26 ޑިސެމްބަރ 2020
ބްރޯޑްކާސްޓިންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބަދުރުއް ނަސީރާއި ރާއްޖޭގެ ގައުމީ ފުޓުބޯޅަޓީމްގެ ފުރަަތަމަ ކެޕްޓަން އަދި ކުޅިވަރުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އިބްރާހީމް އިސްމާއީލަށް ސަރުކާރުން މިރޭ ދައުލަތުގެ އިއްޒަތް އަރުވައިފި އެވެ.
ބްރޯޑްކާސްޓިންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބަދުރުއް ނަސީރާއި ރާއްޖޭގެ ގައުމީ ފުޓުބޯޅަޓީމްގެ ފުރަަތަމަ ކެޕްޓަން އަދި ކުޅިވަރުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އިބްރާހީމް އިސްމާއީލަށް ސަރުކާރުން މިރޭ ދައުލަތުގެ އިއްޒަތް އަރުވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި އިބްރާހީމް އިސްމާއީލަށް ދެއްވީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް (ނ.މ.ޝ.ޢ) އެވެ. އޭނާ އަށް އިއްޒަތުގެ މެޑަލް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުންނެވެ. ނިޝާން މުލީގޭ ޝަރަފަކީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށް ނިސްބަތްކޮށް ދޭ އިއްޒަތެކެވެ.
ތ.ތިމަރަފުއްޓަށް އުފަން އިބްރާހީމް އިސްމާއީލަލީ ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަނެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ރާއްޖޭގެ ގައުމީ ޓީމު ފުރަތަމަ ބައިވެރިވި މުބާރާތަކީ 1979 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ.
ކުޅިވަރު ކުޅުމާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އިބްރާހީމް އިސްމާއީލް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ މޮޅު ފުޓުބޯޅަކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ވެސް ހޯއްދަވައިފަ އެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށާއި ފުޓްބޯލް އެސޯސިއޭޝަނަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ އިބްރާހީމް އިސްމާއީލަކީ 2012 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެވޯޑާއި 2013 ވަނަ އަހަރު އޯ.ސީ.އޭ. ރީޖަންގެ ސްޕޯޓްސް އެވޯޑު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1987 ވަނަ އަހަރު ކުޅިވަރުގެ ރޮނގުން އާއްމު ހިދުމަަތަށް ހިތްވަރުދިނުމުގެ އިނާމު އަދި 2007 ވަނަ އަހަރު ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް ހޯއްދަވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބްރާހިމް އިސްމާއިލަށް ދައުލަތުގެ އިއްޒަތުގެ މެޑަލް މިރޭ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ޓީޗިން އަދި އެޑިއުކޭޝަނަލް މެނޭޖްމަންޓް ގެ ދާއިރާއިން އޮސްޓްރޭލިއާއާއި އެމެރިކާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އިބްރާހީމް އިސްމާއީލް ވަނީ 1970 ވަނަ އަހަރުން ފެށިގެން ވަރަށް ދިގުމުއްދަތެއްގައި ސަރުކާރަށް ވެސް ހިދުމަތް ކުރައްވައިފަ އެވެ.
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް (ނ.ދ.ޝ.ޢ) މިރޭ އެރުވި ބަދުރުއް ނަސީރު ބްރޯޑްކާސްޓިންގެ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވެ އެވެ. ބްރޯޑްކާސްޓިން ދާއިރާ އިން ރާއްޖޭން ބޭރުން ތައުލީމު ހާސިލުކުރެއްވި ފުރަތަމަ ބޭފުޅަކީ ވެސް އޭނާ އެވެ.
ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމް ރާއްޖޭން ބޭރުގައި ކުޅުނު ފުރަތަމަ މެޗްގެ ކަވަރޭޖް ގެނެސްދިނުމުން އޭނާ ވެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ސްޕޯޓްސް ރިޕޯޓަރަށެެވެ. އިއްތިފާގުން އޭނާއާ އެކު މިރޭ އިއްޒަތް ލިބިވަޑައިގެންނެވި އިބްރާހީމް އިސްމާއީލަކީ އޭނާ ކަވަ ކުރެއްވި މުބާރާތުގައި ކުޅުނު ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަނެވެ. ބްރޯޑްކާސްޓިންގެ ދާއިރާއަށް ބަދުރު ހިދުމަތްކުރައްވަން ފެއްޓެވީ 1967 ވަނަ އަހަރު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބަދުރަށް ދައުލަތުގެ އިއްޒަތުގެ އިނާމު މިރޭ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ރޭޑިއޯގެ ހިދުމަތް ތަރައްގީކުރަން އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން މުޅި ރާއްްޖެއަށް ރޭޑިއޯގެ ހިދުމަތް ފުޅާކުރަން ސަރުކާރުން ކުރި މަސައްކަތުގައި އޭނާ އިސްދައުރެއް އަދާކުރެއްވި އެވެ. ދިވެހިރާއްޖޭގެ އަޑުގައި އުޅުއްވުމަށް ފަހު 1995 ވަނަ އަަހަރު އޭނާ އެތަނުން ވަކިވެވަޑައިގެންނެވި އެވެ. ޕްރައިވެޓް ސެކްޓާގައި އަހަރުތަކެއް ހޭދަކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އަޑާ އަލުން ގުޅިވަޑައިގަތީ 2004 ވަނަ އަހަރު އެެވެ. އުމުރުން 65 ވަނަ އަހަރުވެ އޭނާ ރިޓަޔާ ކުރެއްވީ 2011 ވަނަަ އަހަރު އެވެ.
"ސަރުކާރުން ދައުލަތުގެ މީޑިއާއަށް ނުފޫޒެއް ނުފޯރުވާނެ"
މޫސާ ލަތީފަށް، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 148 ބޭފުޅަކަށް
ދައުލަތަށް ހިދުމަތްކުރުން އުފަލަކަށް ހަދަންޖެހޭ: ރައީސް
ޝަރަފުގެ އިނާމު 4، ހިތްވަރުގެ އިނާމު 17 ބޭފުޅަކަށް
މުސްތޮފާއަށް ދައުލަތުގެ މަތީ އިއްޒަތް އަރުވައިފި
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 86 ބޭފުޅަކަށް ދީފި
އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރަނީ