Roadha Mihaaru
ހަނދުގެ ސާމްޕަލް ޗައިނާ އިން ދުނިޔެ އަށް ގެނެސްފި

ހަނދުގެ ސާމްޕަލް ޗައިނާ އިން ދުނިޔެ އަށް ގެނެސްފި

17 ޑިސެމްބަރ 2020

ބެއިޖިން (ޑިސެމްބަރު 17) - ހަނދުން ނެގި ގަލާއި ވެލީގެ ސާމްޕަލް ހިފައިގެން ޗައިނާގެ ޖައްވީ އުޅަނދު ދުނިޔެ އަށް އަތުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޑިސެމްބަރު 17) - ހަނދުން ނެގި ގަލާއި ވެލީގެ ސާމްޕަލް ހިފައިގެން ޗައިނާގެ ޖައްވީ އުޅަނދު ދުނިޔެ އަށް އަތުވެއްޖެ އެވެ.

ހަނދުގެ ސާމްޕަލް ހުރި ކެޕްސޫލް ތިރިކޮށްފައި ވަނީ ރޭ ދަންވަރު އިނާ މޮންގޯލިއާ އަށެވެ.

ޗައިނާ އިން ހަނދުން ވެއްޔާއި ގަލާ އަދި ހިރަފުހުގެ ސާމްޕަލް ދުނިޔެ އަށް ގެނެސްފައި މިވަނީ އެންމެ ފަހުން ހަނދުން ސާމްޕަލް ގެނައިތާ 44 އަހަރު ފަހުންނެވެ. އެންމެ ފަހުން ހަނދުން ސާމްޕަލް ގެނެސްފައި ވަނީ 1976 ވަނަ އަހަރު އެވެ. އެފަހަރު ވަނީ އެޕޯލޯގެ އެސްޓްރޮނޯޓުން 400 ކިލޯގެ ސާމްޕަލް ގެނެސްފަ އެވެ.

ކެޕްސޫލްގައި ހިމެނޭ ސާމްޕަލް ނަގާނީ ޚާއްސަ ލެބެއްގައި. --ފޮޓޯ:ޝަޓާސްޓޮކް

ކެޕްސޫލްގައި ހިމެނޭ ސާމްޕަލް ނަގާނީ ޚާއްސަ ލެބެއްގައި. --ފޮޓޯ:ޝަޓާސްޓޮކް

އެ ފަހަރު ގެނެސްފައި ވަނީ ތިން ބިލިއަން އަހަރުވެފައިވާ ސާމްޕަލްތަކެއް ކަމަށްވެ އެވެ. އެކަމަކު ޗައިނާ މިޝަންގެ ސާމްޕަލް މުޅިން ތަފާތުވާނެ އެވެ. ޗައިނާގެ އުޅަނދުން ސާމްޕަލް ނަގާފައި ވަނީ ވޮލްކަނިކް އޭރިއާއެއް ކަމަށްވާ މޮންސް ރުމްކާ އިންނެވެ. އެއީ ހަނދުގެ ދުނިޔެއާ ކައިރި ފަރާތުގެ ހުޅަނގު އުތުރެވެ. އެ އޭރިއާގެ ސާމްޕަލް އަށް ވާނީ 1.2 ނުވަތަ 1.3 ބިލިއަން އަހަރު ކަމަށްވެ އެވެ. ސައެންސްވެރިން އުއްމީދުކުރަނީ މި ފަހަރުގެ ސާމްޕަލް އިން ހަނދުގެ ޖިއޮލޮޖިކަލް ތާރީޚުން ބޮޑު ބައެއް ސާފުވާނެ ކަމަށެވެ.

ސާމްޕަލް ނެގުމުގައި ޗައިނާގެ އުޅަނދު ވަނީ ހަނދުގައި ދެ ދުވަސް ހޭދަކޮށްފައި. --ފޮޓޯ:ޝަޓާސްޓޮކް

ސާމްޕަލް ނެގުމުގައި ޗައިނާގެ އުޅަނދު ވަނީ ހަނދުގައި ދެ ދުވަސް ހޭދަކޮށްފައި. --ފޮޓޯ:ޝަޓާސްޓޮކް

ޗައިނާ އަށް މި ހޯދުނު ކާމިޔާބީއަކީ އެ ގައުމުގެ ޗަންގުއޫ-5 ހަނދުގެ މިޝަނަށް ލިބުނު ފުރިހަމަ ކަމެކެވެ. ހަނދުގެ ސާމްޕަލާ އެކު ކެޕްސޫލް ތިރިކުރުމާ އެކު ރިކަވަނީ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ. ކެޕްސޫލް ހޯދާފައި ވަނީ އިންފްރާރެޑް ކެމެރާ ބޭނުންކޮށްގެން ހެލިކޮޕްޓަރުންނެވެ. އޭގެ ފަހުން ޗައިނާގެ ދިދައާ އެކު ވެހިކަލްތަކުން ވަނީ ކެޕްސޫލްއާ ހަމައަށް ވާސިލްވެފަ އެވެ.

ޗަންގުއޫ-5 ލޯންޗުކުރީ ނޮވެމްބަރު މަހު ފަހުކޮޅު އެވެ.