Roadha Mihaaru
ސުޝްމިތާގެ "ދަރިފުޅު" ރެނީ އެކްޓިން އަށް

ސުޝްމިތާ ސެންގެ ދޮށީ "ދަރިފުޅު" ރެނީ އެކްޓިން އަށް

05 އޮކްޓޯބަރ 2020

އިންޑިއާގެ ބަތަލާ ސުޝްމިތާ ސެން އެޑޮޕްޓްކޮށްގެން ގެންގުޅޭ ދެ އަންހެން ކުދިންގެ ތެރެއިން ދޮއްޓަށް ހުންނަ ރެނީ ސެން އެކްޓިން އަށް ނުކުންނަން ނިންމައި ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ބަތަލާ ސުޝްމިތާ ސެން އެޑޮޕްޓްކޮށްގެން ގެންގުޅޭ ދެ އަންހެން ކުދިންގެ ތެރެއިން ދޮއްޓަށް ހުންނަ ރެނީ ސެން އެކްޓިން އަށް ނުކުންނަން ނިންމައި ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

އުމުރުން 21 އަހަރުގެ ރެނީގެ ފުރަތަމަ ވެބް ސީރީޒަކީ "ސުއްޓަބާޒީ" އެވެ. މީގެ ޝޫޓިން ވެސް ހޮނިހިރު ދުވަހު ފަށާފައިވާ އިރު ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް އޭގެ ޑައިރެކްޓަރު ކަބީރް ކްރާނާ ވަނީ އިންސްޓަގްރާމްގައި އާންމުކޮށްފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސުޝްމިތާގެ ފަރާތުން ހިތްވަރު ލިބިގެން ރެނީ އެކްޓިން އަށް ނުކުންނަ އިރު "ސުއްޓަބާޒް" އަކީ ލޮކްޑައުންއެއްގެ ތެރޭގައި މަޔަކާއި އަންހެން ދަރިއަކާ ދެމެދު ހިނގާ ކަންތައްގަނޑެއް ދައްކުވައިދޭނެ އެއްޗެކެވެ. މީގައި ރެނީގެ މައިންބަފައިންގެ ރޯލުން ފެނިގެންދާނީ "ޕަދުމާވަތު" އާއި "މަރުދާނީ 2" އާއި "ޝަކުންތަލާ ދޭވީ" ފަދަ ފިލްމުތަކުން ފެނިފައިވާ ކޯމަލް ޗަބްރިއާ އާއި ރާހުލް ވޯރާ އެވެ. ރާހުލް އަކީ ޝާހްރުކްގެ "ސްވަދޭސް" ގައި މަސައްކަތްކުރި އެކްޓަރެކެވެ.

އަންހެނުންގެ ބާރުވެރި ކަމަށް ހާއްސަކޮށްގެން ހަދާ ވެބް ސީރީޒް ސްޓްރީމްކުރާނެ ޕްލެޓްފޯމެއް އަދި އިއުލާނެއްނުކުރެ އެވެ. ނަމަވެސް ސުޝްމިތާގެ ފަހަތުން ރެނީ އެކްޓިން އަށް ނުކުތުމަކީ ބެލުންތެރިން ބަލާލަން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމެކެވެ. ރެނީ އަކީ ވަރަށް މޮޅަށް ލަވަ ވެސް ކިޔާ ޒުވާނެކެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސުޝްމިތާ ބުނި ގޮތުގައި އުމުރުން އެންމެ ދެ އަހަރާއި ބައިން ފެށިގެން ރެނީ އަންނަނީ ވޮއިސް ޓްރެއިނިން ހަދަމުންނެވެ.

View this post on Instagram

#Suttabaazi Day 1

A post shared by kªƁǝǝƦ khuƦªƝª (@kabeerkhuranaofficial) on

ދޮށީ "ދަރިފުޅު" އެކްޓިން އަށް ނުކުތް އިރު ސުޝްމިތާ އެކްޓިންއާ ދުރުގައި ހުންނަތާ 10 ވަރަކަށް އަހަރު ފަހުން އެނބުރި މި އަހަރު އައީ ހޮޓްސްޓާ އިން ޖޫން މަހު ގެނެސްދިން ވެބް ސީރިޒް "އާރިއާ" އިންނެވެ.

ސުޝްމިތާ، 44، ގެ ކޮއްކޮ ރަޖީވް ސެން ވެސް މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އޭނާގެ އަލަތު ފިލްމަކީ އެކްޓަރު ވިވެކް އޮބެރޯއީ ޕްރޮޑިއުސްކުރާ "އިތީ: ކޭން ޔޫ ސޯލްވް އޯން މާޑާ؟" އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.

މިސް ޔުނިވާސްގެ ތާޖު 1994 ގައި ހާސިލުކުރި ސުޝްމިތާގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅު އަލީޝާ ސެން އަށް މިހާރު 11 އަހަރެވެ.