްޔިތުންގެ މަޖިލިހުން ވަނީ މިދިޔަ މޭ މަހު ފާސްކޮށްފަ އެވެ.