ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ދަށްވެފައި ވަނިކޮށް ބިދޭސީން މަސައްކަތްތެރިން އެ މީހުންގެ ގައުމަށް ފޮނުވަން ފަށައިފައިވާތީ އެކިއެކި މަސައްކަތްތައް ކުރުމަށް، ގައިދީނަށް މާފުދީ އެ މީހުން ނެރުމަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހުށަހަޅުއްވައިފި އެވެ.
28 ޖުލައި 2020
ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ދަށްވެފައި ވަނިކޮށް ބިދޭސީން މަސައްކަތްތެރިން އެ މީހުންގެ ގައުމަށް ފޮނުވަން ފަށައިފައިވާތީ އެކިއެކި މަސައްކަތްތައް ކުރުމަށް، ގައިދީނަށް މާފުދީ އެ މީހުން ނެރުމަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހުށަހަޅުއްވައިފި އެވެ.
ޖާބިރުގެ ގަރާރުގައި ބުނެފައި ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދާ ގައިދީންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތަކަށް ހުކުމް ކޮށްފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް އަފޫއާއްމެއް ދިނުމަށެވެ. އެ މީހުންނަށް މާފްދީ އެކިއެކި މަސައްކަތްތައް ކުރުމަށް ނެރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
މާފު ނުދޭންވީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި އޭނާ ހިމަނުއްވާފައި ވަނީ ކުޑަކުދިންނާއި ބެހުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މީހުން މެރުމެވެ.
"ދިވެހި އިގުތިސާދު އިއާދަކުރުމުގެ މަސައްކަތްތައް ކުރުމަށް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ، މަތީގައި ބަޔާން ކުރެވިފައިވާ ގައިދީން އިސްތިސްނާ ވާނެ ގޮތުގެ މަތީން، ބާކީތިބި ގައިދީން ދޫކޮށްލުމުގެ އަފޫއާއްމެއް ނެރެދެއްވުމަށް ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމު ކުރުމަށް ގޮވާލަން،" ގަރާރުގައިވެ އެވެ.
އެ ގަރާރު މިއަދު ހުށަހެޅުއްވި ނަމަވެސް މިއީ ބަންދު ދުވަސްތަކެެއް ކަމުން މަޖިލީހުގެ ޖަލްސާއެއް މި ހަފްތާގައި ނުބާއްވާނެ އެވެ. އެހެން ކަމުން އެ ގަރާރު މަޖިލީހަށް ބަލައިގަތުމާމެދު ގޮތެއް ނިންމާނީ ކޮން ދުވަހަކުން ކަމެއް އަދި ނޭނގެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އޭގެ ތެރެއިން އެތައް ބަޔަކު އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާއިރު އިތުރު ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އަމިއްލަ މުސާރައާ ޖެހުމުން އިގުތިސާދެއް ނުފެނޭ؟
ބިދޭސީންގެ ނުސީދާ ވިޔަފާރި ހުއްޓުވާ ބިލު ފާސްކޮށްފި
ދީނީ މިނިވަންކަން ދޭން ޖާބިރު ގޮވާލި މައްސަލަ ބަލަނީ
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް ފަށަނީ
އެފްޓީއޭ ތަންފީޒުނުވަނީ "ޕަވަސްޓްރަގުލް"އާ ހެދި:ސައީދު
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ
މައުމޫންގެ ޓުވީޓާއެކު، ނަޝީދު ރަތަށް
ބަރުލަމާނީ ނިޒާމު ގެންނަން ޖާބިރު ހުށަހަޅުއްވަނީ
ޝާހިދަށް ފުރިހަމަ އިތުބާރު އެބައޮތް: ނަޝީދު