Roadha Mihaaru
"ވިޝްލިސްޓް" އިން ހީނާ ޕްރޮޑިއުސަރަކަށް

"ވިޝްލިސްޓް" އިން ހީނާ ޚާން ޕްރޮޑިއުސަރަކަށް

14 ޑިސެމްބަރ 2020

ރާއްޖޭގައި މިދިޔަ ހަފުތާގައި ޗުއްޓީ ހޭދަކުރި އިންޑިއާގެ ބަތަލާ ހީނާ ޚާންގެ އާ ފިލްމު "ވިޝްލިސްޓް" އަކީ އޭނާ އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް ބުނެ އޭގެ ޓްރެއިލާ ހިއްސާކުރުމާ އެކު، ފިލްމު ހުކުރު ދުވަހު ސްޓްރީމްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި މިދިޔަ ހަފުތާގައި ޗުއްޓީ ހޭދަކުރި އިންޑިއާގެ ބަތަލާ ހީނާ ޚާންގެ އާ ފިލްމު "ވިޝްލިސްޓް" އަކީ އޭނާ އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް ބުނެ އޭގެ ޓްރެއިލާ ހިއްސާކުރުމާ އެކު، ފިލްމު ހުކުރު ދުވަހު ސްޓްރީމްކުރަން ފަށައިފި އެވެ.

އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރާ "ވިޝްލިސްޓް" އާ ބެހޭ ގޮތުން ހީނާ ބުނީ ފިލްމު ހާއްސަވާ އެއް ސަބަބަކީ އެއީ އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފުރަތަމަ ޕްރޮޖެކްޓަކަށްވުމެވެ. މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހީނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް ވެސް ހިއްސާވެ އެވެ.

ޔޫރަޕް ބައެއް ހިސާބުތަކުގައި ޝޫޓްކޮށްފައިވާ، ރާހަތު ކަޒްމީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. ހީނާއާ އެކު "ވިޝްލިސްޓް" ގެ ބަތަލުގެ ރޯލު ކުޅެފައި ވަނީ ޖިތެންދުރަ ރާއީ އެވެ.

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" އިން މަޝްހޫރުވި ހީނާގެ އަލަތު ފީޗާ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ޑައިރެކްޓަރު ވިކްރަމް ބަޓް ގެނެސްދިން "ހެކްޑް" އެވެ. ހީނާ މި ފަހުން އަންނަނީ ޓީވީ އުފެއްދުންތަކަށް ވުރެ ބޮޑަށް ޑިޖިޓަލް ކޮންޓެންޓްތަކަށް އިސްކަން ދެމުންނެވެ.