14 އޮކްޓޯބަރ 2020
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން އަމިއްލަ އަށް މަރުވި ފަހުން ބޮލީވުޑާ ބެހޭ ގޮތުން ދެކެވޭ ނޭދެވޭ ވާހަކަތަކުން އިންޑަސްޓްރީގެ މީހުން ބަދުނާމުކޮށް މުޅި އިންޑަސްޓްރީގެ އަގު ވައްޓާލަން އުޅޭ ކަމަށް ބުނެ މީޑިއާތަކެއްގެ މައްސަލަ ބޮލީވުޑުން ދިއްލީ ހައި ކޯޓަށް ހޯމަ ދުވަހު ހުށަހަޅައިފި އެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން އަމިއްލަ އަށް މަރުވި ފަހުން ބޮލީވުޑާ ބެހޭ ގޮތުން ދެކެވޭ ނޭދެވޭ ވާހަކަތަކުން އިންޑަސްޓްރީގެ މީހުން ބަދުނާމުކޮށް މުޅި އިންޑަސްޓްރީގެ އަގު ވައްޓާލަން އުޅޭ ކަމަށް ބުނެ މީޑިއާތަކެއްގެ މައްސަލަ ބޮލީވުޑުން ދިއްލީ ހައި ކޯޓަށް ހޯމަ ދުވަހު ހުށަހަޅައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ފިލްމީ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާ ޖަމާއަތްތަކާއި ބޮޑެތި 34 ޕްރޮޑަކްޝަން ހައުސްއެއްގެ އިތުރުން ނުފޫޒުގަދަ އެތައް ތަރިންނަކާއި ޑައިރެކްޓަރުންނެއް ހިއްސާވެފައިވެ އެވެ.
އޭގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާނާ އާމިރު ޚާނާއި އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރާއި ފަރްހާން އަޚްތަރާއި ކަރަން ޖޯހަރާއި އަނުޝްކާ ޝަރުމާ އާއި ޒޯޔާ އަޚްތަރާއި ކަބީރު ޚާނާއި ސިދާތު އާނަންދާއި އަޝުތޯޝް ގޮވަރިކާ އާއި ވިދޫ ވިނޯދު ޗޯޕްޅާ އާއި ނިކިލް އަދުވާނީ އާއި ރިތޭޝް ސިދްވާނީ އާއި ރާކޭޝް ރޯޝާއި ވިޝާލް ބަރަދްވާޖާއި އަދިތިޔާ ޗޯޕްޅާ އާއި އޯމް ޕްރަކާޝް މެހެރާ އާއި މަދޫރު ބަންޑާކަރާއި ފަރާ ޚާނާއި އާނަންދު އެލް ރާއީ ފަދަ އެތައް ފަންނާނުނެއް ހިމެނެ އެވެ.
ބޮލީވުޑްގައި މަސައްކަތްކުރާ ބައެއް މީހުންގެ އަގު ވައްޓާލައި، މުޅި އިންޑަސްޓްރީ ހަލާލުކޮށްލަން ބައެއް މީޑިއާތަކުން ގަސްތުގައި މަސައްކަތްކުރާ ކަމަށް ދައުވާގައި ބުނެފައިވާ ޗެނެލްތަކުގެ ތެރޭގައި އަބަދު ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ ނޫސްވެރިޔާ އަރްނާބް ގޮސްވާމީ އިސްކޮށް ހުރެގެން ހިންގާ ރިޕަބްލިކް ޓީވީގެ އިތުރުން ޓައިމްސް ނައު ހިމެނެ އެވެ.
BOLLYWOOD STRIKES BACK... Leading film associations [4] and top production houses [34] file lawsuit against reporting by certain media houses in #DelhiHC... #AamirKhan #AjayDevgn #AkshayKumar #SRK #AdityaChopra #KJo #RohitShetty #RiteshSidhwani #SajidNadiadwala pic.twitter.com/ZawJ2Lh6YY
— taran adarsh (@taran_adarsh) October 12, 2020
ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ބޮލީވުޑާ ބެހޭ ގޮތުން އަސާސެއް ނެތް އެތައް ވާހަކަތައް ފަތުރައި ފަންނާނުންނަށް ނިސްބަތްކޮށް ނޭދެވޭ ބަސްތައް ރައްދުކުރާ މައްސަލާގައި މައިގަނޑު ހަތަރު ނޫސްވެރިއެއްގެ ނަން ވެސް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަރްނާބާއި ރިޕަބްލިކް ޓީވީގެ ޕްރަދީޕް ބަންޑާރީ އާއި ޓައިމްސް ނައުގެ ދެ ނޫސްވެރިން ކަމަށްވާ ރާހުލް ޝިވްޝަންކަރްގެ އިތުރުން ނަވީކާ ކުމާރެވެ.
އެ މީހުންނަށް ކުރާ ދައުވާގައި، ބޮލީވުޑަކީ މުޑުދާރު ނަޖިސް ތަނެއްގެ ގޮތުގައި ސިފަކުރުމާއި އެކިއެކި ފަންނާނުންގެ ބޮލުގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތު އެޅުވުމާއި އެ ނޫން ވެސް ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އެޅުވުމުގެ އިތުރަށް ބޮލީވުޑަކީ ތާހިރުކުރަން ޖެހިފައިވާ ތަނެއްގެ ގޮތުގައި ސިފަކުރަމުން ދިއުން ހިމެނެ އެވެ.
ބޮލީވުޑުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި ކޮންމެ އިންޑަސްޓްރީއެއްގެ ތެރޭގައި ވެސް އެތައް ވައްތަރެއްގެ ބައެއް އުޅޭނެ އެވެ. އެކަމަކު މަދު ބަޔަކު ކުރާ ކަމަކުން މުޅި އިންޑަސްޓްރީ އަށް އިނގިލި ދިއްކޮށް ސާބިތު ނުހިފޭ ވާހަކަތައް މީސްމީހުންގެ ބޮލުގައި އެޅުވުމަކީ ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން ފެނިގެންވާނެ ކަމެއް ނޫން ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
ނަމަވެސް އިންޑިއާގެ ބައެއް މީޑިއާތަކުން ގަސްތުގައި ރާވައިގެން މުޅި އިންޑަސްޓްރީ ހަރާބުކޮށްލަން މަސައްކަތްކުރަމުންދާތީ އެފަދަ މީޑިއާތައް ހަމަމަގަށް އަޅުވަން ކޯޓުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ދިނުމަށް އެދިފައިވެ އެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައިި ބޮލީވުޑަކި އެތައް ލައްކަ ބަޔަކު ކާންބޯން މަސައްކަތްކުރާ އިންޑަސްޓްރީއަކަށްވުމުގެ އިތުރަށް އެއީ އިންޑިއާގެ އިގުދިސާދަށް ވެސް އެތައް ފައިސާއެއް ވައްދައިދޭ ތަނެއް ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ބޮލީވުޑް ހަލާކުކޮށްލަން އުޅުމަކީ އިންޑިއާގެ އިގުތިސާދަށް ވެސް ދެވޭ ހަމަލާއެއް ކަމަށާއި ބޮލީވުޑަކީ މުޅި ދުނިޔޭގައި ނުފޫޒު ގަދަ އިންޑަސްޓްރީއަކަށްވާތީ، ޒިންމާދާރުކަން ކުޑަ ނޫސްވެރިންތަކެއްގެ ސަބަބުން އެ އިންޑަސްޓްރީ ހަލާކުވާތަން ބަލަން ހިމޭނުން ނުތިބެވޭނެ ކަމަށް ބުނެފައިވެ އެވެ.
މައްސަލާގައި ބުނެފައިވާ ގޮތުގައި ބައެއް ޓީވީ ޗެނެލްތަކުން ދަނީ ކަނޑައެޅިގެން ގާނޫނާއި ގަވައިދުތަކަށް ވެސް ނުފެތޭ އެތައް ޕްރޮގްރާމެއް ބޮލީވުޑާ ބެހޭ ގޮތުން ގެނެސްދެމުންނެވެ. އަދި އެފަދަ ކޮންޓެންޓްތައް ގެނެސްދެވެނީ ރެގިއުލޭޓް ކުރުމުގައި ހުރި މައްސަލަތަކާ ހެދި ކަމަށާއި އިންޑިއާގެ މީޑިއާތައް ހަމައަކަށް އަޅުވަން ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އޭގައި ބުނީ ބައެއް މީޑިއާތަކަކީ "ތަހުގީގީ އިދާރާތަކަށްވެފައި" ކަމަށެވެ. އެގޮތުން ކޯޓްތަކުގައި ހިނގަމުންދާ މައްސަލަތަކުގައި ވެސް ހުކުމަކާ ހަމައަށް ނާންނަނީސް ބައެއް މީޑިއާތަކުން "ހުކުމް އިއްވައި" މީސްމީހުންގެ ދިރިއުޅުން ހަލާކުކުރަމުންދާ ކަމަށް ބުންޏެވެ.
ދޮގު ޚަބަރަކާ ހެދި އަކްޝޭ ނޫހަކަށް ދައުވާކޮށްފާނެ
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ދަރިފުޅު ހައްޔަރުކުރި ވާހަކަ ކިިޔަން ޝާހްރުކަށް ހުށަހެޅި
އެކްޓަރު ސިދާތު ޝުކްލާ މަރުވެއްޖެ
ޕްރޮޑިއުސަރު ބުޝަން އަށް ރޭޭޕްގެ ތުހުމަތު
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް
ޕްރޮޑިއުސަރު ޖެކީ އަށް ޖިންސީ ގޯނާގެ ތުހުމަތު