Roadha Mihaaru
"ނާގިން 5" އަށް އިތުރު ކާސްޓުންތަކެއް

"ނާގިން 5" އަށް އިތުރު ކާސްޓުންތަކެއް

11 އޯގަސްޓް 2020

އާދީއްތަ ދުވަހުގެ ރޭ ކަލާޒް ޗެނަލުން ސިލްސިލާ "ނާގިން" ގެ ފަސް ވަނަ ސީޒަންގެ ސުރުހީ އަޅާފައިވާ އިރު، އާ ސީޒަންގެ ކާސްޓާ އިތުރު ތަރިންތަކެއް ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާދީއްތަ ދުވަހުގެ ރޭ ކަލާޒް ޗެނަލުން ސިލްސިލާ "ނާގިން" ގެ ފަސް ވަނަ ސީޒަންގެ ސުރުހީ އަޅާފައިވާ އިރު، އާ ސީޒަންގެ ކާސްޓާ އިތުރު ތަރިންތަކެއް ގުޅިއްޖެ އެވެ.

މި ސީޒަނަށް ފުރަތަމަ ސޮއިކުރި ތަރިންނަކީ ހީނާ ޚާނާއި ދީރަޖް ދޫޕަރާއި މޯހިތު މަލްއުތުރާ އެވެ. އެ ތަރިންކާ އެކު "ނާގިން 5" އިން ދެން ފެންނާނެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ސުރްބީ ޗަންދުނާ އާއި މޯހިތު ސޭގަލްގެ އިތުރުން ޝަރަތު މަލްއުތުރާ އެވެ.

ސުރްބީ، 30، އަކީ ސްޓާ ޕްލަސް އިން ކުރިން ގެނެސްދިން ކާމިޔާބު ސިލްސިލާ "އިޝްގްބާޒް" ގެ ބަތަލާ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ސޮނީ ޓީވީގެ "ސަންޖިވްނީ" އެވެ.

މޯހިތު، 34، އަކީ ބެލުންތެރިންގެ ވަރަށް މަގުބޫލުކަމެއް ހޯދި މަޝްހޫރު ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ގެ ބަތަލާ ސަނާޔާ އިރާނީގެ ފިރިމީހާ އެވެ. އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ގުބޫލް ހޭ" އާއި "ލަވް ކާ ހޭ އިންތުޒާރު" އަދި "މިލޭ ޖަބް ހަމް ތުމް" ހިމެނެ އެވެ.

"ނާގިން 5" ގެ ކާސްޓާ ދެން ގުޅުނު ޝަރަދު، 37، އަކީ ވެސް ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. އޭނާ ކުރިން ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ގަސަމް ތޭރޭ ޕިޔާރު ކީ" އާއި "ބަނޫ މޭ ތޭރީ ދުލްހަން" އަދި "މުސްކާން" ހިމެނެ އެވެ.

"ނާގިން" އަކީ ޕްރޮޑިއުސަރު އެކްތާ ކަޕޫރް 2015 އިން ފެށިގެން ގެނެސްދެމުން އަންނަ ސުޕަނެޗްރަލް ސިލްސިލާއެކެވެ. މީގެ ކޮންމެ ސީޒަނަކާ އެކު، ލީޑް ކާސްޓަށް ބޮޑު ބަދަލެއް ގެނެ އެވެ.