14 ނޮވެމްބަރ 2020
ޖޯޖިއާ (ނޮވެމްބަރު 14) - ޖޯޖިއާ ސްޓޭޓުގެ ވޯޓު ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމާ އެކު އިލެކްޓޯރަލް ކޮލެޖް ވޯޓުން ބޮޑު ލީޑެއް ޖޯ ބައިޑަން ނަންގަވައިފި ކަމަށް ބީބީސީން ބުނެފި އެވެ.
ޖޯޖިއާ (ނޮވެމްބަރު 14) - ޖޯޖިއާ ސްޓޭޓުގެ ވޯޓު ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމާ އެކު އިލެކްޓޯރަލް ކޮލެޖް ވޯޓުން ބޮޑު ލީޑެއް ޖޯ ބައިޑަން ނަންގަވައިފި ކަމަށް ބީބީސީން ބުނެފި އެވެ.
ޖޯޖިއާގެ 16 އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު ބައިޑަން އަށް މިހާރު ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިވަޑައިގެންފަ އެވެ. މިއީ 1992 ވަނަ އަހަރުގެ ފަހުން ޖޯޖިއާގެ ވޯޓް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.
ނޯތު ކެރޮލައިނާގެ ވޯޓު ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާނެކަން ޔަގީންވުމާ އެކު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށް ބެލެވެނީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. ނަމަވެސް އިންތިޚާބުން ބަލިވި ކަމަށް ޓްރަމްޕް އަދިވެސް ގަބޫލް ކުރައްވައިފައެއް ނުވެ އެވެ.
ޖޯޖިއާ އާއި ނޯތު ކޮރޮލައިނާގެ ވޯޓާ އެކު ހުރިހާ ސްޓޭޓްތަކެއްގެ ޕްރޮޖެކްޓެޑް ނަތީޖާ މި ވަނީ ލިބިފަ އެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ލިބިވަޑައިގެންނެވި އިލެކްޓޯރަލް ކޮލެޖް ވޯޓަށް ވުރެ އިތުރަށް ދެ ވޯޓު ބައިޑަން މި ފަހަރު ވަނީ ހޯއްދަވައިފަ އެވެ. އެ ފަހަރުގެ ކާމިޔާބީ ޓްރަމްޕް ސިފަ ކުރައްވާފައި ވަނީ "ވަރަށް ބޮޑު ކާމިޔާބީއެއްގެ" ގޮތުގަ އެވެ.
ބަލި ގަބޫލް ނުކުރައްވައި ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ މައްސަލަ ޖައްސަވަމުންނެވެ. އެކަމަކު އިންތިޚާބާ ބެހޭ އޮފިޝަލުން ބުނެފައި ވަނީ މިއީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އިންތިޚާބު ކަމަށެވެ. އިލެކްޝަން އިންފްރާސްޓްރަކްޗާ ގަވަރްމެންޓް ކޯޑިނޭޓިން ކައުންސިލުން އެހެން ބުނެފައި ވަނީ 28 ސްޓޭޓެއްގައި ބޭނުންކުރި ވޯޓިން ސޮފްޓްވެއާ އިން އެމަނިކުފާނަށް ލިބިވަޑައިގެންނެވި 2.7 މިލިއަން ވޯޓު ގެއްލިފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވުމުންނެވެ.
ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވިކަން ޔަގީންވެފައިވީ ނަމަވެސް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އިން ވަނީ އިންތިޚާބުން މޮޅުވީ ބައިޑަންކަން ގަބޫލް ކުރަން ދެކޮޅު ހަދައިފަ އެވެ.
ވޯޓު "ހޯދުމަށް" އޮފިޝަލަކަށް ޓްރަމްޕް އެންގެވި
އެމެރިކާ އިންތިޚާބު: ޖޯޖިއާގެ ވޯޓު އަލުން ގުނަނީ
ޖޯޖިއާގެ ވޯޓު އޮޅުވާލަން ޓްރަމްޕް އުޅުނު މައްސަލަބަލަނީ
ބައިޑަން ހުވާކުރައްވާއިރު ޓްރަމްޕް ވޮޝިންޓަނުން ބޭރުގައި
ހުވާކުރާ ހަފުލާގައި ޓްރަމްޕް ބައިވެރިނުވުމަކީ ރަނގަޅެއް
ކޮންގްރެސްގެ ނިންމުމާ އެކު ޓްރަމްޕް ދޫދެއްވައިފި
އެމެރިކާގެ އިންތިޚާބު މިފަހަރު ތަފާތުވި ގޮތް
ނަތީޖާ ރަސްމީވެއްޖެ، މިއީ އާ ސަފުހާއެއްގެ ވަގުތު
ޖޯޖިއާގެ ނަތީޖާ އަނބުރާލަން ގަވަރުނަރަށް ބާރުއަޅަނީ
ނަތީޖާ ބަދަލުވާވަރު ކަމެއް ނެތް: އެޓާނީ ޖެނެރަލް