Roadha Mihaaru
ބަތަލާ ކާޖަލްގެ ހަނީމޫން ރާއްޖޭގައި

ބަތަލާ ކާޖަލް އަގަރްވާލްގެ ހަނީމޫން ރާއްޖޭގައި

08 ނޮވެމްބަރ 2020

މިދިޔަ މަހުގެ ފަހުކޮޅު ކައިވެނިކުރި އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލާއި ފިރިމީހާ ގޯތަމް ކިޗްލޫގެ ހަނީމޫނަށް ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ފަހުކޮޅު ކައިވެނިކުރި އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލާއި ފިރިމީހާ ގޯތަމް ކިޗްލޫގެ ހަނީމޫނަށް ރާއްޖެ އަތުވެއްޖެ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު މުމްބާއީގައި ބޭއްވި ވަރަށް ކުލަގަދަ ހަފުލާއެއްގައި ކައިވެނިކުރި ދެ މީހުން ހަނީމޫނަށް ފުރާ ވާހަކަ މީގެ އެއް ދުވަސްކުރިން ކާޖަލް އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކުރި އެވެ. އެކަމަކު ދާ ތަނެއް ބުނެފައެއް ނުވެ އެވެ.

ކާޖަލް މިއަދު ވަނީ އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ކޮންރެޑް މޯލްޑިވްސްގައި ނަގާފައި ފޮޓޯތަކެއް އިންސްޓަގްރާމަށް ލައިފަ އެވެ.

ހިންދީ ފިލްމުތަކުން ވެސް ފެންނަ ކާޖަލް އަކީ އިންޑިއާގެ ތެލެގޫ ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. އޭނާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ސިންގަމް" އާއި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26" ގެ އިތުރުން ރަންދީޕް ހޫޑާގެ "ދޯ ލަފުޒޯންކީ ކަހާނީ" ހިމެނެ އެވެ. ކާޖަލްގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީއާ އެކު ފެނިގެން ދާނެ "މުމްބާއީ ސާގާ" އެވެ.

View this post on Instagram

@conrad_maldives you beauty ?

A post shared by Kajal Aggarwal (@kajalaggarwalofficial) on

އޭނާގެ ފިރިމީހާ ގޯތަމަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތްކުރާ ވިޔަފާވެރިއެކެވެ. އިންޓީރިއާ ޑިޒައިނިން ކުންފުންޏެއް ކަމަށްވާ "ޑިޒާން ލިވިން" ގެ އަކީ ގޯތަމްގެ ކުންފުންޏެކެވެ.

މިދިޔަ މަހުގެ 24 ގައި ކައިވެނިކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ފިރިމީހާ ރޯހަންޕްރީތު ސިންގް މިހާރު އަންނަނީ ދުބާއީގައި ހަނީމޫން ހޭދަކުރަމުންނެވެ.