Roadha Mihaaru
ލެސްޓާ އާއި އާސެނަލް މޮޅުވިއިރު ޓޮޓެންހަމް ބަލިވެއްޖެ

ލެސްޓާ އާއި އާސެނަލް މޮޅުވިއިރު ޓޮޓެންހަމް ބަލިވެއްޖެ

30 އޮކްޓޯބަރ 2020

ލަންޑަން (އޮކްޓޫބަރު 30) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އިނގިރޭސި ކްލަބްތައް ކަމަށްވާ ލެސްޓާ ސިޓީ އާއި އާސެނަލް މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ބަލިވެއްޖެ އެވެ.

ލަންޑަން (އޮކްޓޫބަރު 30) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އިނގިރޭސި ކްލަބްތައް ކަމަށްވާ ލެސްޓާ ސިޓީ އާއި އާސެނަލް މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ބަލިވެއްޖެ އެވެ.

އަޔަލެންޑްގެ ޑަންޑޯކް އަތުން އާސެނަލް މޮޅުވީ 3-0 އިންނެވެ. ރަށުންބޭރުގައި ގްރީސްގެ އޭއީކޭ އެތަންސް އަތުން ލެސްޓާ މޮޅުވީ 2-1 އިންނެވެ. ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް ދަނޑުގައި އެ ޓީމު އަތުން ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ބަލިވީ 1-0 އިންނެވެ.

އާސެނަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލަނޑުތައް ޖެހީ ފުރަތަމަ ހާފުގެ ފަހު ކޮޅާއި ދެ ވަނަ ހާފުގެކުރީކޮޅުގަ އެވެ. އާސެނަލަށް ލީޑުނަގައިދިން ގޯލު މެޗުގެ 42 ވަނަ މިނިޓްގައި ޖެހީ އެޑީ އެންކެޓިއޭ އެވެ. އޭގެ ދެ މިނިޓް ފަހުން ޖޯ ވިލޮކް ވަނީ އާސެނަލަށް ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މިނިޓެއްގެ ތެރޭ ޕެޕޭ ވަނީ އާސެނަލަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ކޯޗު މިކޭލް އާޓެޓާގެ އިރުޝާދު ދަށުން ކަޕް މުބާރާތްތަކުގައި މިހާތަނަށް އާސެނަލް ކުޅުނު 13 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އޭނާ ވަނީ 10 މެޗުން އެ ޓީމު މޮޅުކޮށްދީ އަނެއް ދެ މެޗު އެއްވަރުކޮށްފަ އެވެ. ބަލިވި މެޗަކީ މިދިޔަ ފެބްރުއަރީ މަހު ޔޫރޮޕާ ލީގުގައި އޮލިމްޕިއާކޯސް އަތުންނެވެ.

އަނިޔާއިން ރަނގަޅުވެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ރޭ ލެސްޓާގެ ޖޭމީ ވާޑީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ލެސްޓާ އަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ޖޭމީ ވާޑީ އެވެ. މި ޕެނަލްޓީ އަކީ ވާޑީ އަށް އޭއީކޭގެ ކީޕަރު ޕެނަގިއޯޓިސް ސިންޓޯޓަސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ގޯލު ޖެހުމަށް ފަހު ލެސްޓާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގޯލު ޖެހުމަށް ފަހު ލެސްޓާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާ އަށް ކުޅޭ ހަމްޒާ ޗޯދުރީ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. އޭއީކޭގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި މޯމާ ޓަންކޮވިޗް އެވެ.

އެންޓްވާޕުން ރޭގެ މެޗުގައި ޓޮޓެންހަމް ހިފެހެއްޓުމުގައި ކާމިޔާބު ހޯދީ ހިތްވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ. ޓޮޓެންހަމްގެ ބެން ޑޭވިސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެންޓްވާޕަށް ކާމިޔާބުކޮށްދިނީ ލިއޯ ރަަފައެލޯފް އެވެ. އެންޓްވާޕްގެ ލީޑުފުޅާކުރަން އެމްބޮކާނީ އަށް ލިބުނު ފުރުސަތުގެ ބޭނުންނުހިފުނުއިރު، ބަދަލުތަކެއް ގެނެސްގެން މެޗުގެ ނަތީޖާ ހަމަހަމަކުރަން ޓޮޓެންހަމުން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ.

މިއީ މިދިޔަ ޖުލައި މަހަށް ފަހު ޓޮޓެންހަމް ރަށުން ބޭރުގައި ކުޅުނު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. މޮރީނިއޯ ބުނީ ރޭގެ މެޗުގައި ފެނުނު ކަންތައްތައް ބަލާއިރު މުސްތަގުބަލުގައި އޭނާ ނިންމަންޖެހޭ ނިންމުންތައް ވަރަށް ސާފުވެފައިވާ ކަމަށާއި ގެންނަން ޖެހޭ ބަދަލުތައް ވެސް ފަސްޖެހުމެއްނެތި ގެންނާނެ ކަމަށެވެ.