Roadha Mihaaru
"ނާގިން 5" ފެށުން އާދީއްތަ ދުވަހުގެ ރޭ

"ނާގިން 5" ފެށުން އާދީއްތަ ދުވަހުގެ ރޭ

07 އޯގަސްޓް 2020

ކަލާޒް އިން މިހާރު ގެނެސްދޭ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ހަތަރު ވަނަ ސީޒަން އަންނަ ހޮނިހިރު ދުވަހުގެ ރޭ ނިންމާލައި، އާދީއްތަ ދުވަހުގެ ރޭ "ނާގިން 5" ދައްކަން ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް އިން މިހާރު ގެނެސްދޭ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ހަތަރު ވަނަ ސީޒަން އަންނަ ހޮނިހިރު ދުވަހުގެ ރޭ ނިންމާލައި، އާދީއްތަ ދުވަހުގެ ރޭ "ނާގިން 5" ދައްކަން ފަށަން ނިންމައިފި އެވެ.

އެކްތާ ކަޕޫރްގެ ބަލާޖީ ގެނެސްދޭ ސިލްސިލާގެ އާ ސީޒަން އާދީއްތަ ދުވަހުގެ ރޭ ފަށާކަން ކަލާޒުން ވަނީ ޕްރޮމޯއާ އެކު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. "ނާގިން 4" ނިންމައިލާ އިރު، މީގެ މައިގަނޑު ތަރިންނަކީ މިހާރު ނިއާ ޝަރުމާ އާއި ވިޖެޔަންދުރަ ކުމޭރިއާގެ އިތުރުން ރަޝްމީ ދެސާއީ އެވެ.

"ނާގިން 5" ގެ ތަރިންނަކީ ހީނާ ޚާނާއި ދީރަޕް ދޫޕަރްގެ އިތުރުން މޯހިތު މަލްއުތުރާ އެވެ.

"ނާގިން" އަކީ އެކްތާ 2015 އިން ފެށިގެން ގެނެސްދެމުން އަންނަ ވަރަށް ކާމިޔާބު ސިލްސިލާއެކެވެ. މީގެ ކޮންމެ ސީޒަނާ އެކު ކާސްޓަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެގޮތުން ކޮންމެ ފަހަރަކު ވެސް ސިލްސިލާގެ ލީޑް ރޯލުން ފުރުސަތު ދެނީ ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ތަރިންނަށް ބަލައިގެންނެވެ.

"ނާގިން 5" އާ އެކު މި ސިލްސިލާގެ ވާހަކައިން ފެންނާނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ބެލުމަކީ ފޭނުން ޔަގީނުން ވެސް ވަރަށް އިންތިޒާރުކުރާނެ ކަމެކެވެ. ސިލްސިލާ ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގަ އެވެ.