Roadha Mihaaru
ބައެއް ވެބްސައިޓުތަކަށް ބީއެމްއެލުން ކާޑު ބްލޮކްކޮށްފި

ޖުވާ އާއި ކްރިޕްޓޯ ކަރަންސީ އަދި އޮންލައިން ޓްރޭޑިން ވެބްސައިޓުތަކުގައި ބީއެމްއެލް ކާޑު ބޭނުން ނުކުރެވޭގޮތް ހަދައިފި

02 ނޮވެމްބަރ 2020

ޖުވާ އާއި ކްރިޕްޓޯ ކަރަންސީ އަދި އޮންލައިން ޓްރޭޑިން ވެބްސައިޓުތަކުގައި ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބީއެމްއެލުން މިއަދު ހަދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޖުވާ އާއި ކްރިޕްޓޯ ކަރަންސީ އަދި އޮންލައިން ޓްރޭޑިން ވެބްސައިޓުތަކުގައި ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބީއެމްއެލުން މިއަދު ހަދައިފި އެވެ.

ބޭންކުން ނެރުނު އިއުލާނެއްގައި ބުނީ މި ފިޔަވަޅަކީ ގާނޫނާއި ގަވައިދާ ހިލާފަށް މާލީ މުއާމަލާތްތަކުގައި ބޭންކުގެ ކާޑުތައް ބޭނުންކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓުތަކާއި އޮންލައިން ޓްރޭޑިން ވެބްސައުޓްތަކުގައި ޑިޖިޓަލް ވޮލެޓުތައް ބޭނުންކުރުން، މިދިޔަ މަސްތަކުގައި އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ކާޑު ބޭނުން ނުކުރެވޭ ގޮތް ހެދި ވެބްސައިތްތަކުގެ ތެރޭގައި ހިމެނެނީ؛

Binance buy crypto

Exness.com

CFC.lO

Iqoption.com

Pppoker.net

ބޭންކުން ބުނި ގޮތުގައި ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައިވާ އިރު މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ބޭރުވަނީ ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ އެވެ. އެހެންކަމުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމަށް، ކޮންމެހެން ބޭނުން ނުވާ ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުން މުހިންމު ކަމަށް ބީއެމްއެލުން ބުންޏެވެ.

މި މުއާމަލާތްތައް ހުއްޓުވުމަށް، ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ކުރާ ބޭރުގެ މުއާމަލާތްތައް އެ ބޭންކުން މޮނިޓަރކުރާނެ އެވެ. އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރާނެ ކަމުގެ އިންޒާރުވެސް ބީއެމްއެލުން ވަނީ ދީފަ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި ބޭންކުގެ މި ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކާ ވަނީ ހިއްސާކޮށްފަ އެވެ.