Roadha Mihaaru
"ބްލެކް ޕެންތާ"ގެ މިލްކިއްޔާތުގެ މައްސަލަ ކޯޓަށް

"ބްލެކް ޕެންތާ"ގެ މިލްކިއްޔާތުގެ މައްސަލަ ހުވަފަތް އަންހެނުންގެ ފަރާތުން ކޯޓަށް

22 އޮކްޓޯބަރ 2020

މިދިޔަ އޮގަސްޓް މަހު ކެންސަރު ބަލީގައި މަރުވި "ބްލެކް ޕެންތާ" ގެ ބަތަލު ޗާޑްބޯޒްމަންގެ މިލްކިއްޔާތުގެ ހައްގުވެރިކަން ހޯދަން އޭނާގެ ހުވަފަތް އަންހެނުން ޓޭލާ ސިމޯން ލެޑްވާޑް ބުރާސްފަތި ދުވަހު ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އޮގަސްޓް މަހު ކެންސަރު ބަލީގައި މަރުވި "ބްލެކް ޕެންތާ" ގެ ބަތަލު ޗާޑްބޯޒްމަންގެ މިލްކިއްޔާތުގެ ހައްގުވެރިކަން ހޯދަން އޭނާގެ ހުވަފަތް އަންހެނުން ޓޭލާ ސިމޯން ލެޑްވާޑް ބުރާސްފަތި ދުވަހު ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 44 އަހަރުގެ އެކްޓަރު މަރުވި އިރު، އޭނާގެ މިލްކިއްޔާތުން ވާރިސުންނަށް ބައިއަޅާނެ ގޮތަކާ ދޭތެރޭ އެއްވެސް ގޮތަކަށް އެދިފައެއް ނުވެ އެވެ. އެހެންވެ، މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއާ ގުޅޭ ގޮތުން ރަސްމީކޮށް ގޮތެއް ނިންމައި ދިނުމަށް ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓަށް ޓޭލާ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކެލިފޯނިއާ ސްޓޭޓްގެ ގާނޫނު ބުނާ ގޮތުން ފިރިއަކު މަރުވާއިރު ކައިވެނިކޮށްގެން ހުއްޓަސް ދަރިން ނެތް ނަމަ އަދި އެ މީހެއްގެ މައިބަފައިން ދުނިޔޭގައި ތިއްބަސް އެ މީހަކަށް އާއިލާގެ ފަރާތުން ވާރުތާވާ ހުރިހާ މުދަލެއްގެ ހައްގުވެރިޔަކަށް ވާނީ އަންހެނުންނެވެ. އަދި ފިރިމީހާގެ މުދަލުން މަބައިންނަށް ބައި ވެސް އެޅޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮލޯން ކެންސަރު ޖެހިގެން ފަރުވާ ހޯދާތާ ހަތަރު އަހަރުން ފަހުން އޮގަސްޓް މަހުގެ 28 ގައި ބޯޒްމަން މަރުވި އިރު އޭނާގެ އަމިއްލަ މިލްކިއްޔާތުގެ އަދަދަކީ 939،000 ޑޮލަރު (14,460,600ރ) އެވެ.