28 އޮކްޓޯބަރ 2020
ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމަކަށް އަރުޖުން ކަޕޫރް ސޮއިކޮށްފައިވާ ކަމަށް އަޑުފެތުރިފައިވާތާ ދުވަސްކޮޅެއް ފަހުން އެ ފިލްމާ ބެހޭ ބައެއް އާ ވާހަކަތަކެއް ބައެއް މީޑިއާތަކުން ހިއްސާކޮށްފި އެވެ.
ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމަކަށް އަރުޖުން ކަޕޫރް ސޮއިކޮށްފައިވާ ކަމަށް އަޑުފެތުރިފައިވާތާ ދުވަސްކޮޅެއް ފަހުން އެ ފިލްމާ ބެހޭ ބައެއް އާ ވާހަކަތަކެއް ބައެއް މީޑިއާތަކުން ހިއްސާކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ ނަމަކީ "ދަމާކާ" އެވެ. އަދި މީގެ ޑައިރެކްޓަރަކީ އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު ވެބް ސީރީޒް "ބޯސް: ޑެޑް އޯ އެލައިވް" ގެނެސްދިން ޕުލްކިތެވެ.
ހަންގާމާ އިން ބުނިގޮތުގައި އަރުޖުން އިންވެސްޓިގޭޝަން އޮފިސަރެއްގެ ރޯލް ކުޅޭ މި ތުރިލާގެ ވާހަކަ ބިނާކޮށްފައި ވަނީ މުޒައްފަރުޕޫރްގެ އަމިއްލަ ޖަމާއަތަކުން ހިންގާ ޝެލްޓާ ހޯމެއްގައި ހިންގި ރޭޕްގެ ބޮޑެތި ހާދިސާތަކުގެ މައްޗަށެވެ.
"ދަމާކާ" ގެ ޝޫޓިން ފަށާނެ ކަމަށް ބުނަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ރެޑް ޗިލީޒުން ރަސްމީކޮށް އަދި ހިއްސާއެއް ނުކުރެ އެވެ.
އަރުޖުން ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މިހާރު ޝޫޓިން ކުރިއަށްދާ ކާޝްވީ ނައިރްގެ އަލަތު ޑައިރެކްޝަނާއި ސައިފް އަލީ ޚާނާ އެކު ކުޅޭ "ބޫތު ޕޮލިސް" އާއި މޯހިތު ސޫރީގެ "ދޯ ވިލަން" ހިމެނެ އެވެ.
މިދިޔަ އަހަރު އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫގެ "ބަދުލާ" ގެނެސްދިން ރެޑް ޗިލީޒް އިން މިހާރު ހެދުމުގެ މަރުހަލާގައި އޮތް ފިލްމަކީ ޑައިރެކްޓަރު ސުޖޯއި ގޯޝް ވިދިޔާ ބާލަންއާ އެކު 2012 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ކަހާނީ" ގެ ސްޕިން-އޮފެއްގެ ގޮތުގައި ހަދާ "ބޮބް ބިސްވާސް" އެވެ.
އަބީޝެކް ބައްޗަން ޓައިޓްލް ރޯލް ކުޅޭ އެ ފިލްމަކީ "ކަހާނީ" ގައި ސަވަސްތާ ޗެޓަޖީ ކުޅުނު ބޮބް ބިސްވާސް ރެކްޓާ އިން ކުރިފަޅުވައިގެން ހަދާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ސުޖޯއިގެ ދަރިފުޅު ދިޔާ އައްނަޕޫރްނާ ގޯޝް އެވެ.
ރެޑް ޗިލީޒުން ހަދަން އުޅޭ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓާއި ވިޖޭ ރާޒް ފެނިގެންދާނެ "ޑާލިންސް" ހިމެނެ އެވެ. މި ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒްކުރި "ޕަތީ ޕަތުނީ އޯރް ވޯ" އާއި 2016 ގެ ފިލްމު "ފޯސް 2" ގެ ސްކްރީންޕްލޭގައި ހިއްސާވި ޖަސްމީތު ކޭ ރީން އެވެ. އޭނާގެ އަލަތު ޑައިރެކްޝަންގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަމަށްވެ އެވެ.
ޝާހްރުކްގެ ފިލްމެއްގައި ބޫމީ ނޫސްވެރިޔަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ތާރާ ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވެއްޖެ
މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި