ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ކްރިމިނަލް ކޯޓްގައި ހިންގި އިރު، އެ ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވި މައްސަަލައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުން ރައީސް އޮފީހަށް މިއަދު ވަޑައިގެންފި އެވެ.
30 އޯގަސްޓް 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ކްރިމިނަލް ކޯޓްގައި ހިންގި އިރު، އެ ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވި މައްސަަލައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުން ރައީސް އޮފީހަށް މިއަދު ވަޑައިގެންފި އެވެ.
އެ ކޯލިޝަންގެ ފަސް ވަރަކަށް މެމްބަރުން ރައީސް އޮފީހަށް ވަޑައިގަތީ، އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖު ކުރައްވައި އަޑުގަދަ ކުރެއްވުމަށް ފަހު އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ލީކުވެފައިވާ އޯޑިއޯތަކުން، ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ، ކޯޓުގެ ފަނޑިޔާރުން ރަހީނުކޮށް ނުފޫޒު ފޯރުވައިގެން އެނގޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފު ވެފައިވާ ތީ އިސްތިއުފާ ދެއްވުމަށް ދެންނެވުމަށް އަދި އެކަމުގެ ކަންބޮޑުވުން ރަޖިސްޓާ ކުރަން ރައީސް އޮފީހަށް މި އައީ،" ޝިޔާމް ވިދާޅުވި އެވެ.
ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ވަނީ ލީކުވެފަ އެވެ.
ލީކުވި އޯޑިއޯ މައްސަލައިގައި ރައީސްއާ ބައްދަލުކުރަން އިދިކޮޅު މެމްބަރުން ރައީސް އޮފީހަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ޕީޕީއެމް
ނޮވެމްބަރު 28، 2019 ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި މިހާރު ޑްރަގް ކޯޓުގައި ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ. އޭގެ ތެރެއިން ލީކުވެފައިވަނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރު، ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކަވާ އޯޑިއޯތަކެކެވެ.
އެކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލާނެ މައްސަލައެއް ކަމަށެވެ. އެއީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކަައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
"ޔާމީނަށް ކުރީ ނުހައްގު ހުކުމެއް، މިނިވަންކުރަންޖެހޭ"
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބު ޔާމީން ކިޔައިދީފި
ހުސް ވާހަކަތަކެއް، ތަންފީޒެއް ނުކުރެވުނު: ޔާމީން
"ނުފޫޒު ފޯރުވާތީ" އަލީ ޒާހިރު ވަކިކުރަން ގޮވާލައިފި
ކޯޓުތަކުން ކުރަނީ ނަޖިސް ހުކުމްތައް: ޖަމީލް
ނިޒާމީ ވޯޓުގައި އިދިކޮޅުގެ ސްޓޭންޑް ނޭނގި ހިމޭނުން!
ޔާމީން ގެއަށް ބަދަލު ކުރާނީ ޑޮކްޓަރުންގެ ލަފާގެ މަތިން