06 އޯގަސްޓް 2020
ރ.ހުޅުދުއްފާރަށް މާލެެއިން ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރ.ހުޅުދުއްފާރަށް މާލެެއިން ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް އަލީ ޖާވީދު "މިހާރު" އަށް މިއަދުު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްްކަން އެނގުނީ މާލެއިން ރަށަށް އައުމުގެ ކުރިން ސާމްޕަލް ނަގާފައި އައި މީހެއް ކަމަށާއި އޭނާގެ ޓެސްޓްގެ ނަތީޖާ ލިބުނީ މިއަދު ކަމަށެވެ.
ކޮވިޑް ޖެހުނު މީހާ ކަރަންޓީނުވެގެން ހުރި ގޭގައި އޭނާއާ އެކު ދެން ހުރީ އޭނާގެ ފިރިމީހާ އެވެ.
ކޮވިޑް-19 ފެތުރުން ރާއްޖޭގައި މި މަހު ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ. އެގޮތުން މާލޭގެ އިތުރުން އެ ބަލި ޖެހިފައިވާ މީހުން ހުޅުދުއްފާރު ހިމެނޭ ގޮތުން 11 ރަށެއްގަައި މިހާރު އެބަތިއްބެވެ. ރަށްރަަށް ބަލި ފެތުރުން ކޮންްޓްރޯލް ކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މާލެއިން ރަށްރަށް ދަތުރުކުރުމުގެ ފުރުސަތު އަނެއްކާވެސް ހަނިކޮށްފަ އެވެ.
ކޮވިޑްް ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ފަހު ލުއި ދިން އިރު އޮތީ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރާ ގޮތަށް ކޮންމެ މީހަކަށް ވެސްް ރަށްރަށަށް ދަތުރުކުރެވޭ ގޮތަށެވެ. އެހެން ނަމަވެސް ފަހުން އާއްމުކުރި އުސޫލުގައިވާ ގޮތުން މާލެއިން އެހެން ރަށްރަށަށް މިހާރު ދަތުރުކުރެވޭނީ ސިއްހީ ފަރުވާއެއް ހޯދުން ފަދަ ޒަރޫރީ ކަމަކަށް މާލެ ގޮސް ތިބި މީހުންނަށް އެކަންޏެވެ.
ރާއްޖެއިން މިހައިތަނަށް 4594 މީހަކަށް ކޮވިޑް ޖެހުނު އިރު އޭގެ ތެރެއިން 19 މީހަކު ވަނީ މަރުވެފަ އެވެ. އެބަލިން 2706 މީހަކު ރަނގަޅުވި އިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1854 އެވެ.
ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވި މީހަކު ހައްޔަރުކޮށްފި
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
މަންކީ ޕޮކްސްއަށް ޝައްކުވާ މީހަކު ފެނިގެން ޓެސްޓްކުރަނީ
ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
މެލޭޝިއާގެ ހާލަތު ވަރަށް ގޯސް، އައިސީޔޫތައް ފުރެނީ
ހެލްތު އިމަޖެންސީއަށް މަޖިލީހުގެ ހުއްދަ ހޯދަން ފާސްނުވި
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް