Roadha Mihaaru
އަވަސް އަރުވާލައިގެން ވެކްސިން ނުހަދަން އެދެން: ފައުޗީ

ފައުޗީގެ އިލްތިމާސް: އަވަސް އަރުވާލައިގެން ވެކްސިން ނުހަދާ

25 އޯގަސްޓް 2020

ވޮޝިންޓަން (އޮގަސްޓް 25) - ވެކްސިން އުފެއްދުމުގައި ޓެސްޓް ކުރަން އޮންނަ މަރުހަލާތައް ކުރުކޮށްލުމަށް ފަހު މާ އަވަސް އަރުވާލައިގެން ވެކްސިން ނުހެދުމަށް، ގައިންގަޔަށް އަރައި ބަލިތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރު އެންތަނީ ފައުޗީ އިލްތިމާސް ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮގަސްޓް 25) - ވެކްސިން އުފެއްދުމުގައި ޓެސްޓް ކުރަން އޮންނަ މަރުހަލާތައް ކުރުކޮށްލުމަށް ފަހު މާ އަވަސް އަރުވާލައިގެން ވެކްސިން ނުހެދުމަށް، ގައިންގަޔަށް އަރައި ބަލިތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރު އެންތަނީ ފައުޗީ އިލްތިމާސް ކުރައްވައިފި އެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ވިދާޅުވީ އެކި މަރުހަލާތަކުގައި ޓެސްޓް ކުރަން ޖެހޭ އަދަދަށް މީހުން ބޭނުންކޮށްގެން ޓެސްޓް ނުކޮށް ވެކްސިން އަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.

ފައުޗީ އެހެން ވިދާޅުވީ އެމެރިކާގެ އެކި ކުންފުނިތަކުން އުފެއްދި ވެކްސިން އަށް ޔޫއެސް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ނުދީގެން ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވެފައި ވަނިކޮށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެފްޑީއޭގައި "އަޑީ ދައުލަތެއް" ހިންގާ ކަމަށެވެ. ބައެއް ތަޖްރިބާކާރުން ބުނަނީ ޓްރަމްޕް އުޅުއްވަނީ ނޮވެމްބަރު 3 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ކުރިން ކޮރޯނާވައިރަހުގެ ވެކްސިން ނެރުމަށް ކަމަށެވެ. އެމެރިކާގެ ބައެއް ކުންފުނިތަކުން އުފައްދާ ވެކްސިން މިހާރު ވަނީ ތިން ވަނަ ސްޓޭޖުގަ އެވެ.

ރަޝިޔާ އިން އުފެއްދި ވެކްސިންގެ ރައްކާތެރިކަމާ މެދު ވެސް ފައުޗީ ވަނީ ސުވާލު އުފައްދަވައިފަ އެވެ. ރަޝިޔާ އިން ވެކްސިނަށް ހުއްދަ ދީފައި ވަނީ ތިން ވަނަ މަރުހަލާގެ ޓްރަޔަލްތައް ނުހިންމަ އެވެ. ރަޝިޔާ އިން ވަނީ މިދިޔަ ހަފުތާ އިން ފެށިގެން ވެކްސިން އުފައްދަން ފަށައިފަ އެވެ. އަދި ތިން ވަނަ މަރުހަލާގެ ޓްރަޔަލްތައް އޮކްޓޯބަރުގައި ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.