17 ޑިސެމްބަރ 2020
ޖަކާޓާ (ޑިސެމްބަރު 17) - އިންޑޮނީޝީއާގައި ކޮވިޑް ވެކްސިން ޖަހާ ފުރަތަމަ ފަރާތަކަށް ވާނީ އެ ގައުމުގެ ރައީސް ޖޮކޯ ވިދޯދޯ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.
ޖަކާޓާ (ޑިސެމްބަރު 17) - އިންޑޮނީޝީއާގައި ކޮވިޑް ވެކްސިން ޖަހާ ފުރަތަމަ ފަރާތަކަށް ވާނީ އެ ގައުމުގެ ރައީސް ޖޮކޯ ވިދޯދޯ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގެ ވެކްސިން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަމުން ވިދޯދޯ ވިދާޅުވީ އިންޑޮނީޝިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ. ވެކްސިން ޖަހަން ފަށާނެ ދުވަހެއް ވިދޯދޯ ވިދާޅެއް ނުވެ އެވެ. ނަމަވެސް ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހަކަށް އެމަނިކުފާން ވާނެ ކަމަށް ވިދާޅުވި އެވެ.
އިންޑޮނީޝިއާ އިން ކުރިން ބުނެފައި ވަނީ ހިލޭ ވެކްސިން ޖަހައިދޭނީ ހެލްތު ވޯކަރުންނާއި އުމުރުން ދުވަސްވީ މީހުން އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހެން ސްޓާފުންނަށް ކަމަށެވެ.
"ވެކްސިންގެ ރައްކާތެރިކަމާ މެދު އެއްވެސް މީހަކު ޝައްކު އުފައްދާނެ ޖާގައެއް ނެތް،" ޓްވިޓާ މެދުވެރިކޮށް ވިދޯދޯ އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ފާމަޝޫޓިކަލް ކުންފުނިތަކުން 350 މިލިއަން ޑޯޒުގެ ވެކްސިނަށް އިންޑޮނީޝިއާ އިން ވަނީ އޯޑަރު ދީފަ އެވެ. އޭގެ ތެރޭގައި އޮކްސްފޯޑުގެ ވެކްސިނާއި ޗައިނާގެ ސިނޮވެކް ވެކްސިން ހިމެނެ އެވެ. އެކަމަކު މިއީ އިންޑޮނީޝިއާގެ 270 މިލިއަން މީހުންގެ އާބާދީ އަށް ދެ ޑޯޒުގެ ވެކްސިން އިން ފުދޭނެ އަދަދެއް ނޫނެވެ. ސިނޮވެކުގެ ފުރަތަމަ 1.2 މިލިއަން ޑޯޒް މިހާރު ވަނީ އިންޑޮނީޝިއާ އަށް ފޮނުވައިފަ އެވެ. އިތުރު 1.8 މިލިއަން ޑޯޒް ޖެނުއަރީ މަހު ފޮނުވާނެ އެވެ.
އިންޑޮނީޝިއާ އިން މިހާތަނަށް ވަނީ 629,429 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 19،000 މީހުން މަރުވެފަ އެވެ.
ގިނަ އުންމީދުތަކަކާ އެކު ޖީ20ގެ މަހާސިންތާ ފަށައިފި
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ
އިންޑޮނީޝިޔާގެ ހޮސްޕިޓާތައް ފުރި، އޮކްސިޖަނަށް ޖެހިފައި
ކޮވިޑްގެ އެހީއަށް އެދި އިންޑޮނީޝިޔާ ރޮނީ
ޗައިނާގައި ހެދި ވެކްސިން އިންޑޮނީޝިއާގައި ޓެސްޓްކުރަނީ
އިންޑޮނީޝިއާގެ ހަމަނުޖެހުންތަކުގައި ހަ މީހުން މަރުވެއްޖެ
އިންޑޮނީޝިއާގެ ވެރިރަށް ބަދަލު ކުރަނީ
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ގެއްލުނު މީހަކު ހަރުފައެއްގެ ބަނޑުތެރެއިން ފެނިއްޖެ
"ކޮވިޑުގެ މަރުތައް ތަހުގީގުކޮށް ހައްގު ހޯދައިދޭންޖެހޭ"