Roadha Mihaaru

ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް މޫލީން ފަށައިފި

ކުޑަކުދިންނަށް ހާއްސަ ކޮށްގެން "މޫލީ އާޓް ކޮންޓެސްޓު" ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް މޫލީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަށައިފި އެވެ

އުރީދޫން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް
އިދުހާމް ނައީމް
އިދުހާމް ނައީމް

21 ސެޕްޓެމްބަރ 2020

ކުޑަކުދިންނަށް ހާއްސަ ކޮށްގެން "މޫލީ އާޓް ކޮންޓެސްޓު" ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް މޫލީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަށައިފި އެވެ

މި މަހުގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި މިހާރު ވެސް ގިނަ ކުދިންތަކެއް ވަނީ ބައިވެރިވެ، ކުރެހުންތައް ހުށަހަޅައިފަ އެވެ. ކުރެހުންތައް ހުށަހަޅަން ޖެހޭނީ ފޭސްބުކް ނުވަތަ ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތައް މެދުވެރިކޮށެވެ.

Moolee by Yoosuf Rayn Rifau, 6 years #MyMoolee #Ooredoo

Posted by Rifau Rasheedh on Sunday, September 20, 2020

މީހަކު ފޭސްބުކްގައި ކޮށްފައި އިން ޕޯސްޓެއް--

މުބާރާތުގައި ބައިވެރިވާ ކުދިން ކުރަހަން ޖެހޭނީ އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ "މޫލީ"ގެ ކުރެހުމެކެވެ. އެ އަށް ފަހު ފޮޓޯ ނަގައި #MyMoolee ބޭނުންކޮގެން ފޭސްބުކް ނުވަތަ އިންސްޓަގްރާމުގައި ޕޯސްޓު ކުރަން ޖެހޭނެ އެވެ. މި ޕޯސްޓުތައް ކުރާނީ އެ ކުއްޖެއްގެ ބެލެނިވެރިޔާ އެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 5-12 އަހަރާ ދެމެދުގެ ކުދިންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް ކުރެހުންތައް ހުށަހަޅަން ޖެހޭނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިންނެވެ.

Please give a like

Posted by Abdulla Rameez on Sunday, September 20, 2020

މީހަކު ފޭސްބުކްގައި ކޮށްފައި އިން ޕޯސްޓެއް--

ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ޕޯސްޓުތަކުގެ ތެރެއިން އެއްވަނަ އަށް ދާ ކުރެހުމަކަށް އެމެޒޯން ފަޔާ ސްޓިކް އާއި އާޓު ކިޓުގެ އިތުރުން ސަޕްރައިޒް ގިފްޓެއް ލިބޭނެ އެވެ. ދެވަނަ އަށް ސަން ބަމް ހެއާ ކެއާ ސެޓަކާއި ކުރަހާ ފޮތެއް އަދި ކުރަހާ ފަންސުރު ފޮއްޓެއް ލިބޭއިރު ތިންވަނަ އިނާމަކީ ސަން ކެއާ ސެޓަކާއި ކުރަހާ ފޮތަާއި ފަންސުރު ފޮއްޓެކެވެ.