16 ޑިސެމްބަރ 2020
ކޮވިޑް-19 ޖެހިގެން ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު މަރުވުމުގައި އެ ތަނުގެ އިހުމާލު އޮތް ކަމަށް ބެލެވިގެން ވަގުތީ ގޮތުން ހުއްދަ ބާތިލްކުރުމަށް ފަހު، އެ ރިސޯޓު އަލުން މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ.
ކޮވިޑް-19 ޖެހިގެން ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު މަރުވުމުގައި އެ ތަނުގެ އިހުމާލު އޮތް ކަމަށް ބެލެވިގެން ވަގުތީ ގޮތުން ހުއްދަ ބާތިލްކުރުމަށް ފަހު، އެ ރިސޯޓު އަލުން މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިނާ ޚިލާފު ވެގެން ވަގުތީ ގޮތުން ސަރުކާރުން ހުއްދަ ބާތިލްކުރި ކަނޑިންމަ ރިސޯޓު ޓޫރިސްޓުންނަށް އަލުން ހުޅުވައިލީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ކަނޑިންމައިގެ ހުއްދަ ވަގުތީ ގޮތުން ބާތިލްކުރީ ކޮވިޑް ޖެހިގެން މުވައްޒަފަކު މަރުވެ، އިތުރު 60 މުވައްޒަފުންނަށް ކޮވިޑްޖެހި ރިސޯޓު މޮނިޓަރިން ހާލަތަށް ގެނައުމުންނެވެ.
އެ ރިސޯޓުގެ މުވައްޒަފު ދ. މާއެނބޫދޫ، އާދަމް ނަސީރު މަރުވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް 10 ދުވަސް ފަހުން ހާލު ސީރިއަސް ވެގެން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ. މަރުވި ފަހުން ހެދި ޓެސްޓްތަކުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.
ނަސީރު ބަލިވެ، ކޮވިޑްގެ އަލާމާތްތައް ފެނުނު ނަމަވެސް އެކަމަށް އަވަސް ފިޔަވަޅުތަކެއް ރިސޯޓުން ނަގާފައި ނުވާތީ، އެ ރިސޯޓަށް އާންމުންގެ ފާޑުކިޔުން އޭރު އަމާޒުވި އެވެ.
ހުން އައުމުން މުވައްޒަފުން އެކަހެރިނުކޮށް، ލަސްވި ކަމަށް ކަނޑިންމަ ރިސޯޓުން އެއްބަސްވެ އެވެ. އެއީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށް، ރިސޯޓްތަކުން އަމަލުކުރަން އަންގާފައިވާ ގައިޑްލައިނާ ޚިލާފު ކަމެކެވެ. މި މައްސަލަ ފުލުހުން ވެސް ބަލައިފައިވެ އެވެ.
އެ ރިސޯޓުގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތުން 200 މުވައްޒަފުން އުޅެ އެވެ.
ކަނޑިންމަ ރިސޯޓުގައި 264 ވިލާ ހުންނަ އިރު 100 މީޓަރުގެ ރާއްޖޭގެ އެންމެ ބޮޑު ސްވިމިން ޕޫލް އޮންނަނީ ވެސް އެ ރަށުގަ އެވެ.
އާރްތީ މަންމަ ގޮވައިގެން ރާއްޖޭގެ ދަތުރު ފުރިހަމަކޮށްފި
ކަޝިޝް ވެސް ރާއްޖޭގައި
ކަނޑިންމަ މުވައްޒަފަށް އިންސާފު ހޯދައިދޭން ގޮވާލަނީ
ޓޫރިޒަމްދާއިރާގެ އިހުމާލު މަޖިލީހުން ބަަލަން ހުށަހަޅައިފި
އިހުމާލު އެ އޮތީ ފެންނަން، ނޭޅެނީ ފިޔަވަޅު!
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 217 ބައިވެރިން
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ރާއްޖޭގެ ފުރަތަމަ ކާޓް ރޭސިން ޓްރެކް ކަނޑިންމައިގައި