Roadha Mihaaru
އެމެރިކާ އިންތިޚާބު: ޖޯޖިއާގެ ވޯޓު އަލުން ގުނަނީ

އެމެރިކާ އިންތިޚާބު: ޖޯޖިއާގެ ވޯޓު އަލުން ގުނަނީ

06 ނޮވެމްބަރ 2020

ޖޯޖިއާ (ނޮވެމްބަރު 6) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ހަނި އަޣުލަބިއްޔަތަކުން ކުރި ހޯއްދަވާފައިވާ ޖޯޖިއާ ސްޓޭޓުގެ ވޯޓު އަލުން ގުނަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖޯޖިއާ (ނޮވެމްބަރު 6) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ހަނި އަޣުލަބިއްޔަތަކުން ކުރި ހޯއްދަވާފައިވާ ޖޯޖިއާ ސްޓޭޓުގެ ވޯޓު އަލުން ގުނަން ނިންމައިފި އެވެ.

"އެހާ ހަނި އަޣުލަބިއްޔަތެއްވީމަ ޖޯޖިއާގެ ވޯޓު އަލުން ގުނާނެ،" ޖޯޖިއާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްޕާގާ ވިދާޅުވި އެވެ.

އެޓްލާންޓާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޯޖިއާގެ އިންތިޚާބާ ގުޅޭ ކަންކަން ބަލަހައްޓާ އެންމެ އިސް އޮފިޝަލް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ފަރަގު ވަރަށް ކުޑަ ކަމަށެވެ. އަދި މިހާރު ހާލަތު އޮތް ގޮތުން ޖޯޖިއާގެ ވޯޓުގެ ނަތީޖާގެ ސަބަބުން މުޅި ނަތީޖާ އަށް ބަދަލެއް އަތުވެދާނެ ކަމަށެވެ.

ރަފެންސްޕާގާ ވިދާޅުވީ ވޯޓު އަލުން ގުނާ އިރު ދެ ޕާޓީގެ އޮބްޒާވަރުންނަށް ވެސް މޮނިޓާ ކުރަން ފުރުސަތު ދޭނެ ކަމަށެވެ.

ޖޯޖިއާގެ ވޯޓުގެ 98 ޕަސެންޓް ގުނާ ނިމުނުއިރު 1،100 ވޯޓުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ބިލް ކްލިންޓަން 1992 ވަނަ އަހަރު ޖޯޖިއާގެ ވޯޓު ކާމިޔާބު ކުރެއްވި ފަހުން ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ވޯޓު ލިބިފައެއް ނުވެ އެވެ.