Roadha Mihaaru
ތުހުމަތުތަކާ މެދު ޓެގްގެ ބޮޑެތި ކަންބޮޑުވުންތަކެއް

ކޮވިޑް-19: މަޖިލީހަށް ދިން މައުލޫމާތާ މެދު ޓެގްގެ ބޮޑެތި ކަންބޮޑުވުންތަކެއް

13 އޯގަސްޓް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށާއި ބަލި ޖެހޭ މީހުންނަށް ފަރުވާދޭން މަސައްކަތްކޮށްފައިވާ ގޮތާއި ބެހޭ ގޮތުން ބައެއް ޑޮކްޓަރުންް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ މައުލޫމާތާއި މެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިއަދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށާއި ބަލި ޖެހޭ މީހުންނަށް ފަރުވާދޭން މަސައްކަތްކޮށްފައިވާ ގޮތާއި ބެހޭ ގޮތުން ބައެއް ޑޮކްޓަރުންް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ މައުލޫމާތާއި މެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިއަދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ބޭޭއްވި ބައްދަލުވުމުގައި ޓެގްގެ ލީޑަރު ޑރ. އަލީ އަބްދުﷲ ލަތީފް ވިދާޅުވީ މަޖިލީހަށް ރިޕޯޓެއް ހުށަހެޅުއްވި ޑޮކްޓަރުން ދައްކަވާފައި ހުރި ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ސިއްހީ ހިދުމަތުގައި އަމަލީ ގޮތުން ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު އަދި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓެގްގެ މެެމްބަރުންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި އަލީ ލަތީފް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ވަރަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ޓެކްނިކަލް ބޭފުޅުންނާއި ނަރުހުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި ރިޕޯޓްގައި ހުރި ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދަތި ކަންތައްތައް އެބަހުރި ކަމަށާއި އެހެން ނަމަވެސް ކޮމިޓީއަށް މައުލޫމާތު ދެއްވި ޑޮކްޓަރުން މައުލޫމާތު ދެއްވާފައި ވަނީ ކަންތައް މާ ބޮޑުކޮށްލައިގެން ކަަމަށެވެ.

"ޖުމްލަކޮށް މީގައި ދައްކާފައި ހުރި [ވާހަކަތައް] ވަރަށް ބޮޑަށް އެކްސެޖެރޭޓްކޮށްފައި އިނގޭތޯ މިހިރީ. އަޅުގަނޑަށް ހީވަނީ ހޮސްޕިޓަލްގައި ނޫޅުއްވާތީ އެނގިވަޑައިނުގަންނަވަނީހެން. ދެން އަޅުގަނޑު ވަރަށް ދެރަވެއްޖެ އަސްލު މިކަހަލަ ރިޕޯޓްތަކެއް މިގޮތަށް އައިމަ، އެއީ ހަގީގަތެއް ނުބަލާ މިގޮތަށް ވާހަަ ދެއްކީމާ،" އަަލީ ލަތީފު ވިދާޅުވި އެވެ.

މަޖިލީހަށް ރިޕޯޓް ހުށަހެޅުއްވި ޑޮކްޓަރުން ކުރައްވާފައިވާ އެއް ތުހުމަތަކީ ކޮވިޑް-19 މެނޭޖް ކުރުމުގައި ރާއްޖޭގައި އިސްކަންދިނީ ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ވުރެ ބޮޑަށް، ބަލި ޖެހުމުން ފަރުވާކުރުމަށް ކަމަށެވެ. އަލީ ލަތީފް ވިދާޅުވީ ފަރުވާއަށް ފޯކަސް ކުރީ ގިނަ ބަޔަކު އެޑްމިޓްކޮށް ފަރުވާ ކުރަން ޖެހޭނެ ކަމަށް ލަފާކުރެވިފައި އޮވެގެން ކަަމަށާއި އެއީ ސަމާލުކަން ދޭން ޖެހޭނެ ކަމެއް ކަމަށެވެ.

"ދެން ކޮވިޑްގައި މަސައްކަތްކުރަންޏާ ކުރާ ހުރިހާ އެންމެނަށް އެނގޭނެ ގާތްގަނޑަކަށް ހަތަރު ކަމަކަށް ކޮވިޑް ކޮންޓްރޯލް ކުރުމުގައި [ބަލަން ޖެހެނީ]. ފުރަތަމަ ކަމަކީ ބަލި އަވަހަށް ހޯދައިގަތުން. ނުވަތަ ޑަޔަގްނޯސްކުރުމޭ، ޓެސްޓް ހެދުމޭ. ދެން އޮތީ ޓެސްޓް ހަދައި ނިމުމަށް ފަހު އަޅުގަނޑުމެން ކޮންޓެެކްޓް ޓްރޭސިން ހެދުމޭ. ދެން އޮތް ކަމަކީ ކަރަންޓީނުކުރުމާއި އައިސޮލޭޓްކުރުމޭ. މިހުރިހާ ކަންތައްތައް ބަރަބާރަށް ރާއްޖޭގައި ހިނގާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ޖުމްލަކޮށް މީގައި ދައްކާފައި ހުރި [ވާހަކަތައް] ވަރަށް ބޮޑަށް އެކްސެޖެރޭޓްކޮށްފައި އިނގޭތޯ މިހިރީ. އަޅުގަނޑަށް ހީވަނީ ހޮސްޕިޓަލްގައި ނޫޅުއްވާތީ އެނގިވަޑައިނުގަންނަވަނީހެން އަޅުގަނޑު ވަރަށް ދެރަވެއްޖެ އަސްލު މިކަހަލަ ރިޕޯޓްތަކެއް މިގޮތަށް އައިމަ، އެއީ ހަގީގަތެއް ނުބަލާ މިގޮތަށް ވާހަަ ދެއްކީމާ--- އަލީ ލަތީފް

ޓެސްޓްކޮށް ކަރަންޓީނުކޮށް އައިސޮލޭޓް ކުރުމަކީ، އަލީ ވިދާާޅުވިގޮތުގައި ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތެވެ. ފަރުވާ ދިނުމުގެ ދާއިރާއިން ވެސް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އާ ހޮސްޕިޓަލެއް ގާއިމްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެއީ [ކޮވިޑް-19 މެނޭޖް ކުރުމުގެ ހުރިހާ ދިމާލަކުން މަަސައްކަތް ނުކުރެވޭ ވާހަކަ އަކީ] ވަރަށް ބޮޑު އޮޅުމެއް،" އަލީ ވިދާޅުވި އެވެ.

ޓެގް ޓީމްގައި ތިއްބެވީ ގާބިލް ބޭފުޅުން

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ނެގީ ކޮން ކްރައިޓީރިއާއަކުން ކަމެއް ނޭނގޭ ކަމަށް ބުނެ އެ ގްރޫޕަށް ބޭފުޅުން ނެގި ގޮތާ ބެހޭ ގޮތުން އުފައްދާފައިވާ ސުވާލަށް ވެސް އަލީ ލަތީފް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ޓެގް ޓީމު ނެގީ ކޮން ކްރައިޓީރިއާއަކަށް ބަލައިގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް ތިއްބެވީ ވަރަށް ގާބިލު ބޭފުޅުން ކަމަށެވެ. އަދި އޭގެ ތެރެއިން އެކި ބޭފުޅުންގެ ތަޖުރިބާ އާއި ގާބިލުކަމާ ބެހޭގޮތުން ވަަރަށް ތަފްސީލުކޮށް ވާހަކަ ދެއްކެވި އެވެ.

"ދިވެހިރާއްޖޭގައި އިންފެކްޝަސް ޑިސީޒްގެ އެންމެ ސްޕެޝަލިސްޓް ހުރީ ޓެގް ޓީމްގަައި. ދިވެހިރާއްޖޭގައި ހުންނެވި އެމަޖެންސީ މެޑިސިންގެ ސްޕެޝަލިސްޓް ހުރީ ޓެގް ޓީމްގައި. އެމަޖެންސީ މެޑިސިންގެ ސްޕެޝަލިސްޓަކީ ވެސް ގާތްގަނޑަކަށް 10 އަހަރުގެ އެކްސްޕީރިއެންސް ހުރި ބޭފުޅެއް. ޑރ. ޝަހީދަކީ ވެސް ފުދޭވަރަކަށް އެކްސްޕީރިއަންސް ލިބިފައި ހުރި ބޭފުޅެއް. އެހެންވީމާ ރާއްޖެއިން ނަގާ ކަމަށް ވަންޏާ، އެ ނެގި މީހުންގެ ކްރައިޓީރިއާ އަޅުގަނޑަށް ނޭނގުނަސް ނެގި މީހުންނަކީ މަސައްކަތަށް ރަނގަޅު މީހުން އިނގޭތޯ،" އަލީ ވިދާޅުވި އެވެ.

ކޮވިޑް-19 މެނޭޖް ކުރުުމުގައި އާއްމު ސިއްހަތުގެ ދާއިރާގެ މީހުން ނުހިމެނޭ ކަމަށް ވިދާޅުވެފައި ވަނީ ވެސް މަޖިލީހަށް މައުލޫމާތު ދެއްވި ބޭފުޅުންނަށް އެކަން އޮތް ގޮތް އެނގިވަޑައި ނުގެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް މެނޭޖްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހަަމައެކަނި ކްލިނިކަލް ބަޔަކު ތިބެގެން ނޫނެވެ. ތަފާތު ގިނަ ދާއިރާތަކުގެ މީހުން އެ މަސަައްކަތުގައި ބައިވެރިވެ އެވެ.

ޓެގަށް ނުފޫޒު ފޯރާ ކަމަށް ބުނެ ރިޕޯޓްގައި އުފައްދާފައިވާ ސުވާލަަށް ޖަވާބު ދެއްވަމުން އަލީ ވިދާޅުވީ މަސައްކަތް ކުރީ ވަރަށް މިނިވަންކޮށް ކަަމަށެވެ.

"އަޅުގަނޑުމެންނަށް އިންޑިޕެންޑެންޓްކޮށް މަސައްކަތް ނުކުރެވުނު ނަމަ އަޅުގަނޑުމެން މިތާ ނުއެއް ތިބޭނެ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުންތަކެއް ދެއްވި މައުލޫމާތާ ގުޅިގެން އިޖުތިމާއީ ކޮމިޓީން ކުރިން ނިންމާފައި އޮތީ ފާއިތުވި 50 އަހަރު ދުވަހު ރާއްޖޭގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމު ފުރުއްވާފައި ބޭފުޅުން ގެނެސްގެން މަޝްވަރާ ކުރުމަށެވެ. މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަަރާއި ޑީޖީ އަދި ޓެގުން ދެއްވި މައުލޫމާތަށް ފަހު އެކަން އެގޮތަށް ކުރިއަށް ގެންދިއުމާ މެދު ކޮމިޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ސުވާލު އުފެއްދެވި އެވެ. އެހެން ނަމަވެސް އެ މަޝްވަރާ ނުކުރާ ގޮތަކަށް މިއަދު ފާހެއް ނުކުރެ އެވެ.