Roadha Mihaaru
ސުލޫކީ މައްސަލަ އަކީ ބިރުދެއްކުމުގެ އުކުޅެއް: އިދިކޮޅު

ސުލޫކީ މައްސަލަ އަކީ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އުކުޅެއް: އިދިކޮޅު

15 އޮކްޓޯބަރ 2020

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނަށް ބިރުދެއްކުމަށް ބޭނުންކުރާ އުކުޅެއް ކަމަށާއި ޖޭއެސްސީގެ ނުފޫޒުގެ ސަބަބުން މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނަށް ބިރުދެއްކުމަށް ބޭނުންކުރާ އުކުޅެއް ކަމަށާއި ޖޭއެސްސީގެ ނުފޫޒުގެ ސަބަބުން މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑެޕިއުޓީ ހޯމް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވީ މި ސަރުކާރުން ނުކުރާނެ ކަމަށް ވައުދުވި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ބޭނުމުގައި ނުފޫޒު ފޯރުވައިގެން ފަނޑިޔާރުން ވަކިކޮށް، އައްޔަންކޮށް ޕްރޮމޯޝަން ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީ ހިނގަމުން ދަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށާއި އެ ނުފޫޒުގެ ސަބަބުން އަދުލުއިންސާފު ގާއިމްކުރުމަށް ޖާގަ ނެތް ކަމަށެވެ.

ޖޭއެސްސީން ސުލޫކީ މައްސަލަތައް ބަލާފައިވާ ބައެއް ފަނޑިޔާރުން ފާހަގަކުރައްވައި ވިދާޅުވީ އެއީ ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ ކަންކަން ކަމަށެވެ. ބިރުދެއްކުމުގެ އިތުރަށް ފަނޑިޔާރުންނާ މެދު ޒާތީ ވެސް ވާ ކަމަށާއިސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ދީދީ މަގާމުން ވަކިކުރީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިދިކޮޅުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ފަނޑިޔާރުންނަށް ސުލޫކީ ބިރު ދެއްކުމުގެ ކަންކަމަކީ ބިރުދެއްކުމުގެ އުކުޅެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަމުންދާ ކަމެއް. މިކަމަށް ބަލާއިރު ގާޒީ ހައިލަމްއާ ދޭތެރޭ ކަން ހިނގައި ދިޔަގޮތް ތިބޭފުޅުން ވިސްނާލެއްވީމާ އެނގިވަޑައިގަންނަވާނެ" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލަމުން ދަނިކޮށް ސުލޫކީ މައްސަލައެއްގައި ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީއާ ބެހޭ ގޮތުން ވިދާޅުވި އެވެ.

މޫސާ ފަތުހީ ވިދާޅުވީ ޖޭއެސްސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ބާރުގެ ބޭނުންކޮށް ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަދި ޕީޖީ ގްރޫޕްގެ ލީޑަރު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ވައުދުވީ ނަމަވެސް އެކަން ނުކުރާނެ ކަމަށެވެ. އެކަން ކުރުމަށް މި ސަރުކާރަށް ދެ އަހަރުގެ މުއްދަތެއް ލިބިއްޖެ ކަމަށާއި އަދިވެސް އެކަން ނުވާނެ ކަމަށް ވިދާޅުވި އެވެ.